އައިފޯނު 14 އުރީދޫގެ މޫލީން ޕްރީ އޯޑަރަށް ހުޅުވާލައިފި. މިއަދުން ފެށިގެން މޫލީ ވެބްސައިޓުން ޕްރީ އޯޑާ ކުރެވޭނެ--ފޮޓޯ:އުރީދޫ
16 ސެޕްޓެމްބަރ 2022 - 13:28
އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާ އެކު އުފައްދާފައިވާ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް އުރީދޫގެ މޫލީ މެދުވެރިކޮށް ޕްރީ އޯޑާ ހުޅުވާލައިފި އެވެ.
އުރީދޫން ބުނީ އައިފޯނުގެ އެންމެ ފަހުގެ ދެ މޮޑެލް ފޯނު މިއަދުން ފެށިގެން ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ. ޕްރީ އޯޑާ ކުރުމަށް މޫލީ ވެބްސައިޓަށް ގޮސް، އެޕްލައި ކުރެވޭނެ އެވެ.
ޕްރީ އޯޑާ ކަސްޓަމަރުންނަށް، އޯޑަރު ކުރި އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މި މަހުގެ 23 އިން ފެށިގެން ލިބޭނެ އެވެ.
އުރީދޫން އަންނަނީ މޫލީ މެދުވެރިކޮށް، އެންމެ ފަހުގެ ފޯނާއި އެހެނިހެން ގެޖެޓްތައް ވިއްކަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ނުކުތް އައިޕޯނުގެ އެންމެ ފަހުގެ މޮޑެލްތަކާއި ސެމްސަންގްގެ މޮޑެލްތަކުގެ ފޯނު، އިންސްޓޯލްމެންޓް އުސޫލުން ވިއްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއަހު
16 September 2022
ޚުޅި ނުދެއްކުނަސް ތިޔަ ފޯނު ގަންނަންވާނެ.
ހަސަން223333
16 September 2022
އުރީދޫ އިން މިހާރު ފޯން ޕޯސްޕެއިޑް ކަސްޓަމަރުންނައް އިންސްޓޯލްމަންޓަކައް ދޫ ނުކުރޭ..ދިރާގުން އަދިވެސް އެބަދޫކުރޭ! މީގެންވެސް ދޭހަވަނީ އުރީދޫ އިން ދިރާގު ގެ ކޮންޕެޓިޓަރަކައް އައިސް ރައީތުންނައް ވީ ފަސޭހައެއް މިހާރު ނެތް ކަން..އަދިވެސް ދިރާގު މި ބޭނުންކުރަނީ އަގުތައްވެސް އުުރީދޫއިން ވަކި ސަޅި ނުވާތީ..ދިރާގު އަދިވެސް ހަމަ ރަގަޅު އުރީދޫ އައްވުރެ..ފައިބާރ ޕްރޮމޯޝަންގައި ފުރީ މޮޑަމްގަޑެއް ވެސް ދޭވިޔަ ދިރާގުން.. އުރީދޫ އައް ނުވޭ އެވަރުވެސް!ކޮން މުލީއެއް
ހަގީގތް
16 September 2022
ތިއީ ކަނޑައެޅިގެން ދޮގެއް. ބްރޯޑްބޭންޑް އިންޓަނެޓްގައި ފްރީކޮށް މޮޑަމްދީފައި ކަނެކްށަން ލައި ދެނީ އުރީދޫ. ދިރާގުން ދެނީ %50 އެކަނި. އަދި އެއް އަހަރުވުމުގެ ކުރިން އިންޓަރނެޓްގެ ހިދުމަތް ކަނޑާލަންޏާ އެއްމަހުގެ ފީ ދައްކަން ޖެހޭ. ފޯނުގެ ގިނަ ސްޓޮކް ހުރިނަމަ އުރީދޫން ވެސް ޕްރީޕެޑް ކަސްޓަމަރުންނަށ ފޯން ދޫކުރާނެ. މިހާރުވެެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންޓޯލަށް ފޯން ދޫުރޭ. ހިދުމަތުގެ އަގުތަކަށް ބަލާއިރު އަދި ވެސް ހެވީ އުrީދޫ.
ނުރަބޯ
16 September 2022
އަގުތައް ކޮބާ……؟