މުލި އެއާޕޯޓު ރަންވޭ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: ރަންވޭގެ 42 ޕަސެންޓް ބިން ހިއްކާ ނިމިއްޖެ ---ފޮޓޯ: އެމްޓީސީސީ
13 ސެޕްޓެމްބަރ 2022 - 15:20
މ. މުލި އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ދަށުން، ރަންވޭ ހިއްކުމުގެ 43 ޕަސެންޓާއި ރަންވޭގެ މަސައްކަތުގެ އިތުރުން، ފަޔަ ބިލްޑިންގުގެ ޕްލާސްޓާ އެޅުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެ އެވެ.
މުލި އެއާޕޯޓުގެ ފަޔަ ބިލްޑިން ޕްލާސްޓާ އެޅުމުގެ މަސައްކަތް ކުރަނީ. ---ފޮޓޯ: އެމްޓީސީސީ
އެ އެއާޕޯޓުގައި ޓެކްސީވޭއަކާއި އޭޕްރަންގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
މ. މުލީގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް ---ފޮޓޯ: އެމްޓީސީސީ
މިއަހަރުގެ ތެރޭ އަމަލީ މަސައްކަތް ނިންމާ، ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ، މުލި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް 221.7 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރު ތެރޭ ކަނޑުމަގުން އެއާޕޯޓަކަށް ދަތުރުކުރެވޭނެ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
މ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިހް
13 September 2022
ތި އެއާޕޯޓަށް ލޭންޑުކުރާ ފުރަތަމަ ޕައިލެޓަށް ވާން އެބަ ވިސްނަން.
ހާއިބްރީ
13 September 2022
މަބުނީ ރައީސް ޔާމީން އެއާޕޯޓް އަޅަން ބިންހިއްކާތީ ލޮލަށް ނިދި ނައިސްގެން ޕެޓިޝަން ހަދައިގެން އުޅުން ވައްޑެމެން ކަހަލަ ރަންރީނދޫ ޓުވިޓަރޭމެންގެ ހަބަރެއް ހާދަނެތޭ މިހާރު. ކުޅުދުއްފުށީ ކުޅި ހިއްކާތީވެ ކަރުތާފެނަށް އެރިގެން ބެނާ ހިފައިގެންތިބި ކުދިން މިހާރު ގެއްލިއްޖެ.
މުލީން އަހުމަދު
13 September 2022
މުލިއެއަރޕޯޓް ނިމެމުންދާތަން ފެނުމަކީ އުފަލެއް. އެމްޓީސީސީގެ ވެރިން ކަހަލަ ކަރަޕްޝަނަށް އާދަވެފައި ތިބިބަޔަކު ވަރަށް މަސައްކަތްކުރާނެ ނިންމަން. ސަބަބަކީ ކާލެވޭނީ ގިނަމަސައްކަތްކުރިއަށްދާތީ.
ބޯ ހަލާކު-
13 September 2022
މީ މަބުނާ ވަހަކަ އާދަނު ދައްކާވާހަކަ ގަބޫލުކުރާނީ ނޫސްލިޔާމީހުން. މި އެއަރޕޯރޓ ފައްޓަމުން މީނާދެއްކިވާހަކަ ހާސްބައިތަފާތު. 1 އަހަރުން ނިންމަންބުނި އައަރުޕޯޓް މިވަނީ އިބިލީހުގެ ކައިވެންޏަށް. ވެރިކަމުގެ ދައުރެއްނިމިގެންދާއިރު ޔާމީނު ކޮށްދީފައި ހުރިކަމެއް ފެންނަނީ.
ގަބުޅި ކަތީބު
13 September 2022
އެއާޕޯޓު އަޅަން ބިން ހިއްކާއިރު މުލީގެ ފަޅު އެއްކޮށް ހިއްކާ ރަށުގެ ބިންވެސް ބޮޑުކޮށް އަތޮޅުގެ ކުދި އާބާދީތައް ހިމެނޭ ރަށްރަށުގެ މީހުން މުއްޔަށް ބަދަލުކުރުމުން ރަށް ބާރަށް ކުރިއަރާނެކަން ޔަގީން. އޭރުން ދައުލަތުން ހޭދަކުރަންޖެހޭ 2 ރުފިޔާއިން 1 ރުފިޔާ ސަލާމަތް ކުރެވޭނެ.