ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

މަސްވެރިކަމުގައި ސަރުކާރުން ކުރަނީ ޖެއްސުން: ގާސިމް

ޖޭޕީން ބޭއްވި ޖަލްސާއެއްގައި ލީޑަރު ގާސިމާއި އެ ޕާޓީގެ ނައިބު ރައީސް އަދި މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން، ޕާޓީގެ އެހެން މެމްބަރުންނާއެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން ދައްކަނީ "މޮޅު ވާހަކަ" ކަމަށާއި މަސްވެރިކަން އޮބަހައްޓައި ސިޔާސީ ގޮތުން ވޯޓު ހޯދަން އުޅުމުން އެ ސިނާއަތު ތަރައްގީ ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ އެ މޭރުން ވާހަކަ ދެއްކެވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ،

ރެކޯޑް ކޮށްފައިވާ އެ ޕްރޮގްރާމުގައި ގާސިމް ވިދާޅުވީ، މަސްވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތް ނުކުުރާ ކަމަށެވެ.

"އޭގެ ހެއްކަކީ ބައްލަވާ، ބޮޑުކަންނެލި ބޭރުކުރުން އެއީ ސަރުކާރުން ކުރި ކަމެއް ނޫން. އަމިއްލަ ބަޔަކު ކުރީ. މިޔަރުއުރަހަ ބޭރުކުރީ ސަރުކާރަކުން ނޫން. ކަހަނބުފަތް ބޭރުކުރީ ސަރުކާރަކުން ނޫން. ސަރުކާރަކުން ނޫން ހުއިފިލަނޑާ ނަގަނީކީ. ސަރުކާރަކުން ނޫން ކަށިމިޔަރު ތެޔޮ ބޭރުކުރީކީ. މިހެން ކޮންމެ ކަމެއް ސަރުކާރުން ހުއްޓުވި. ހުއްޓުވި. ހުއްޓުވި. ހުއްޓުވި،" މަސްވެރިކަމުގެ ސިނާއަތުގައި ވެސް ވިޔަފާރި ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް ވަން އަމިއްލަ މީސްމީހުންގެ މަސައްކަތް ސަރުކާރަށް ނުހުއްޓުވުނީ "ގޮތް ހެދެން ނެތްވަރުގެ ބޮޑެތި މީހުން" އެ ސިނާއަތަށް އިންވެސްޓް ކުރުމުން ކަމަށެވެ.

އަޅުގަނޑުމެންގެ ގައިގަ އާއި ބޮލުގައި އަޅުވާފައި އަޅުގަނޑުމެން ލައްވައި އެ އަގަށް މަސް ގަނެގެން ބޭރުކުރާއިރު، އަޅުގަނޑުމެންނަށް ވާ ގެއްލުން ފޫބައްދަން ސަރުކާރުން ވެސް އެހީތެރިވާން ޖެހޭނެ. އޭގެ ބަދަލުގައި ލޭންޑުން ޓެކްސް ވެސް ނަގަނީ. ކުލި ވެސް ބޮޑުކުރަނީ،"--- ގާސިމް

"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު ވެސް އިންވެސްޓްކުރީ. އެކަމަކު ރައީސް މައުމޫނުގެ ސަރުކާރަށް އައިސް ފަހަތަށް އެއް ފިޔަވަޅު އަޅާފައި އެކަމަކު އެ ނޫން އެހެން ގޮތެއް ނެތީމާ އެއާއިގެން ކުރިއަށް ދިޔައީ،" ހަތަރު ރިސޯޓުގެ ވެރިޔާ ވިދާޅުވި އެވެ.

"ފަހަތަށް އެޅި ފިޔަވަޅަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރަށްރަށް އަމިއްލަ ކުރުމުގެ ފުރުސަތު އޮތް. އެގޮތަށް ހަދާފައި އަނެއްކާވެސް ނިގުޅައިގެންފައި، ދައުލަތުގެ ބާރުގެ ދަށަށް، ޕޮލިޓިކަލް އެއްޗަކަށް ހަދާފައި ކޮންމެ ފަސް އަހަރަކުން ކުލި ކަނޑައަޅާ ތަނަކަށް، ޕޮލިޓިކަލް ގޭމަކަށް ހަދައިގެން އެ ކަން ވެސް ކުރިއަށް ދިޔައީ."

ގާސިމް ވިދާޅުވީ، ރިސޯޓު ހަދަން 99 އަހަރަށް ރަށްތައް ދޫކުރަން ސަރުކާރުން ނިންމީ އެކި ފަރާތްތަކުގެ ފިއްތުންތަކާ ހެދި ކަމަށެވެ.

