ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތައް ސްޓޭޝަން ވެފައި ތިބޭ ދަރުބާރުގޭގައި އެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
13 ސެޕްޓެމްބަރ 2022 - 11:30
މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ބޯހިމެނުން ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ބޯހިމެނުމުގައި އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި އަދި އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެ ކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާތަނަށް [ދަރުބާރުގެ އަށް] ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެ މަނިކުފާނު ވަނީ ވަކިވަކިން އެ ބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވައިފަ އެވެ،" އެ އޮފީހުން ބުންޏެވެ.
ރާއްޖޭގައި 8 އަހަރު ފަހުން ބޯހިމަނަން ފެށިއިރު، ގައުމުގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު އެ މަސައްކަތުން ދެނެގަނެވޭނެ އެވެ. ގޭބިސީތަކާއި އިގުތިސާދީ މަސައްކަތްކުރާ ތަންތަނުން މައުލޫމާތު އެއްކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން އިރުއޮއްސި 6 އާ ދެމެދުގަ އެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.
އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާތިބު
14 September 2022
މިކަމެއް އޮންލައިންކޮށް ކުރެވޭނެ ގޮތެއް ހަމަ ނެތީތަ؟ މިއޮއް ހައިޓެކް ޒަމާނު އަދިވެސް ދޮރުންދޮރަށް.ވަޒީފާއަށް ނުގޮސް އެމީހުންގެ އިންތިޒާރުގަ ކިހިނެއްތަ ގޭގަ އިންނާނީ؟
ދޮންހުސޭނު
13 September 2022
އިއްޒަތްތެރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ކަންކަމުގައި ގަދަބަސް ވިދާޅުވާ އިރު، އެ ބަސްބަހީ އެނބުރި އައިސް ތިމާޔާވެސް އަރާހަމަކުރާ އެއްޗެއްކަން އިހަށް ވިސްނަވާލެއްވި ނަމަ ދެއްތޯއެވެ. އެދުވަހު ވެރިކަމުގައި ހުރި މީހަކަށް ޖެއްސުމަށް ވިޔަސް އެއްބާރުކުން ނުދޭން ދަންނަވާފަ މިއަދު އެއްބާލުމަށް އެދިވަޑައިގަންނަވަން ޖެހުމަކީ ލަދުވެތި ކަމެކެވެ. މިހުންނަނީ ދަސްކުރާ ބަޔަކަށް އިބުރަތެއް ނޫންތޯއެވެ.
ބޮޑުމީހާ
13 September 2022
މައްސަލަތައް، ނަމްބަރުތައް ނޭގިގެން ނޫން މައްސަލަތައް ހައްލުނުވަނީ. ބިދޭސީން ތިބި އަދަދު ނޭގިގެންތަ ރެގިއުލަރައިޒްނުވެ ހިތު ހުރިހާ ގޮތަކަށް އެ އުޅެވެނީ. ބޯހިޔާވެހިކަމަށް ސަލާންޖަހަން ތިބީ ކިތައް މީހުންތޯ ނޭގިގެންތަ އެ މައްސަލަ ހައްލުނުވަނީ. ޑްރަގް މައްސަލަ ހައްލުނުވަނީ ޑްރަގް ބޯ ކުދިންގެ އަދަދު ނޭގިގެންތަ. ކޮރަޕްޝަން ނުހުއްޓުވެނީ ސަބަބު ނޭގިގެންތަ، މާލެ ތޮއްޖެހި މާލެއަށް ހިޖުރަކުރާ ސަބަބުތައް ހަމަ ނޭގެނީތަ
ޢާލަމްގރ
13 September 2022
ދޭކައް ހިތެއް ނެތް
ހިޔާލީ އަލީ
