މުއްޔާއި ނާލާފުށި ގުޅުވާލަން ކޯޒްވޭގެ މަސައްކަތް ރައީސް އިފްތިތާހުކޮށް ދެއްވަނީ: އެއާޕޯޓާ އެކު މި ދެ ރަށް ގުޅުވާލުމުން އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ.
20 މެއި 2025 - 15:34
މ. މުއްޔާއި މި ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މުލީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގަ އެވެ.
މުއްޔާއި ނާލާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ޕްރޮޖެކްޓް ރައީސް ބައްލައްވާލައްވަނީ.
މި މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އަދި މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
މި މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރުއެޅުމުގެ މަސައްކަތް ވެސް ކުރާއިރު، 112 މީޓަރުގެ ރިވެޓްމަންޓް ޖަހައި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓީސީސީއަށް މި މަޝްރޫއު އޭރު ހަވާލުކޮށްފައި ވަނީ 125.5 މިލިއަން ރުފިޔާއަށެވެ.
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފެށިއިރު، މުލީގައި ހެދި ޑޮމެސްޓިކް އެއާޕޯޓު މިއަދު ވަނީ ހުޅުވައިފަ އެވެ. އެ އެއާޕޯޓާ އެކު މި އަތޮޅުގެ ޓޫރިޒަމް ކުރިއަރައި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ އެވެ.
މުލީގެ ފަޅުން ދެ ރަށް ހިއްކައިގެން ޓޫރިޒަމް ފުޅާކުރަން ވެސް ސަރުކާރުގެ ޕްލޭންގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
20 May 2025
ބުލްބުލް ހަމަޖެހިބިޔަ..... ބޮއިހަލަކި
އުދުހޭ
20 May 2025
ނާލާފުށީގެ އާބާދީއަކީ 465 މީހުން. ބޮލަކަށް 3 ލައްކައާ ގާތަށް ޚަރަދުކުރުން ދެކޮޅުޖެހޭބާ؟ ތިޔަ ކޮސްވޭ ދުވާލަކު 20 ވަރަކަށް މީހުން ބޭނުންކުރުން ހަމަޖެހޭބާ؟
ބުލްބުލާ
20 May 2025
ރަށުގަ އުޅޭނީއެއް ނޫން. މާލެ މީހުންނަށް އެވަރަށް ބަވާނެ. މި އަދި ނުވާނެ ބައިތުލް މާލުން ކުރާ ހަރަދަކަށްވެސް. ދެން ގެސްޓް ހައުސް ހަދާފަ މާލޭގެ ހައުސިން ސްކީމުތަކަށްވެސް ދައުވާކޮށް އެވެސް ހޯދާތި. މާލެ މީހަކަށް ގޯއްޗެއް ފްލެޓެއް ލިބިއްޖެއްޔާ ނުގޮވާކަށް އެއްޗެއް ނޯންނާނެ.