ސަރުކާރުން އެހީތެރިވެދީ، މަސްވެރިކަން އަލުން ފަށަން ތައްޔާރު

މަސްވެރިކަން ކުރުމަށްޓަކައި ގާސިމް ނަންގަވާފައިވާ ށ. ކީކިމިނި އާއި ގދ. ހޯޑެއްދޫ ފެކްޓަރީގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި ވެސް، ސަން އައިލެންޑް ރިސޯޓުގައި ދެއްވި އިންޓަވިއުގައި ވާހަކަ ދެއްކެވި އެވެ.

މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ އެ ދެ ރަށުގެ އޮޕަރޭޝަން އަލުން ފެށޭނީ ސަރުކާރުން އެހީތެރިކަން ދީގެން ކަމަށެވެ. ސަރުކާރުގެ މަސް ފެކްޓަރީ މިފްކޯ އަށް ދޭ ފަދަ އެހީތެރިކަން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ދީގެން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހޯޑެއްދު އާއި ކީކިމިނި [މަސްވެރިކަމުގެ މަސައްކަތް] އަޅުގަނޑުމެން މި ތިބީ ފަށަން. ސަރުކާރުން ދެއްވާ އަޅުގަނޑުމެންނަށް ލާރި. ނޫނީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހަމަ މިފްކޯއެކޭ އެއްގޮތަށް. ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އަޅުގަނޑުމެން [މަސްވެރިކަމަށް] ހަރަދު ކޮށްފައި ހުރި ވަރު،" ގާސިމް ވިދާޅުވި އެވެ.

"މިއީ ޖޯކެއް ނޫނޭ. ގެނައި ބޯޓުފަހަރު ވެސް ގެނައި އެއްޗެހި ވެސް ހުރިހާ ކަމަކުން ވެސް. އެކަމަކު ކިހިނެއްތޯ އަބަދު ކަނޑާ ނަންމަބަރެއްހެން މަސައްކަތް ކުރާނީ. ނުކުރެވޭނެ. އަނެއްކާ ރާއްޖޭގެ ބޭންކަކުން ލޯނެއް ދެނީކީ ނޫން. ސަރުކާރުން ލޯނެއް ދެނީކީ ނޫން. ސަރުކާރުން އެހީތެރިކަމެއް ދެނީކީ ނޫން. ސަރުކާރުން ޖެއްސުން ކުރުން ނޫން އެހެން ކަމެއް ނެތް. އެ ޖެއްސުން ކުރާ މީހެއްގެ ގޮތުގައި އަޅުގަނޑު މި ހުރީ."

ގާސިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް އަމިއްލަ ފަރާތްތަކަށް ވަކި މުއްދަތަކަށް ރަށްތައް ދޫކޮށް، މަސްވެރިކަން ކުރިއަރުވަނީ ކަމަށް ބުނެ ސަރުކާރުން ފަތުރަނީ ޕްރޮޕެެގެންޑާ ކަމަށެވެ. އޭނާ އެކަން ސިފަކުރެއްވީ "ބޮޑު ޖޯކެއް" ގެ ގޮތުގަ އެވެ.

"ހަމަ ރައްޔިތުންނަށް އޮޅުވައިލުމާއި ގަން ހިންގުން ނޫން އެހެން އެއްވެސް ކަމެއް ނޫން މި ސަރުކާރުތަކުން މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ހޯޑެއްދު އާއި ކީކިމިނި [މަސްވެރިކަމުގެ މަސައްކަތް] އަޅުގަނޑުމެން މި ތިބީ ފަށަން. ސަރުކާރުން ދެއްވާ އަޅުގަނޑުމެންނަށް ލާރި. ނޫނީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހަމަ މިފްކޯއެކޭ އެއްގޮތަށް. ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އަޅުގަނޑުމެން [މަސްވެރިކަމަށް] ހަރަދު ކޮށްފައި ހުރި ވަރު،"--- ގާސިމް

ގާސިމް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ޒޯނުތަކަކަށް ބަހާލައިގެން އަދި އެކްސްކްލޫސިވިޓީ ދީގެން މަސްވެރިކަން ތަރައްގީ ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު، ފަހުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން، ޖެހުނު ސިޔާސީ މައްސަލަތަކާ ގުޅިގެން "އަޅުގަނޑު ބޭރުކޮށްލާފައި" މަހުގެ އަގު މަތިކުރީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ ޖެއްސި ގޮތަށް ހަމަ އަގު ދެނީއޭ ކިޔައިގެން މުޅި ދައުލަތް ބަނގުރޫޓުވާ ވަރުގެ ބޮޑު އަގުގައި މަސް ގަންނަމުން އެ ދަނީ ޕޮލިޓިކަލް ރީޒަނަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި، މިފްކޯއެކޭ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ތިބި އަމިއްލަ ފަރާތްތަކަށް ވެސް "އިހުސާންތެރިކަމާ އެކު" ސަރުކާރުން ބަލަން ޖެހޭނެ އެވެ.

