އެމްޑީޕީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ ޑީއެމްޑީ އިބްރާހިމް ރަޝީދު (އިބުރޭ) ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ސެޕްޓެމްބަރ 2022 - 22:01
ފެނަކައިގައި ހިނގަމުން ދަނީ އެ ކުންފުނީގެ އިސް ވެރިއެއްގެ މަގާމުގައި ހުންނަވާ އިރު، ބަލައިގަންނަން ދަތި ކަންތައްތައް ކަމަށް ވިދާޅުވެ، އަދި ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑައިރެކްޓަރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ޑެޕިއުޓީ މެނެޖިން ޑައިރެކްޓަރު އިބްރާހިމްް ވަހީދު (އިބްރޭ) މަގާުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވި ސިޓީގައި ބުނިގޮތުގައި، ކުންފުނީގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދުގެ ނާގާބިލް ކަމުން ފެނަކައިގެ ދަރަނި ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެ ދެ ބޭފުޅުން އެ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށް، މި މަހުގެ 7ގައި ފޮނުއްވި ސިޓީގައި ވެ އެވެ.
"މަނިކުފާނާ ގުޅުމެއް ނެތް ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް މަނިކުފާނާއި ޗެއާމަން އަށް ފައިދާވާ ގޮތަށް ކުރަން ފެށުމުން އެތައް ކުދިވިޔަފާރި އަކަށް މިއަދު އެކަމުގެ އަނިޔާ ދަނީ ލިބެމުންނެވެ،" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ކަމުގެ މަގާމުގައި ވެސް ހުންނެވި އިބްރޭގެ ސިޓީގައި ވެ އެވެ.
"މަނިކުފާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ގިނަ އަމަލުތަކެއް ތަކުރާރު ނުވާނޭ ގޮތަށް ކުންފުނީގެ ގަވައިދު ބަދަލުކުރަން ދައުލަތުގެ މުއައްސަސާތަކުން އަންގަވާ އެންގެވުންތައް ކުންފުނީގެ ބޯޑު ބޭނުންކުރައްވައިގެން ޗެއާމަން ދަނީ ފޮރުވަމުންނެވެ."
ސިޓީގައި އިބްރޭ ވިދާޅުވީ އެ ކުންފުންޏާ އޭނާ 2019 އިން ފެށިގެން ހިދުމަތް ކުރައްވަން ފެއްޓެވީއްސުރެ، މިއަދާ ޖެހެންދެން ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޗެއާމަން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. އަދި ވިދާޅުވީ ކުންފުނީގެ އެއްވެސް ޑޭޓާ އަކަށް ވެސް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ތިން އަހަރު ވަނީ ކަމަށެވެ.
"މި ކަންކަމާ ގުޅިގެން މަނިކުފާނަށް ފޮނުވި އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަން ވެސް ފާހަގަކުރަމެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުގައި މަޝްވަރާ ކުރަން އުޅުނު ކޮންމެ ފަހަރަކު ޗެއާމަން ވަނީ އެކަން ހުއްޓުވައިފަ އެވެ،" ސިޓީގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޕު
22 September 2022
ތިއީ ތިކަހަލަ ސިޔާސީ އެންމެންގެ ޙާލު. އެކަކަށްވެސް ތިމާގެފޫކޮޅުގައިއޮތް ތަރަގަނޑެއް ނުފެންނާނެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ތިބޭފުޅާގެ ކަންތައްތައް ހުރިގޮތެއް އެނގޭނީ ބިތުފަންގި ހިއްލާލީމަ.
ރަދީފްއޮފިޝަލް
21 September 2022
މިވެސް ވަގެއް ، އެވެސް ވަގެއް. މިއީ ރާއްޖޭގެ ހަގީގަތް.ޖީބަށް އެއްޗެއް ނުވަންނަ ގޮތަށް އެއްކަމެއް ވެސް ނުކުރޭ.
