19 ސެޕްޓެމްބަރ 2022 - 11:37
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނަށް ކިޔަން ނިންމާފައި ނަމަކީ "އަޒުމް" ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މެއިން ޕާޓްނަރު، އެޗްޑީސީން ބުނީ އެ ނަން ހުށަހެޅުއްވީ ސައުދުﷲ އިދުރީސް ކަމަށެވެ. އޭނާ އަކީ ހއ. އުލިގަމު ސްކޫލްގެ ޕްރިންސިޕަލެވެ.
"ސައުދުﷲ އަޅުގަނޑުމެންނަށް މި ނަން ހިއްސާކުރެއްވީތީ ޝުކުރު އަދާކުރަން،" އެޗްޑީސީން ބުންޏެވެ.
We have got a brand name for Maldives first ever space mission - Azum!
— HDC (@hdcmaldives) September 19, 2022
We thank Saudulla for sharing the name with us.
This space mission is for our youngsters, inspiration to take their ideas to the moon and the determination to make every dream of theirs alive. pic.twitter.com/mqunCWQsWg
"އަޒުމް"ގެ މާނައަކީ ކަމެއް ހާސިލުކުރުމަށް ކުރާ ގަދަ ހިތްވަރެވެ. ސްޕޭސް މިޝަނަށް އެ ނަން ކިޔަން ނިންމުމުގައި އެޗްޑީސީން ބެލި ކަންކަމަކީ؛
- ދިވެހި ބަހުން ދީފައިވާ ނަމަކަށްވުން.
- ފަސޭހައިން ކިޔާލެވޭ ނަމަކަށްވުން.
- ސްޕޭސް ޓީމާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަހަލަ ނަމަކަށްވުން.
އެ މިޝަނަށް ކިޔާނެ ނަމެއް ހުށަހެޅުމަށް އާންމުންނަށް ހުޅުވާލީ ޖުލައި މަހު އެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޓީމުގައި ހިމެނެނީ 30 އަހަރުން ދަށުގެ ހަތް ޒުވާނެކެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ. އެ ޓީމުގެ މެމްބަރުންނަކީ އެރޯސްޕޭސް އިންޖީނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖީނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.
އެ ޕްރޮގްރާމު ކުރިއަށް ގެންދާ އައިޖީއެސް އިން ބުނެފައިވާ ގޮތުގައި އެ ޓީމު ވަނީ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފަ އެވެ. އެ ކޯހަކީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯހެކެވެ.
އެ ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުމެވެ. އެއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.
ސްފޭސް މިޝަންގެ ޑައިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާ އަކީ 2017 ގައި ނާސާ އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓްލައިޓްގެ މިޝަންގެ ވެސް ޑައިރެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާޒް
20 September 2022
އަމާޒް ކީ ނަމަ މާ ސަޅިވާ.
ސައުތު
20 September 2022
ކޮންހާ މޮޔަ ސަކަރާތް ގަނޑެއް މި ޖަހަނީ! ދައުލަތުގެ ފައިސާ ތަޅާ ބުރުވާނެ މޮޅު ގޮތެއް ހޯދާ ވައްކަން ކުރާނެ އާ ދިމާލެއް ހޯދީދޯ
ކަތްދައްތަ
20 September 2022
"ޖައްވަށް ހަވާއަށް ފަޒާއަށް" މީތި މާސަޅި. މިއީ އިންގިލާބީ ސްޓޭޓްމަންޓެއް. ރާއްޖޭގަ އެންމެ ގިނަ ދުވަހު ރައީސްކަން ކުރި ބޭޅާއާ ގުޅޭވެސްމެ.ނުވިތާކަށް އެބޭޅާއަކީ ރާއްޖޭގެ ނިސްބަތުން ހަވާ ރަސްގެފާނު. ފަލަކުގަ ކަމެއް ހިނގައިފިއްޔާ އޭގެ ސަބަބާއެކު ފިސާރި ރަގަޅަށް ކިޔާލަ ދެވޭވަރުގެ ނުޖޫމީ އިލްމުވެރިއެއް. ރާހިތައް ހިނގާގޮތާއި ތަރިރުހަނދު އުދަވާ ގޮތް އަބަދުމެ ބަލާނެ.
ކެވެލި
20 September 2022
"ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުމެވެ". ހީވަނީ މިއީ ލިއުމުގެ ކުށެއް ހެން. ރަނގަޅު ގޮތަކީ "ޕްރޮޓޯޓައިޕް ސެޓެލައިޓް" އެވެ.
ކަންތައްބޮޑުކުރާ ދިވެހިން
20 September 2022
އަޒުމް އަކީ ރަނގަޅުނަމެއް. އަހަރެމެން އެންމެންވެސް ބޭނުންކުރާ ބަހެއް. ދެންއެއީ ކިހިނެއް އުފެދުނު ބަހެއްތޯ، ދިވެހިބަހެއް ތޯ އަރަބި ތޯ ފާރިސީ ތޯ ބަލާކަށް ނުޖެހޭ ކޮންމެހެންނެއް.
