އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް: ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ހާލަތު ގޯސްކަމުން އެ ކުއްޖާއަށް ދަނީ އައިސީޔޫގައި ފަރުވާދެމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ނޮވެމްބަރ 2025 - 12:11
އައްޑޫ ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ވިހެއުމަށް އެޑްމިޓް ކޮށްފައި އޮތް އަންހެންމީހާ ސިޒޭރިއަން ހެދި ފަހުން އިއްޔެ ނިޔާވެފައިވާއިރު، އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ނިޔާވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުގައި މަސައްކަތް ކުރަމުން އައި އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ނަޒާހަތު ނިޔާވީ އަލަތު ދަރިފުޅު ވިހެއުމަށް ސިޒޭރިއަން ހެދި ފަހުންނެވެ.
މެމްބަރު ވިދާޅުވީ، ވިހެއުމަށް އައިއެމްޑީސީ އަށް އެޕޮއިންޓުމަންޓް ހަދާފައި އޮތުމުން ވިހެއުމުގެ އެއް ދުވަސް ކުރިން ނަޒާހަތު އެޑްމިޓުވި ކަމަށެވެ. އަދި މައްސަލައެއް ދިމާވެގެން ވިހަން އޮތް ދުވަހުގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު، ކުއްޖާގެ ހާލު ގޯސްކަމުން އެ ކުއްޖާ ފޮނުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭގެ ފަހުން އަންހެންމީހާ ވެސް ފޮނުވީ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި އެކަމަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް މެމްބަރު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ، ނަޒާހަތު ވިހޭ އައިއެމްޑީސީއަކީ މީގެ ކުރިން ވެސް ވިހެއުމަށް ގިނަ ބަޔަކު ދާ ތަނެއް ކަމަށެވެ. އަދި ނިޔާވި އަންހެން މީހާގެ އާއިލާ އިން ވެސް މި މައްސަލަ އިތުރަށް ގެންދަން ބޭނުން ނުވާތީ އެ މަރާ ގުޅުވައިގެން ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށް ކައުންސިލު މެމްބަރު ވިދާޅުވި އެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް އަންނަނީ ބަލަމުންނެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު "މިހާރު" އަށް މިއަދު ވިދާޅުވީ، ނިޔާވި އަންހެންމީހަގެ ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވިހެއިއްސުރެ ފަރުވާދެމުން އަންނަނީ ކުޑަކުދިންނަށް ހާއްސަ އެންއައިސީޔޫގައި ކަަމަށެވެ.
"އެ ކުއްޖާގެ ހާލަތު ވަރަށް ކްރިޓިކަލް،" ޔާސިރު ވިދާޅުވި އެވެ.
އައިއެމްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލް ކޮށްފައި ވަނިކޮށް، ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އައި ނަޒާހަތުގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އައިއެމްޑީސީން ބުނި ގޮތުގައި، ނަޒާހަތުގެ ހާލަތު ކުއްލިއަކަށް އިއްޔެ ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެކެވެ. އެހެންވެ އިމަޖެންސީގައި ވަގުތުން ފަރުވާދޭން ފެށި އެވެ. އެކަމަކު މާބަނޑު މީހާގެ އިމަޖެންސީ އޮޕަރޭޝަނުގައި ސަލާމަތް ކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް އައިއެމްޑީސީން ބުންޏެވެ.
އެކަމުގައި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ހޮސްޕިޓަލްގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 November 2025
ޤާނޫނުއަސާސީ ލާޒިމް ކުރާ އަސާސީ ޙިދުމަތްތައް މާލޭސަރުކާރުން އައްޑޫގައި "ނަމަކަށް" ޤާއިމް ކޮށްފައި ވިޔަސް އައްޑޫ ރައްޔިތުން މިތަނުން ލިބޭ ސިއްޙީ ހިދުމަތަށް އިތުބާރު ނުކުރާތީ އާންމުކޮށް ދަނީ އަމިއްލަ ކުލިނިކް ތަކަށް. ތަންކޮޅެއް ފުދުން ތެރި މީހުން "ރަނުގެ އަގުގައި މޯލްޑިވިއަނުން ޓިކެޓް ނަގައިގެން" ކ.މާލެ އިން ހިދުމަތް ހޯދަން އެރަށަށް ދަނީވެސް Addu Equatorial Hospital ރަނގަޅު ޑޮކްޓަރުން ނުތިބޭތީ އާއި ޑައިގްނޯސްޓް ވެސް ކުރެވޭނެ ގޮތް ނުހުންނާތީ.
