ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
14 ސެޕްޓެމްބަރ 2022 - 13:08
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ވިނަރެސް މަޝްރޫއުން ފްލެޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލީ 17 ޖުލައިން ފެށިގެން ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.
އެ ފްލެޓަށް ކުރިމަތިލެވޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.
- މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލޭ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް ނެތް ނަމަ 25 ޕޮއިންޓް
- އެންމެ ދަރިއަކު ހުރި ނަމަ، 12 ޕޮއިންޓް އަދި ހަތް ދަރިން ނުވަތަ އެއަށް ވުރެ ގިނަ ނަމަ 25 ޕޮއިންޓް
- ދިރިއުޅުމުގެ ހާލަތު - 5 ޕޮއިންޓާއި 25 ޕޮއިންޓާ ދެމެދު
- ބަދިގެއާއި ލިވިން އޭރިއާ 180 ފޫޓަށް ވުރެ ބޮޑު ނަމަ ޕޮއިންޓް ނުލިބޭނެ އަދި ކެއުމާއި ނިދުން އެއް ކޮޓަރީގައި ނަމަ 12 ޕޮއިންޓް (ބަދިގެ އާއި ލިވިން އޭރިއާ 180 ފޫޓަށް ވުރެ ކުޑަ ނަމަ، 0-12 ދެމެދުން ޕޮއިންޓް ދޭނެ)
- ފާހާނާގެ އަދަދާއި ބޭނުންކުރާ މީހުންގެ އަދަދުން 0-13 ޕޮއިންޓް ލިބޭނެ
- މައި އެޕްލިކެންޓް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލަމުންދާ ނަމަ، 10 ޕޮއިންޓް ލިބޭނެ
އެޗްޑީސީން ނެރެފައިވާ އުސޫލުގައިވާ ގޮތުން ފްލެޓަށް އެދި ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ފްލެޓަށް އެދޭ ފަރާތަށް މަހަށް ޖެހޭ އާމްދަނީ 61،000ރ. އަށް ވުރެ އިތުރު ނަމަ، މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އޭރިއަކާއި ފިހާރަތަކާއި ޖިމާއި ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟީސާ
14 September 2022
ހުރިހާބާރެއްލިބި އިބުރާހިމައް ފުލެޓެއްވެސް ނޭޅޫނު ދޯ ދައުރު ނިމެނީ
ކޮރަލް
14 September 2022
ކުލި އަދި ޑައުންޕޭމަންޓް ގެ ވާހަކަ އެއް ނެތެވެ.
ބބވވވވ
14 September 2022
ނޫނޭ އަދި މުއްދަތު ދަންމާލާނެ 2023 އާ ހަމައަށް.
މުސްކުޅިޔާ
14 September 2022
މާދަމާ ނޫސްތަކުގެ ހެޑްލައިނެއް. ”ވިނަރެސް ފުލެޓް އަށް ކުރިމަތި ލެވޭ މުއްދަތު އެޗްޑީސީން އިތުރު ކޮށްފި“ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް. ލޮލް. މިވަރެއްގައި ކޮންމެކަމެއްވެސް ދާނީ.
އައްޔ
14 September 2022
ތީ މާ އަގުބޮޑުކޮށް ދޭން ހެޔޮވަރު ތަނެއް ނޫން. ހަމަ ހިޔާފްލެޓެއް އެޔަށްވުރެން އަގު ބޮޑުކޮށް. އަގު ކުޑަކުރަންޖެހޭ.
ހިޔާލީ އަލީ
14 September 2022
ފްލެޓް ދޭ މީހުންނަށްވުރެ ތިމާއަށް ހައްގުނޫން ހަލާލުނޫން ކަންކަން ހޯދަން އުޅޭ މީހުންނަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނެނީތޯ؟ މުޅި އުމުރު ތިމާއަށް ހައްގުނޫން ތަނެއްގަ ނިދާ ކައިބޮއި ހަދާއިރު ބިރެއްވެސް ނުގަނޭ ބާއޭ މަ ހިތަށް އަރާ
ތެދެއް ތިބުނީ
15 September 2022
ރަނގަޅު ވާހަކައެއް.