ދުނިޔެ / ކްއީން އެލިޒަބަތު

ރަސްކަން ކުރުމުގައި ދަމަހައްޓާނީ ރާނީ ދެއްކެވި ނަމޫނާ: ޗާލްސް

މި މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން އެކަމުގެ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔުމަށާއި އާ ރަސްގެފާނު ޗާލްސް ތިނެއް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ މެމްބަރުން ހިމެނޭ ގޮތުން، ވެސްޓްމިންސްޓާ ހޯލްގައި، ސެޕްޓެމްބަރ 12، 2022 ގައި ބޭއްވި ޖަލްސާގައި، އާ ރަސްގެފާނު ޗާލްސް ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

13 ސެޕްޓެމްބަރ 2022 - 13:25

2 comments

ވާރުތައިން ލިބިވަޑައިގެންނެވި އިނގިރޭސި ރަސްކަމުގެ ވާޖިބުތައް އަދާކުރެއްވުމުގައި ދަމަހައްޓަވާނީ، މަންމާފުޅު އަދި އަވަހާރަވެފައިވާ އެ ގައުމުގެ ރާނީ އެލިޒަބަތު ދޭއް ގެންގުޅުއްވި، އަމިއްލަ އެދުމެއް ނެތި ވާޖިބުތައް އަދާކުރެއްވުމުގެ ސިޔާސަތު ކަމަށް، ރަސްގެފާނު ޗާލްސް ތިނެއް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އާއި މަތިގޭގެ މެމްބަރުން ބައިވެރިވެވަޑައިގެން، ވެސްޓްމިންސްޓާ ހޯލްގައި އިއްޔެ ބޭއްވި ޖަލްސާގައި ރަސްގެފާނު ޗާލްސް ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް، ރާނީ ވައުދުވެވަޑައިގަތީ ވަރަށް ޒުވާން އުމުރުފުޅުގައި ކަމަށެވެ. އަދި ދުސްތޫރީ ސަރުކާރުގެ އަގުހުރި އުސޫލުތަކާއި ހަމަތަކަށް ވަރަށް ފުރިހަމައަށް ރައްކާތެރިވެވަޑައިގެންނެވި ކަމަށް ވެސް ރަސްގެފާނު ވިދާޅުވި އެވެ.

މި މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން އެކަމުގެ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔުމަށާއި އާ ރަސްގެފާނު ޗާލްސް ތިނެއް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ މެމްބަރުން ހިމެނޭ ގޮތުން، ވެސްޓްމިންސްޓާ ހޯލްގައި، ސެޕްޓެމްބަރ 12، 2022 ގައި ބޭއްވި ޖަލްސާގައި، އާ ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

"އެކަމަނާ ވަނީ، އަމިއްލަ އެދުމެއް ނެތި ގައުމީ ވާޖިބު އަދާކުރެއްވުމުގައި، މާތްރަސްކަލާނގެ މަދަދާއި ތިޔަބޭފުޅުންގެ ލަފާފުޅާއެކު ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވާފައި. އަޅުގަނޑު މިހުރީ އަމާނާތްތެރިކަމާ އެކު އެކަމަނާގެ ނަމޫނާއާ އެއްގޮތަށް އަމަލުކުރުމަށް އަޒުމް ކަނޑައަޅައިގެން،" ރަސްގެފާނު ޗާލްސް ތިނެއް ވިދާޅުވި އެވެ.

ރަސްގެފާނު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަކީ އެ ގައުމުގެ ޑިމޮކްރެސީ ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. "ގާނޫނު ހަދާ މަޖިލީހަކީ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ދިރިހުރި އަދި ނޭވާ ހިނގަހިނގާ ހުންނަ ވަސީލަތް."