އާދޭސް
25 November 2025
މިހާލަތުގަ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދިނުންވަރައް މުހިއްމު އަދި ހަމަ ނޫސްތަކުގަ މިކަމާ ގުޅޭޚަބަރުތައްވެސް އެބަޖެހޭ މަދުކުރަން އެކުޱަ ކުޱަ ކުއްޖާއަށް އަވަސް ޝިފާއަކަށްއެދި ދުއާކުރަން އަދި ހަމަ ދެފަރާތުގެ އާއިލާއަށް ކެއްތެރިކަން ދެއްވާދޭވެ.
ކޮމެންޓް ޖަހާލައްޗޭ
25 November 2025
މި ހާލަތުގައި އިތުރު އޮޕްްޝަންއެއް ނީންނާނެ. ހަމަ އެކަނި ކުރެވޭނެ ކަމަކީ ފީޓަސް ނެގުން. ފިޓު ޖެހިގެން ދޭނެ އިތުރު ފަރުވާއެއް ނޯވޭ. އަދި އެކުއްޖާއަކީ ކުރިން ފިޓް ޖެހިފައިވާ ކުއްޖަކަށް ނުވާތީ އެކަމަށް ބޭހެއް ދޭކަށް އޭގެ ކުރިއަކުން ނުވިސްނާނެ. އެހެނަސް މަންމަ ގެންދެވުނީ މާ ލަހުން އޭއީއެޗް އަށްް
އޮނަރަބްލް އަފީފު ދީދީ
25 November 2025
ސިޒޭރިއަން ހެދުމުގެތެރޭގައި ނިޔާވި އައްޑޫސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުގައި މަސައްކަތްކުރި އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ގެ މައްސަލަ ކުރިމަތިވީ ދާދިފަހުން ކޮޓަރީގައި ނިދާފައިތިއްބާ އެއްފަހަރާ މަރުވެގެން ދިޔަ އައްޑޫގެ ދެމަފިރިއެއްގެ މަރުގެ މަތިން އައްޑޫ މީހުން ހަދާން ނެތިގެން ނުދަނީސް. މިދެންނެވި ދެމަފިރިންވެސް މަރުވީ FENAKA އެގެއަށް ކަރަންޓް ގުޅާނުދީ އެތައް މަހެއް ވުމުން އަމިއްލަ ޖެނެރޭޓަރ ބޭނުން ކުރުމުގެ ސަބަބުން.
ކޮމެންޓް ނުޖެހިޔަސް މި ކަން ބަލާދޭތި. މިއީ ހަގީގަތް. ދޮގުނުކުރެވޭނެ.
25 November 2025
ހެޔޮނުވާނެ، އަައިއެމްޑީސީ ހޮސްޕިޓަލަކީ، އިމަޖެންސީ ފަރުވާދެވޭނެ އައިސީޔޫ އަދި އެންއައިސީޔޫ ހުރި ތަނެއް ނޫން. މިއީ ސީދާ އިހުމާލަކުން ހިނގި ހިތާމަވެރި ހާދިސާއެއް. ފިޓް ޖެހިގެން ޖަހަން ޖެހޭ އިންޖެކްޝަން އެއް ނެތް، އެ ހޯދަން ރިކުއެސްޓް ކުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިތާލަށް އެ ނުލިބި، ފިޓްޖެހިފައި ވަނިކޮށް، ސިޒޭރިއަން ހެދީ، ފުރަތަމަ ގެންދިޔައީ ދަރިފުޅު، އޭގެ ފަހުން ހޮސްޕިޓަލުން ސުވާލުކުރީމާ މައިމީހާ ގެނައިއިރު އޮތީ ނިޔާވެފައި،
ޙަސޭ
25 November 2025
ގަސްތުގަ އެއްވެސް ހޮސްޕިޓަލަކުން މީހަކު ނުއެއްމަރާނެ. ހޮސްޕިޓަލް ތަކަށް ދިޔައިމަ ދެވެންއޮތް ފަރުވާއެއްދޭނެ. ޙުރިހާ ފަރުވާއެއް ފުރިހަމވެފަ ހުރި ހޮސްޕިޓަލެއް ހުއްޓާ އަޅުގަޑުމެން ހުރިހާކަމެއް ފުރިހަމަ ނުވާތަނެއް ހިޔާރުކުރުން ރަގަޅެއްނޫން. މާބަނޑުމީހަކަށް ނޭގިހުއްޓާ ފިޓުޖެހުމަކީ ވެދާނެކަމެއް. ފިޓުޖެހިގެން ދެވޭފަރުވާއަކީ ހުރިހާފަހަރަކު %100 ކާމިޔާބު ކަމެއްނޫން. މައްޔިތާއަށް ހެޔޮދުއާކުރޭ. މާބަނޑު ވޭނުގަނިޔާވާމީހުނަކީވެސް ޝަހީދުން.