"އަޅުގަނޑުމެންގެ ގައިގަ އާއި ބޮލުގައި އަޅުވާފައި އަޅުގަނޑުމެން ލައްވައި އެ އަގަށް މަސް ގަނެގެން ބޭރުކުރާއިރު، އަޅުގަނޑުމެންނަށް ވާ ގެއްލުން ފޫބައްދަން ސަރުކާރުން ވެސް އެހީތެރިވާން ޖެހޭނެ. އޭގެ ބަދަލުގައި ލޭންޑުން ޓެކްސް ވެސް ނަގަނީ. ކުލި ވެސް ބޮޑުކުރަނީ. ދިން އަގަށް ވުރެ ޑަބަލް، ތިން ގުނަ ބޮޑުކޮށް ކުލި ވެސް ނަގަނީ. އެއްވެސް ކަހަލަ އެހީތެރިކަމެއް ވެދެނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ހޯޑެއްދޫގެ މަސް ފެކްޓަރީ ތަރައްގީ ކުރަމުން އަންނަނިކޮށް، ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު ބަޔަކު ނުކުމެ އެ ތަނުގައި ހުޅުޖެހުމުން 16 މިލިއަން ޑޮލަރުގެ ތަކެތި އަނދައިގެން ދިޔައީ ކަމަށެވެ.

"ލޯނެއް ނުލިބޭ ދާއިރާއަކަށް، އަޅުގަނޑުމެން ވެސް މަސައްކަތް ކޮށްގެން ލާރިއެއް ލިބުނީމާ ދެއްތޯ އެ ކަން [ހޯޑެއްދޫ އޮޕަރޭޝަން ގެނައުން] ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ގާސިމްގެ އަނެއް ކަންބޮޑުވުމަކީ މި ސަރުކާރު ވެރިކަމަށް އައިސް ގޭދޮށު ފެކްޓަރީގެ ނަމުގައި މަސްވެރިކަން ކުރިއެރުވުމުގެ އާ ހުއްދައެއް ދޭން ފެށުމެވެ. އޭގެ ނަތީޖާއަކީ މަސްވެރިކަމުގެ ސިނާއަތުގައި މިހާތަނަށް މަސައްކަތްކުރި ގާސިމްމެން ފަދަ ބޭފުޅުންނަށް ސަރުކާރުން ދިން އެކްސްކްލޫސިވިޓީ އުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އުވާލީ ގަދަބާރު ދައްކާފައި. ގާނޫނެއް، ގަވައިދެއް، ހެދިފައި އޮތް އެއްބަސްވުމަކަށް ނުބަލައި ހަމަ ދިޔަ ގޮތަށް ގޮސް ތަމާމު ކޮށްލީ. މިއީ އިންސާނުން ކަންކަން ކުރާ ގޮތެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

40 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންޑަހެލުު

14 September 2022

ގާސިމުމެންނަށް މިންވަރަށް އީމާވަން ނޭނގުނީމައި ވީގޮތްތީ. ކޮންކަހަލަ ރަނގަޅު ފުރުސަތުތަކެއް ލިބުނު މީހެއްތީ؟ އެވަރުން ނުފުދިގެން ވެރިކަމާ ދިމާކޮށް އަތުގައި ހުރިހުރިހާ އެއްޗެއް ސިޔާސީކަންކަމަށް ހުސްކުރީމައި ރީއިންވެސްޓު ކުރާނެ ލާރިކޮޅެއްވެސް ނެތް. ހުރިހާ ރަށަކާއި ބިމެއް ބައްކޮށް ވީ ކަމެއް ނެތް. ދެފަހަރު ސިޔާސީގޮތުން ކެހި ލިބުނީމައިވެސް މައިތިރިވާކަށް ނޭނގުނު. މީހަމަ މި ދުނިޔެމަތީގައި ދައްކަވާފައި ހުރި މިސާލެއް.

The name is already taken The name is available. Register?

