މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ: މަޖިލިސް
19 ސެޕްޓެމްބަރ 2022 - 10:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ ވީއައިއޭ އިން ހައްޔަރުކުރި އިންޑިއާ ދެ މީހުންނާ ގުޅޭ ގޮތުން ބޭރު މީޑިއާތަކުގައި އަނެއްކާވެސް ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުން އިންޑިއާގެ އޮފިޝަލެއް ރާއްޖެ އައިސް އެ ދެ މީހުން ދޫކޮށްލަން އެދިފައިވާ ކަމަށާއި އޭގެ ފަހުން ފުލުހުން އެ ހާދިސާއާ ގުޅިގެން ހަދާފައިވާ ރިޕޯޓު ބަދަލުކޮށް އެހެން ރިޕޯޓެއް ނެރެފައިވާ ކަމަށް ސައީދު ތުހުމަތުކުރެއްވި ވިދާޅުވި އެވެ.
އެ މީހުން ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ލައިވްކުރި ކަމަށާއި ޖާސޫސް ކުރުމުގެ ހެކި ފުލުހުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ ކަށަވަރު ނުކުރެވި ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ އެ ހާދިސާގެ ދެ ފުށް ފެންނަ ތަހުގީގެއް ހިނގުމަށާއި އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ސައީދު އެދިވަޑައިގަތެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ފިޔަވަޅު އަޅަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލާގައި ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރެކެވެ. އަދި 34 މެމްބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ފުރަތަމަ ބުނެފައިވަނީ ސިއްރު ކެމެރާއެއް ގެންގުޅުނު މައްސަލާގައި ދެ މީހަކު ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ދެ މީހުން ހައްޔަރުކޮށް މިދިޔަ މަހު 29 ގައި ވަނީ ބަންދަށް 10 ދުވަސް ކޯޓުން ދީފަ އެވެ. އޭގެ ފަހުން މި މައްސަލާގައި ފުލުހުން ތަފްސީލެއް ނުދެ އެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ލަގެޖުން ގޮތާވަކެތި ފެނުނު ކަމަށް ބުނެ މީޑިއާގައި ކުރި ރިޕޯޓެއް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވީ ވެރިއަކު ނެތި ދޫކޮށްލާފައިވާ ލަގޭޖެއް ހުރި ކަމަށް ރިޕޯޓްކުރުމުން ކަމަށެވެ. އެ ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ އެކު ލަގެޖް ބެހެއްޓީ ކާކުކަން ބެލުމަށް ފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
19 September 2022
މައްސަލައެއް ކުރިއޭޓްކޮށް އަބަދުވެސް ހީވާ ހީވުމެއްގެ މައްޗައް ބޮޑެތި ފިތުނަ އުފައްދަމުން ގެންދާ ބަޔަކަށް އަބަދުވެސް ލިބޭނީ ނިކަމެތިކަން ﷲ މިފަދަ ނުބައި މީހުންގެ ކިބައިން މިލޮބްވެތި ވަތަން އަބަދައް ސަލާމަތް ކުރައްވާށި އާމީން!
ބާކޫލިއަބޯb
19 September 2022
ބޮޑު ޖައްރާފާ ގޮވާލި އަޑު އެހިން. މިޕާޓީގެ މިނިސްޓަރުން ޒިންމާދާރު ކުރަންވެސް މިހާރު އުނދަގުލޭ. އެހެންވެ އެހެންޕާޓީތަކުން ހުށަހަޅާ މައްސަލަތައް ބަލައި ނުގަންނީ.. މިވެސް ޛިންމާ ކުރުވުމެއް. ޙަހަހ
ރާއްޖެ
19 September 2022
ލަންކާގެ ނޫސްތަކުގައި މި ވާހަކަ އެބަ އޮތް. އެމީހުން ފްލައި ކުރަން އޮތީ ޔޫއެލް އިން ކަމަށް ވަނީ. އިންޑިއާ އާއި ގުޅޭ ހުރިހާ ކަމެއް މި ހުންނަނީ ސިއްރު ވެފަ. ޓްރާންސްޕޭރަންޓް ކަމުން؟
އައްޔަ
19 September 2022
ބަލަސައީދޫ ! ކަލޭމެންގެ ވެރިކަމުގަ ލަންކާއިން އަސޭލާކިޔާ ސިހުރު ހަދާމީހަކު މިރާއްޖެެ އައް އެތެރެވެގެން އުޅުނު ވާހަކަ ކީއްވެތޯ ހައްޔަރު ކޮއް މަޖިލީހައް ކުއްލި މައްސަލަ ހުށަނޭޅީ,
ހށނ
19 September 2022
ޕީޕީއެމް މެޖޯރިޓީ ލިބުނު ދުވަހަކުން ތިމައްސަލަވައްދާތި.!
ސީޒަން ޖެކްޝަން
19 September 2022
ތެޔޮ ހުރިތޯބަލާން ބަޖުލީހަށް ބިލެއް ވައްދާބަލަ. އާފަހެ މިމީހުންގެ ވެރިކަމުގާ ބޮޑެތިޖަރީމާތައްހިންގިއިރު މިމީހުން ކަހާތަން ހިރުވާވެސްނުލި. މިހާރުވެސް އެތެޅިބާލަނީ ވެރިކަމަށް ނާދެވިގެން.
ގެދާނޯމޮސް
19 September 2022
އިނޑިޔާގެ ޖާސޫސު ވެރިކަމެއްގައި ޖާސޫސުންގެ ކަންކަން ބެލީމާ 2023 ގައި ޖަސާސޫކޮށް ކާމިޔާބު ކޮށްދޭނެ ޖާސޫސުން ގެއްލިދާނެ ބިރު މިސަރުކާރަށް އަތުވެދާނެއެވެ.
ޖޯޖް
19 September 2022
ދެން މާ ރައްޔިތުމީހާ ވެގެން ކިރިޔާ ކަމެއްވާ އިރައް މަޖިލީހަށް ވައްދައިގެން މައްސަލަ ތަހުގީގު ކުރަން ތޯ ތަހުގީގީ އިދާރާއެއްތަ.... މާތާހިރުވާނެ ތާކުން ތާކު ނުޖެހޭ ކަންކަމާ ނޫޅެ ރަނގޅު ގާނޫނެއް ހެދިއްޔާމު ... ކެނެރީގެ ފާރުގަ ލިއުނު މީހާ ޖަލައް ދީނުގަ ހަރާމްކޮއްފަ އަދަބު ކަނޑައެޅިފަ އޮތް ބޮޑު ކުށެއް ކުރީމަ 3 މަހައް ޖަލައް ތާކުން ތާކު ނުޖެހޭ މޮޔަ ގާނޫނު