އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް: އެ ހޮސްޕިޓަލަށް 27 ދިވެހި ޑޮކްޓަރުން ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2022 - 10:59
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ 12 ދާއިރާއަކުން 27 ސްޕެޝަލިސްޓް ޑޮކްޓަރުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އެއީ އެތެރެހަށީގެ ހަތަރު ޑޮކްޓަރުންނާއި ހޭނައްތާ ދެ ޑޮކްޓަރުންނާއި އޮޕަރޭޝަން ދެ ޑޮކްޓަރުންނާއި ކަށީގެ ތިން ޑޮކްޓަރުންނާއި ކުޑަކުދިންގެ ތިން ޑޮކްޓަރުންނާއި އަންހެނުންގެ ތިން ޑޮކްޓަރުންނާއި ހަމުގެ ދެ ޑޮކްޓަރުންނާއި ދެ ސައިކޭޓްރިސްޓުންނާއި ލޮލުގެ ޑޮކްޓަރަކާއި ތިން ރޭޑިއޮލޮޖިސްޓުންނާއި ޔޫރޮލޮޖިސްޓެއްގެ އިތުރުން ޕެތޮލޮޖިސްޓެކެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ރ. އަތޮޅަށް ދިވެހި 23 ޑޮކްޓަރުންނާއި 72 ނަރުހުން ހޯދަނީ https://t.co/R1jtDH6UIg
— Mihaaru (@Mihaarunews) September 14, 2022
މި މަހު ވަނީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށާއި އެ އަތޮޅުގެ ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ވެސް ގިނަ އަދަދެއް ދިވެހި ސިއްހީ ހިދުމަތްތެރިން ހޯދަން އިއުލާންކޮށްފަ އެވެ. މިދިޔަ މަހު ފުވައްމުލަކު ހޮސްޕިޓަލަށާއި ނ. އަތޮޅު ހޮސްޕިޓަލަށް އަދި ޅ. އަތޮޅު ހޮސްޕިޓަލަށް ވެސް ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެގުމަށް އިސްކަންދޭން ނިންމާފައިވެ އެވެެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުން ދަތިވެ، ސަރުކާރުން މިދިޔަ ޖޫން މަހު ވަނީ ރާއްޖެ އަށް ކިއުބާ އިން 26 ޑޮކްޓަރުން ގެނެސްފަ އެވެ. އަދި އޭގެ ފަހުން ވެސް 100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ހޯދަން ވެސް ހެލްތު މިނިސްޓްރީން އިއުލާންކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނަން
21 September 2022
މައުމޫނަށްވުރެ ސާލިހް މިހުރީ ކުރީގަ މީހުން ގުބޯހައްދަން..ކޮންމެވެސް މީހަކު ބުނެބަލަ ސާލިހްކާރީގަ މިއީ 2022ވަނަ އަހރޭ 90ގެ އަހަރެއ ނޫނޭ.. ތިނޫން އެހެން އުކުޅުތައް ބޭނުން ކޮއްބަލާށޭ.. ތިގޮތަށް 15އަހަރު ވަންދެން މައުމޫނު ޝަންގްރިއްލާވެސް ހެދި
ހިޔާލީ އަލީ
21 September 2022
އައްޑޫ މީހުން ޝުކުރުވެރިވާނެ ކަމަށް އެއްވެސް ކަމެއްކުރާކަށް ނުޖެހޭނެ، އެއަށްވުރެ ޝަކުވާ ބޮޑުބައެއް،
ޚަލޮ
21 September 2022
ކަލޯ ހީކުރީ ކަލޯ ރަށުގަ އުޅޭ 50 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ތަނެއްކަމައްތޯ ރަށަށް ސަނިޓައިޒާ ފުޅިއެއްދިނީމަ ވެރިއެއް އަންނައިރަށް ނަށައި އަތް ޖަހަން.. އައްޑޫ މީހުންނަށް މަ ތައުރީފު ކުރަން އެކަހަލަ ކަންތަށް ތަށް ނުކުރާތީ..
އޮނަރަބްލް އަފީފު ދީދީ
21 September 2022
އިކްއިޓޯރިއަލް ހޮސްޕިޓަލް ގައި IUI ނުވަތަ އައިވީއެފް ހިދުމަތްފަށައި ރާއްޖޭގެ ސަރުކާރުން ހިންގާ Infertility Treatment ގެ ސްޕެޝަލައިޒް ހޮސްޕިޓަލަކަށް މިތަން ހެދުމަށް ޑރ ސޯލިޙް މަސައްކަތް ކުރައްވާނެކަމަށް ހީކުރަން. އޭއީއެޗް އަކީ ފެހި މާހައުލެއްގެ ހަމަހިމޭން ހިއްގައިމު ހިސާބެއްގައި ހުރި މިކަމަށް ރަނގަޅު ތަނެއް. # އައިޖީއެމްއެޗްގެ ކެންސަރާއި ހިތުގެ ޑިޕާޓްމަންޓް އައުޓްސޯސްކުރިގޮތަށް އިންޑިޔާ ހޮސްޕިޓަލަކާއިގުޅިގެން މިކަންވެސް ނުކުރެވެންވީ ސަބަބެއްނެތް.
ވަހީދު
21 September 2022
މަޖުލީހުގެ ރައީސް މީހާ ބުނީ އެއީ ހޮސްޕިޓަލެއް ނޫނޯ.
ޖިރުނބާ
21 September 2022
މިހާގިނައިން ހޭނައްތާ ޑޮކްޓަރުން ހޯދާއިރު އައްޑޫމީހުން ހޭލާތިބެންޖެހޭ ކުރިއަށް އޮތީ އިންތިހާބެއް.
އަންނި ބުނީ ކޮންވެންޝަން ސެންޓަރ އޭ
21 September 2022
ދެން އޭ.އީ.އެޗް ގަ ތިބި، ވިހަންދާ އަންހެނުންނަށް ބޮޑެތި އަނިޔާދީ އިހުމާލުވާ (ގޮހޮރު ބުރިކޮށް މިފަދަ އެތައް އަމަލެއް ހިންގަމުންދާ) ޑޮކްޓަރުން ދިވެހިރާއްޖެއިން ޑީޕޯޓްކޮށްލާނީ ކޮން އިރަކުންތޯ؟ މިފަދަ ކިތައް ކޭސް އެބަހުރިތޯ ފޮރުވާފަ؟ ކުޑަމިނުން އާއިލާއަށްވެސް ނޭނގޭ ބަލިމީހާއަށް މިމީހުންތިބެ ހަދާ އެއްޗެއްވެސް!!