ކަތްދައްތަ
19 September 2022
عزم އެއީ ދިވެހި ބަހެއްތަ؟ އަހަރަމެން ގުރުއާނުން ކިޔަވުއެވެ."فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ" މަށަށް ހީވަނީ "ކަމަކަށް ޢަޒުމް ކަނޑައަޅައިފިއްޔާ ﷲ އަށް ވަކީލު ކުރާށޭ" މިއޮތް ބަސްފުޅުގައި އެއޮތީ "ޢަޒުމް" ގެ ވާހަކަ ހެން.
އޮފީސް
20 September 2022
ދިވެހި ބަހުގެ ރަދީފުގައި އޮތީމާ އެ އޮތީ ރަސްމީކޮށް ދިވެހި ލަފުޒަކަށްވެފަ. އެހެން ބަސްބަހުން ބަހުގެ ތެރެއަށް އަންނަ، ހާއްސަކޮށް އަރަބި ލަފްޒުތަކުގައި ތިކި ޖެހުމާއި ނުޖެހުން އެއީ މިހާރު މުޅިން އެހެންކަމެއް. ރަދީފުގައި "ޢަޒުމް" އެބަ އޮތް. އެހެންނޫނަސް ދުނިޔޭގެ ހުރިހާ ބަހެއްގައިވެސް އެހެން ބަސްތަކުން ނަގުލުވާ ލަފުޒުތައް އެ ބަސްބަހުގެ ލަފުޒުުގެ ގޮތުގައި ބަލައި. އެއީ ބަހަވީ ހަމައެއް. އިސްކުރު (ސްކްރޫވް)، "އޮފީސް" އަށްވެސް ބުނަންވީތޯ އިނގިރޭސި އޭ
ހިޔާލީ އަލީ
19 September 2022
އަޒުމް؛ ވަރަށް އާދާއިގެ ނަމެއް، ތިނަން ކިޔާ ދޯނި ފަހަރާއި ކަންނެތި ދޯންޏާއި މާލެ ދަތުރުފަތުރުކުރާ ބޯޓުތައް ވަރަށް ގިނަ ވާނެ، ހާއްސަކޮށް ކޮންމެ ރަށެއްގަ ތި ނަން ކިޔާ ގެއެއް ހުންނާނެ. އަހަރުން ހީކުރީ ވަރަށް ޔުނީކު ނަމެއް ކަމަށް ކިޔާނީ ނޫނީ ނަމެއް ހަދާނީ ކަމަށް،
އަޒުމް
20 September 2022
އަޒުމް ހަމަ ވަރަށް ސަޅި މި މިޝަންއަށް ކިޔަން. ކުޑަކުޑަ ގައުމަކުން ދުނިޔޭގެ އެންމެ ތަރައްގީ ބާރުތަކާއި ޓެކްނޮލޮޖީއާއި އިލްމާއި ފަންނިއްޔާތުގައި ފައިހަމަ ކުރުމަށް އެޅި ފިޔަވަޅަށް "އަޒުުމް" ކިޔަން ހަމަ ވަރަށް ރަނގަޅު.
ނުގުޅޭ
19 September 2022
ސްޕޭސް މިޝަނަކާ ވަރަށް ނުގުޅޭ ނަމެއް.
ސްޕޭސް
20 September 2022
ނާސާގެ ސްޕޭސް މިޝަންތަކަށް ކިޔާފަހުރި ނަންތައް ބައްލަވައި ލައްވަމާ! https://www.nasa.gov/missions
ދިވެހިބަހެކޭ؟
19 September 2022
އަޒުމް ދިވެހިބަހަކަށްވީ ކޮންއިރަކު. މިއީ އަރަބިބަހުންނާއި އުރުދޫގައި ބޭނުންކުރާ ބަހެއް. އެހެންނެއްނޫން އަޒުން ކީނަމަ ތިޔަށްވުރެން ރަނގަޅުވީސް. ގިނަ މީހުން ކިޔަނީވެސް އެހެން.
ކަޑުމުއްލާ
20 September 2022
ގިނަ މީހުންނެއް "އަޒުން" ނުކިޔާނެ. ގދ. ތިނަދޫ މީހުން ކިޔާފާނެ. ނޫނީ ނޫން ސުކުން ނޯށަށް އަރުވައިގެން ވާހަކަދައްކާ ރަށެއްގެ ބަޔަކު ކިޔާފާނެ. ކުރީގެ ބަހުގެ އެކަޑެމީން ކަލަންޑަރުގެ މަސްތަކުގެ ނަން ލިޔާއިރުވެސް ތިގޮަތަށް ނޫނު ސުކުން ލައިގެން ހަދާފައި ވަނީ. އެކަމަކު އޭގެ ކުރިން އަހުރެމެން އަޑުއަހާ ގޮތެއް ނޫން އެއީ.
ދަންޑަހެލު.
19 September 2022
ތިންބަދަވިން. ރާއްޖޭގަ މިވީހާތަނަށް ކަމެއްކުރިއްޔާ އެކަމެއް ކުރީ އުތީމު ތިންބަދަވިން، އެމީހުން ދެދުވަހު ފޫގަޅައިގެން އަނދިރިއަނދިރިން ހުރިތަނަކުން ބުރުއްސާނުލިނަމަ މިގައު އަހަރުމެން އަތުން ބީވެގެން ދިއައީސްކަންނޭގެ އެހެންވީމަ "ތިންބަދެވިން" ނުވަތަ "ކަޅުއޮއްފުންމި" ކަހަލަ ނަމެއް މާރަގަޅު ކަންނޭގެ.