13 September 2022
މުހިއްމު މަސައްކަތެއް ވިޔަސް އަދިވެސް ބުނެވޭނީ މިއީ ވަރަށް ބޭކާރު ހަރަދެކޭ މި ދަނޑިވަޅުގަ
ޢާލަމްގރ
13 September 2022
ބޭކާރު ހަރަދު ހައްތަހާވެސް ކުރަނީ. ޕާޓީ މީހުންނައް ސިޔާސީ މަގާމްތައް ދެނީ ހެސްކިޔާފަ. ސަރުކާރު ހިންގަން ސްޓިކަރ ޖަހަނީ ތަނެއް ދޮރެއް ނުބަލަ. ރައްޔިތުން ހަނާ ކުރަން ޖީއެސްޓީ ބޮޑުކުރަަނީ . ޑޮލަރުގެ އަގު މެކުހައް ޖަހާފަ. ލޯނުނަގަނީ އެެއެއް މިިއެއް ނުބަލަ. ތަކެތީގެ އަގު އިންތިހާއައް ބޮޑުވެއްޖެ. ޙަރަދުނކުޑަ ކުރަން ބުނާ ވެރިމީހާގެ ދަތުރުުތައް މީން ޒަމާނެއްގަ ރައީސަކު ނުކުރާ ވަރައް އެބަ ކުރޭ. ޥީކަމެއް ހަރާން
ރައީސްގެ ރައްޔިތުމީހާ
13 September 2022
ބައްލަވާ އިއްޒަތްތެރި ރައީސް، ކުރީ ފަހަރުގެ ބޯހިމެނުމުގަ ރައްޔިތުން އެކަމަށް އެއްބާރުލުން ނުދިނުމަށް ބާރުއަޅާފަ، މިފަހަރު ކީއްވެތޯ ރައްޔިތުން އެއްބާރުލުން ދޭންވީ؟ އެހެންވެ އަހަރެން ބުނަނީ ސިޔާސީ މީހުންނަކީ ރަންޑީންނޭ. ތިމާ ތާއީދު ނުކުރާ ވެރިކަމެއް އޮތަސް ނެތަސް، ދައުލަތުގެ އިދާރާތަކުން ކުރިޔަަށް ގެންދާ މިފަދަ މުހިއްމު ކަންކަމުގަ ރައްޔިތުން ބައިވެރިނުވެ ދެން ކޮންބައެއްތޯ ބައިވެރިވާނީ..؟؟ ދެންވެސް އެހެން ނަހަދާތި..
ނުދޭނަން
13 September 2022
ޔާމީން ވެރިކަމުގަޓޫރިޒަމް ބޮއިކޮޓް ކުރަން ރައީސް އިބްރާހިމް ގޮވާލެއްވީމު ނޫންތޯ. މިއަދު އެއްބަހެއް ނުވާނެ. ޢެހެންވީމާ މިއަދު ވ ވިސްނާނަން
ސީޒަން ޖެކުހަން
13 September 2022
ބޯހިމަނާފާ ބަންގާޅީންގެ ނަންބަރު ސިއްރުކޮށްފާ ނުބާއްވާތި. ނޫނީ ނަންބަރު އޮޅުވާލައިގެން ރިޕޯޓު ނުނެރޭތި. ފުރިހަމައަށް ބޯހިމަނައިފިއްޔާ ރައްޔިތުން ފިއްކަނޑައިގެންދާނެ.
އަލީ އަސްފާގު
13 September 2022
ބުރިޖެއްވެސް ނޭޅެ. ފުލެޓެއްވެސް ނޭޅެ. މާލެ ސަރަހައްދުގަ އެއްވެސް ކަމެއް ނުވެ. ތިބެގެން ކަނޑަނީ ފޮނި. މާލެ މީހަކަށް މި ވެރިކަމުގަ ލިބުނު ގޯއްޗެއް އަދި ފުލެޓެއްވެސް ނެތް. ޓެކުސްވެސް ބޯކޮށް ބޮޑުކުރަނީ. ސައިކަލު ޕާކު ކުރެވޭނެ ގޮތެއްނެތް. މާލޭ ރައްޔިތުން ހާލުގަ ކުރަނީ ޖެއްސުން. މި ސަބަބުތައް ހުރީމަ ބޯހިމެނުމަކީ ބޭކާރު ކަމެއް. ތިޔަކަން ކުރާހިތެއް ނެތް
ނުހިމެނުނު ބޯ
13 September 2022
އަޅުގަނޑު ޖާނާއި މާލުން އެއްބާރުލުން އެބަދެން. ޓީމު ގެޔަށް އައީމަ ހިނިތުންވުމާއެކު މަރުހަބާ ކިޔައި އޭސީ ސިޓިނރޫމުގަ މަޑު ސޯފާތަކުގަ ޓީމު މެންބަރުން ބައިތިއްބައިގެން ރަނގަޅު ފެންވަރުގެ ކެއުން ތައްޔާރުކޮށް ކާންދީ ދުފަން ދީ ނެސްކެފޭ ގޯލްޑް ބްލެންޑް ބްލެކް އަދި މިލްކް ކޮފީ ދީ އެބޭފުޅުން ބޭނުންވި ހުރިހާ މައުލޫމާތެއް ދިނިން. އަދި އެބޭފުޅުން ބެހެއްޓެވި ގާތްކަމަށްޓަކައިި ޝުކުރުވެސް އަދާކުރިން. މިހާވަރަށް ނޫންތޯ އެއްބާރުލުން ދެވޭނީ..!