ރޯޒަސް

14 September 2022

ހެދި ރިސޯޓްތައް ފަނާވެ އެހެރަދަނީ. ފަން އައިލެންޑް އެއޮއް ވީރާނާވެ ދަނީ. ދިން ފަޅުތަކެއް ނުހެދުނު. ދިން ރަށްތަކެއް ނުހެދުނު. ހޯޑެއްދޫގައި ހަދަންކިޔާ ފެކްޓަރީއަކީ އެރަށުމީހުންނަށް ބޮޑުވަބާއެއް. ފެށޭނެ ދުވަހެއްވެސް ނޭނގެ.. އަދިވެސް ސަރުކާރުން މީނައަށް ލާރި ދޭންވީ.. ވިޔަފާރި ކުރާ މީހުން އެއުޅެނީ ވިޔަފާރީގައި. ގާސިމުވެސް ހިތް މޮޅު ނުވެ ވިޔަފާރީގައި ދެމި ހުރި ނަމަ ތި ފެންވަރަށް ވެއްޓޭކަށް ނުޖެހުނީސް، ތި ޕާޓީ ތިހިންގަނީ ސަރުކާރަށް ނާށިގަނޑު ދިއްކުރަން.

The name is already taken The name is available. Register?

މުންޖިޗޭ

14 September 2022

ތިބަސް ސަރުކާރަށް ރައްދުވާނަމަ، އޭގައި ކޯލިޝަނުން އިންސައްތަ އަމިއްލައަށްވެސް ޙިއްސާކުރަންޖެހޭނެ، އޭގެިއިތުރުން މަސްވެރިންގެ އަތުން މަސްގަތުމުގެ ނަމުގައި ނަގާފައިވާ ބިންބިމުގައި އެމަސައްކަތް ނޮކޮށް، އޭގެ މުގާބިލުގައި އެހެން މަންފާނަގަނަގާ އެތައްޒަމާނެއް ހޭދަކުރާއިރު، މަސްވެރިންގެ އަތުން މަސްގަނެވޭވަރުނުވާކަމީ އެހެން ޙައިސިއްޔަތަކުންވެސް އެޒިންމާ އުފުލަންޖެހޭކަމެއް، ތިހެން ބުނެލާބަހަކުން އަދި ނުނިމޭނެ، ލޯމަތިން ފެންނަންހުރި ޙަޤީޤަތް އެހެރީ.

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

14 September 2022

ފިޝަރީޒް މީނަގެ. ޓުއަރިޒަމް މީނަގެ ، ޓުރާންސްޕޯޓް މީނަގެ ، ވިލާ ގޭސް ހުރި ބިން މީނަގެ ، ވިލާ ކޮލެޖް ހުރިބިން މީނަގެ ، ކާޑެއްދޫ އެއާޕޯޓް މީނަގެ ، ދެން ކޯއްޗެއް ބާ އަނެއްކާ ބޭނުން ވެގެން މި ކުސް ތަޅަނީ

The name is already taken The name is available. Register?

މުރާކިބޭ

13 September 2022

"އެ ޖެއްސި ގޮތަށް ހަމަ އަގު ދެނީއޭ ކިޔައިގެން މުޅި ދައުލަތް ބަނގުރޫޓުވާ ވަރުގެ ބޮޑު އަގުގައި މަސް ގަންނަމުން އެ ދަނީ ޕޮލިޓިކަލް ރީޒަނަށްޓަކައި،" އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވިއަސް މިއީ 100އައިގެ ވާހަކައެއް. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މަސްވެރިންނަށް ސަބްސިޑީ ދެނީ ވޯޓު ގެއްލިދާނެތީބިރުން. ސަރުކާރުން ގެއްލުމުގައި މަސްގަނެ ބޭރުކުރިއަސް އަމިއްލަ މީހުންނަށް އެހެން އެކަމެއް ނުކުރެވޭނެ. މިކަމުގެ ޒިންމާ ނަޝީދުއާއި އެމްޑީޕީން ނަގަންޖެހޭ.

The name is already taken The name is available. Register?

ސަރު ކާރު

13 September 2022

ޤާސިމު އެ ދައްކަނީ ބޭ ކާރު ވާހަކަ!

The name is already taken The name is available. Register?

އަފްރާސިޔާބު

13 September 2022

ގާސިމޫ! ހޯނޑެއްދޫގެ ބިމުގެ ރަޖިސްޓަރީ ދައްކައިގެން މަނިކުފާނު ބޭރުގެ ފަރާތްތަކުން ދަމައިގެންފައިވާ ޑޮލަރުގެ އަދަދު ބުނެލިނަމަ މީހުންނަށް އެނގޭނެ މަނިކުފާނުގެ ޖީބުން ހޯނޑެއްދުއަށް ވަރަށްގިނަ ޚަރަދުކޮށްފިކަން. ދެން މަނިކުފާނު ކަނޑެއްދޫ ދަމައިގަނެގެން އެތަނުގައިވެސް އެއްވެސް ކަމެއްނުކޮށް އެ އެއަރޕޯޓް ދައްކައިގެން ބޭރުންނގައި ކާލައިގެން ތިހުރީ ކިތައްމިލިއަން ޑޮލަރުކަން ނިކަން ރައްޔިތުންނަށް އަންގާލަދީބަލަ. ވޯޓުކައިރިވާ ވާރަކަށް ބެވުން ބޮޑުވާނެ.