ޢަލީ ބަލީ
20 September 2022
ތީގަ މަސްއަލައެއް ނެއްތާ. ރައީސް ނުކުމެ ރަައްޔިތުން ކުރިމަތީ ޒީރޯ ޓޮލަރެންސޭ ވިދާޅު ވީމަ ދެން އަހަރުމެން ތިބޭނީ އެވާހަކަ ގަބޫލުކޮށް އަތްޖަހަން!!
ޑިމޮކްރަސީ
20 September 2022
މުޅި ޤަވްމު ކައި ހުސްކޮށްފި ދެން އެބައި ފޫބައްދަން އަނެއްކަވެސް ރައްޔިތުން އަތުންނަގާ ޓެކްސް ބޮޑުކުރަނީ
ޕަންލޯސާ
20 September 2022
ސާބަހޭ ޑީއެމްޑީ. ހިތްވަރު ހުރެގެން ކަންކަން ކުރެވޭނީ. ފަހަތަށް ނުޖެހޭތި. އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވަންވާނެ ތިޔަ މައްސަލަ. ރައީސް އޮފީހުން ކީކޭބާ ބުނަނީ؟
ފައްޔަ
20 September 2022
ކޮބާ ޞާލިޙު ޒީރޯ ޓޮލަރަންސް އަށިދަށަށްލާ ފޮރުވާފަ
ވަގަހިފާށޭ
20 September 2022
ރަނގަޅު މަގާމެއް ހުސް ކޮށްފަ އޮތީމަ އެ އިސްތިއުފާ ދެއްވީ އިޚުލާސްތެރިކަމުން. ދެން ނުވާނެ މާ ގިނަ ދުވަހެއް ހަމަ އެވަރުގެ ބޮޑު މަގާމެއް ދެއްވާނެ އިޚުލާސްތެރިކަމުން.
ޙަބީބު
20 September 2022
ވަ އްކަން ފަށެ އް އެބަހިނގާދޯ ރެޔާދުވާލު ހު އްޓުމެ އްނެތި
ސާލޫ
20 September 2022
ތި އިބްރާހިމް ވަހީދު ތި އުޅެނީ އޭނަޔަށް އެޅޭ ބައި ކުޑަވެގެން. މީހެއްގެ އަސްލު ހަގީގީ ސޫރަ އޭނަގެ މާޒީގަ ހުންނާނީ ކުރެހި ތަސައްވަރު ކުރެވިފަ. ހަމިންގްބާރޑްގެ ޕެސެނަޖަރުން އުފުލުމުގަ ޖެހުު މައްސަލަތަކާއި، ބޯޓް ވެއްޓުނުދުވަހުގެ ގެއްލުނު ލެޕްޓޮޕަށް ވީގޮތް ހަދާންކޮށްލުމުން ވަރަށް ބޮޑު އެއްޗެއް ސާފުވާނެ.
ހުސައިން803
20 September 2022
ރައީސް ސޯލިހް އެހަކަށްދުވަހު ވިދާޅުވި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހިންގުންތެރި އެމްޑީއަކީ ފެނަކަ ސައީދުކަމަށް. އެކަމަކު މިއޮތީ ދަރަނި 1.6 އަރާފަ، ކުންފުނިތަކަތް ފައިސާ ނުދޭ، ކޮރަޕްޝަނާ ގުޅޭއެތައް މައްސަލަތަކެއްވަނީ ހިގާފައި، ދެންހުރި ކުންފުނިތަކާއި އެމްޑީންގެ ހާލަކީ އަދި ކޮބާ؟ ވަތަނުގެ ދަރިންނޭ " ޤައުމެއްނެތޭ،.. ޤައުމެއްނެތޭ... ވެރިކަމުގެ ވޯޓްއޮތީ ވަރަށް ކައިރީގައި ވަތަނުގެ ދަރިންނޭ ނަމަނަމަ މިމީހުން ދައްކާ ވާހަކާގައި ނުޖެހޭތި...