ސެޕްޓެމްބަރ 12، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި، އެ ގައުމުގެ ރަސްކަމަށް އަލަށް އައްޔަންވި ރަސްގެފާނު ޗާލްސް ތިނެއް ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ޖުމްލަ 900 މެމްބަރުން ހާޒިރުވެ ތިއްބެވި އެ ޖަލްސާ އަށް ރަސްގެފާނު ޗާލްސް ވަޑައިގަތުމުން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ވަނީ، ރަސްގެފާނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ދަންނަވައިފަ އެވެ. ރަސްގެފާނުގެ މަންމާފުޅު، ރާނީ އެލިޒަބަތު މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން، ރަސްގެފާނު ޗާލްސް އަށް ތައުޒިޔާ ވިދާޅުވީ ތިރިގޭގެ ރައީސް ލިންޑްޒީ ހޮޔެލް އާއި މަތިގޭގެ ރައީސް ޖޯން މެކްފޯލް އެވެ.

"ރާނީ އަވަހާރަވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ހިތާމަ ކިތަންމެ ފުން ނަމަވެސް، އެކަމުގެ ސަބަބުން މަނިކުފާނަށް ލިބިވަޑައިގެންފައިވާ ހިތާމަތައް މާ ފުންކަން އަޅުގަނޑުމެންނަށް އެނގޭ،" ތިރިގޭގެ ރައީސް ލިންޑްޒީ ހޮޔެލް ވިދާޅުވި އެވެ.

މި މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން އެކަމުގެ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔުމަށާއި އާ ރަސްގެފާނު ޗާލްސް ތިނެއް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ މެމްބަރުން ހިމެނޭ ގޮތުން، ވެސްޓްމިންސްޓާ ހޯލްގައި، ސެޕްޓެމްބަރ 12، 2022 ގައި ބޭއްވި ޖަލްސާގައި، އާ ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގެ ނާދިރު ތާރީޚާއި ބަރުލަމާނީ ވެރިކަމުގެ ނިޒާމާ މެދު، ރަސްގެފާނުގެ ހިތްޕުޅުގައި ވަރަށް މަތިވެރި އިހްތިރާމަކާއި ގަދަރެއް ދެވިފައިވާ ކަމާއި އެކަންކަން ހިމާޔަތްކުރުމުގެ ވާޖިބު އެޅިފައިވަނީ ވެސް ރަސްގެފާނުގެ ކޮނޑުފުޅުގައި ކަމަށެވެ.

"އެހެންކަމުން މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ އެ ޒިންމާތައް މަނިކުފާނު އަދާކުރައްވާނީ، އަވަހާރަވެފައިވާ އިއްޒަތްތެރި ރާނީ ވެސް އެ ޒިންމާތައް އަދާކުރެއްވުމުގައި ދެއްކެވި ކެތްތެރިކަމާއި ކަރާމާތާއެކުގައި ކަން އަޅުގަނޑުމެން ގަބޫލުކުރަން."

ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި މި ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ފަހު، ރަސްގެފާނު ޗާލްސް އިއްޔެ ވަޑައިގަތީ ސްކޮޓްލެންޑަށެވެ. އެ ގައުމުގެ ވެރިރަށް އެޑިންބަރާ އަށް ވަޑައިގެން، ޝާހީ ގަނޑުވަރު ހޮލީރުޑްހައުސްގައި އޮތް ރާނީ އެލިޒަބަތަށް އިހްތިރާމް އަދާކުރެއްވި އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

13 September 2022

ޗާލްސް ތިނެއް ނުލިޔާނެ. ލިޔަން ވާނީ ޗާލްސް ތިންވަނަ. ދިވެހި ބަހަށް އިހުތިރާމް ކުރައްވާ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާން މި ޒަމާނުގައި މިހާރު އޮތް ހަމަ އެކަނި ގައުމީ ބަހާ. އެހެން ހުރިހާ ކަމެއް ނިމެނީ. ނުވަތަ ނެތި ނިމިއްޖެ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

13 September 2022

ރާނީ ދެއްކިނަމޫނާ ކަޑައޭ. އެމެރިކާއަށް އިރާގަށާ އަފްޣާނިސްތާނަށް އަރައިގަންނަން އެންމެބޮޑަށް ވާގިވެރިވީ އިނގިރޭސިވިލާތް. މަންމާފުޅުގެ އަތެއް މިކަމުގާ ނުވާނެބާ ރަސްގެފާނޫ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454