The name is already taken The name is available. Register?

ބޯގޯސްޔާބު

13 September 2022

ބަލަ ހޯނޑެއްދޫ ބިން ދެއްކިއަސް އަދި ކާޑެއްދޫ ދެއްކިޔަސް އެއްވެސް ފަރާތަކުން ހިލޭ ފައިސާއެއް ނުދޭނެ. އެތަންތަން މޯގޭޖްކޮށްގެން ލޯނު ނަގަންޖެހޭނީ. އަދި އެ ލޯނު އިންޓަރެސްޓާއެކު ދައްކަންޖެހޭނެ. އެހެންކަމުން އެއްވެސް މީހަކު އިތުރަށް ލާރިދައްކާކަށް ހަމަ ތަނެއްއޮތޭ ކިޔާފަ ލޯނެއް ނުނަގާނެ. އެތަނުން ނުވަތަ ނަގާ ލޯނުން ފައިދާއެއްވާނެ ކަމަށް ފެންނާތީދޯ ނަގާނީ.. މީހުންދެކެ ނުރުހުނަސް ތީ ބޮޑުވަރު..

The name is already taken The name is available. Register?

މުންޖިޗޭ

14 September 2022

ހޯޑެއްދޫ ބިން ނަގައިގެން އުޅޭތާ ކިތައްހަރު، އެކަންނުވަންޏާ ދޫކޮށްލީމަ ނިމުނީނުން، އެތަނުގެ ބަދަލުގައިވެސް ރިސޯޓު ހަދަން ފަޅެއް ގިރިއެއް ނޫނީ ދައުލަތުން ބަދަލުގެގޮތުގައި އެތައް ބިލިޔަނުން ހޯދަންވެގެން ދިގުދަންމަނީ ތޯއްޗެއް!

The name is already taken The name is available. Register?

އަފްރާސިޔާބު

13 September 2022

ބަލަ ގާސިމޫ. މައުމޫނު ކަލޭ ކައިރީ ބުނީތަ މަސްވެރިކަމަށް ރަށެއްނަގާށޭ. ސަރުކާރުން ހިންގަން ލާރިދޭނަމޭ. ތިގޮތަށް ސިޔާސީ ގޭމުޖައްސައިގެން ދަމައިގަތްތަނެއް އެތަނަކީ. ސަރުކާރާއި ގާސިމަށް ނޫން ކޮންމެ ބަޔަކަށް މަހުގެ ފައިދާ ލިބެމުން އެދަނީ. ތިބުނާ އަގުގައި ގަނެގެން ހިންގަނީ. ގާސިމު އެތަންތަން ބޮލުގައި އަޅައިގެން ގެއްލުންވާއިރު ތިހުންނަނީ ކީއްވެ؟ ކޮންމެ 5 އަހަރަކުން ވޯޓުލާއިރު އެތަންތަން ދައްކައިގެން ދަމައިގަންނަ ލާރިގަނޑު ދަމައިނުގަނެވޭތީދޯ ދޫނުކުރަނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

13 September 2022

ޖެއްސުން ކުރަނީ ކާކުތަ? ހުރިހާ ސަރުކާރެއް ވައްޓާލަން ޑިލްތަ ހަދަނީ ކާކުތަ?

The name is already taken The name is available. Register?

ަާއޭއެފްއައިރ

13 September 2022

މީއީ ކޯލިސަން ކަމުނުދާ އެއްމެ ބޮޑުސަބަބު. ކޯލިސަން ގެ ޖޭޕީގެ ސްލޮޓެއް މަސްވެރިންގެ މިނިސްޓަރަކީ. ޑރ ހުސެން. ބަހައްޓާގެން މަސވެރިންއާ ދަޑުވެރިން ޜުޅިއެރުވުން ނޫންކަމެއް ކޮއްފިތޯ. އިންތިހާބު ކާރިވީވީހެން ސަރުކާރުގެ 60% ގައި ތިބިމީހުން ބުނާނީ ގޯހޭ. މާދަން ޒިންމާނެގުމެއް ނޯނާނެ ފިތިފަ އޮތް 40% ހިފާގެން އޮތް ބޮޑުމީހާ ހޭއަރާނީ އިންތިހާބައް 6މަސްވީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454