21 ސެޕްޓެމްބަރ 2022 - 13:38
ރަޝިޔާގެ ރިޒާވް ލަޝްކަރުގައި ހިމެނޭ ބައެއް ސިފައިން ހަނގުރާމައަށް ނުކުތުމުގެ ރިއާސީ ގަރާރެއްގައި، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ސޮއި ކުރައްވައި، އެ ގަރާރު ތަންފީޒުކުރުމަށް އަމުރު ކުރައްވައިފި އެވެ.
ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގައި ގިނަ އަދަދެއްގެ ހަތިޔާރު އެބަހުރި ކަމަށެވެ. މިއީ ބަޔަކަށް އޮޅުވައިލުމަށް މަކަރު ހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ރަޝިޔާ ސިފައިން ޔޫކްރޭންގައި މަސައްކަތް ކުރަމުން ދަނީ ދޮންބާސް ސަރަހައްދުގައި ތިބި "އަހަރެމެންގެ ރައްޔިތުން ހިމާޔަތްކުރުމަށް" ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޤައުމުގެ ސަރަޙައްދީ އެއްބައިވަންތަކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ރަޝިޔާއާއި އަޅުގަނޑުމެންގެ ރައްޔިތުން ދިފާޢުކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެން ބޭނުންކުރާނަން. މިއީ ސަމާސާ ވާހަކައެއް ނޫން.
ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި، ރަޝިޔާ އަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރާނެ ކަމަށެވެ.
"ނިއުކްލިއާ ހަތިޔާރުން އަހަރެމެން ބްލެކްމެއިލް ކުރަން އުޅޭ މީހުން ރަނގަޅަށް ދަންނަންޖެހޭނެ، ޖެހެމުންދާ ވައިރޯޅިވެސް އެމީހުންނާ ދިމާލަށް އެނބުރޭނެކަން،" ރައީސް ޕުޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ނިއުކްލިއާ ހަތިޔާރުގެ ބިރު ދައްކައިގެން ރަޝިޔާ ބްލެކްމެއިލް ކުރާށެވެ. އަދި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްހަވެރިކަން ގާއިމުވެފައި އޮތުމަށް ހުޅަނގުގެ ގައުމުތައް ނޭދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ެސް އޭނާ ވިދާޅުވި އެވެ.
ރިޒާވް ލަޝްކަރުގެ ސިފައިން ހަނގުރާމަ އަށް ނެރުމަށް ރައީސް ޕުޓިން ނިންމެވި އިރު، ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅާލުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، މި ހަފުތާގެ ތެރޭގައި ނެގުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަށް ތާއީދުކުރައްވައި ޕުޓިން ވިދާޅުވީ ދޮންބާސް ސަރަހައްދުގެ މީހުން، ނާޒީންގެ މުށުތެރޭގައި ތިބެން ބޭނުންނުވާ ކަމަށާއި އެމީހުންގެ އެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.
ރައީސް ޕުޓިންގެ ތަގުރީރު ނިމުމާއެކު، ރަޝިޔާގެ ދިފާއީ ވަޒީރުގެ ތަގުރީރެއް ވެސް ރަޝިޔާ ޓީވީން މިއަދު ވަނީ ދައްކައިފަ އެވެ. ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ ރިޒާވް ލަޝްކަރުގެ ތެރެއިން، ޔޫކްރޭނަށް ފޮނުވާނީ އަސްކަރީ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށެވެ. އެ ގޮތުން ތިން ލައްކަ ރިޒާވް ސިފައިން ޔޫކްރޭނަށް ފޮނުވުމަށްޓަކައި ޚިދުމަތަށް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމަ އަށް ފޮނުވުމަށް ރައީސް ޕުޓިން މި ނިންމެވީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދިން ހަތިޔާރުތައް ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، ހިފާފައިވާ ބިންތަކުން ރަޝިޔާ ސިފައިން ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައި ވަނިކޮށެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން، ރަޝިޔާއާ ބައިވެރިވެ ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް ވޯޓުލުން އޮންނާނީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓުލުން އޮންނާނެ އެވެ.
މިހާތަނަށް ހަމަޖެހިފައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުން ފެށޭނީ މިއަންނަ ހުކުރު ދުވަހު އެވެ. އެ ސަރަހައްދުތަކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް، ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ދާނެ އެވެ.
ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅައިލުމުގެ ވޯޓެއް ނެގުމަށް ރަޝިޔާ އިން ނިންމުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން މިހާރު އަންނަނީ އެކަން ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ބުނި ގޮތުގައި އެފަދަ ސައްހަ ނޫން ވޯޓެއްގެ ނަތީޖާ އެ ދެގައުމުން ގަބޫލެއް ނުކުރާނެ އެވެ. ނޭޓޯ އިން ބުނީ އެފަދަ ވޯޓެއް ރޭވުމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ގޯސްވުން ނޫން ކަމެއް ހާސިލު ނުވާނެ ކަމަށެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސަރަހައްދު ފޭރިގަތުމަށް ނަގާ ވޯޓެއް އެމެރިކާ އިން ބަލައިނުގަންނާނެ ކަމަށެވެ. އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އިން ބުނީ، ގާނޫނުތަކާ ޚިލާފަށް، އިސްތިއުމާރީ ބާރަކުން ނަގާ ވޯޓެއްގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށެވެ.
ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއްގައި، މި ހަފުތާގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަސްދުކުރާކަން އިއުލާންކުރީ، އެ ސަރަހައްދުތަކަށް ރަޝިޔާ ސަރުކާރުން ކަނޑައަޅާފައިވާ އިސް އޮފިޝަލުންނެވެ. އެ އޮފިޝަލުންނަކީ ޔޫކްރޭންގެ ރައްޔިތުން ކަމަށް ވިޔަސް، އެމީހުން މަސައްކަތް ކުރަނީ ރަޝިޔާ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ނިންމުމާ ދެކޮޅު ހަދަމުން ދާތީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެ ގައުމުތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އދ.ގެ އާންމު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޑިއޯ ލިންކް މެދުވެރިކޮށް، ރައީސް ޒެލެންސްކީ ދެއްވާ ތަގުރީރުގައި، ރަޝިޔާގެ އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. މީގެ ކުރިން 2014 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ ތެރޭގައި އޮންނަ ކްރީމިއާ ސަރަހައްދު ހިފައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެ ހަނގުރާމަ އަށް ފަހު، ކްރީމިއާ ސަރަހައްދު ރަޝިޔާއާ ގުޅައިލުމާ ބެހޭ ގޮތުން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ.
އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން، ކްރީމިއާ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުންވީ، ޔޫކްރޭނުން ވަކިވެ ރަޝިޔާގެ ވެރިކަމުގެ ދަށުގައި އެ ސަރަހައްދު އޮތުމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުމޫ
22 September 2022
ރަޝިއާ ތާލިބާނުންނަށް އެޑްވާންސް ހަނތިރާއި އިންޓަލިޖެންސް ފޯރުކުރިނަމަ އެމަރިކާ އާއި ކޯލިޝަން ނޭޓޯ ބައިވެގެން ވެސް މެޅެންޖެހޭނީ އެމަރިކާ އާއި ނޭޓޯ އިނދަޖެހިގެން މަރަށް ތެޅުންނޫންކަމެއްނެތް އެކަމަކު ތާލިބާނުން އަތު ޔޫކްރެއިން އަތައްދޭފެންވަރު ހަނތިޔާރެއް ނެތް އެކަމަކުވެސް ބައްޔެއްނުވޭ
ރަދީފްއޮފިޝަލް
22 September 2022
ސާބަހޭ @ވަޒީރު ބްރޯ.ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.އާއިލީ ކަންކަމުގެ ބިޒީވީމަ ކޮމެންޓް ކުރުމަށް ވަގުތު ނުވޭ.އަދި ރަނގަޅުވާނެ. ވ.ވެދުން
ސަރޭ
22 September 2022
އާއިލީ ކަންކަމުގަ ބިޒީވެގެނެއްނޫން، ޕުޓިން ލާރި ނުފޮނުވާތީ މިހާރު ޕުޓިންނާ ރުޅިހަދާލައިގެން ތިއުޅެނީ. ޕުޓިން ވ. ޥެދުން
ސަލީމު އިދުރީސް
22 September 2022
ރޫސީވިލާތް ސަތޭކަ އަރު ފަހަތައް ޖެހިދާނެ ފަދަ ކަމެއް ޕުޓިން ތިކުރަނީ ރިޒާވު ސިފައިން ނުތިބޭނެ ކުއްލިއަކާ ހަނގުރާމަޔަކައް ފުންމާލެވޭފަދަ ފޯމެއްގަ އެއީ ސަރުކާރައް ހިދުމަތް ކުރުމުގެ ގޮތުން ތަމުރީނު ހަދާފަތީބޭ މީހުން އަނެއްހެން އާދައިގެ ރައްޔިތުން!ތިކަން ތިގޮތައް ކުރުމުން ކިއަވައިގެން ތިބި އެތައް ބަޔެއް ގައުމު ދޫކޮއް ދިއުމުގެ ބިރުއޮތްކަމެއް!
ބީރުބޮލު ވަޒީރު.
21 September 2022
" ޔޫރަޕް (އޯއެސްސީއީ) އިން ބުނީ، ގާނޫނުތަކާ ޚިލާފަށް، އިސްތިއުމާރީ ބާރަކުން ނަގާ ވޯޓެއްގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށެވެ." ޔޫރަޕު މީހުން ޢަރަބިން މިކަހަލަ ވާހަކަދެއްކީމަ އަންނަނީ ހިނި. ގައުމުތައް އިސްތިޢުމާރުކޮށް ބޭނުގޮތަކަށްބަހާ އަޅު މަސައްކަތް ކުރުވި ބަޔަކު ދައްކަން ވަރަށްރީތި ވާހަކައެއް. އަދިވެސް ދުނިޔެ މިއުޅެނީ ޔޫރަޕުގެ އަޅުވެތިކަމުގަ. ޝާމްކަރައިގެ ބިންތައް ބަހާލާފަ އޮތްގޮތް މިސާލަކަށް ފުދޭނެ.
ލެއްގިކޮމިޝަނަރ
22 September 2022
ތިކަންކަމާ ބީރުބޮލުވަޒީރު ހިތްހަމަނުޖެހެންޏާ އެކަން ރަންގަޅުކުރަން ސަލާހުއްދީން އައްޔޫބީ ހެދިގެން ކަލޭ ދާންވީނުންދޯ؟ މިތާ ކޮމެންޓްކޮށް ފާޑުފާޑުގެ މޮޅެތި ވާހަކަތައް ލިޔުނަކަސް ކަންކަން ރަނގަޅެއްނުވާނެ.
ބފދރ
21 September 2022
ބްރޯ ހާދަ އަވަހަކަށް ބެންޗް ޓީމް ނެރެން ޖެހުނީ. ތިދާ ގޮތުން ހީވަނީ ރަށުން ބޭރުން ކުޅުންތެރިން ގެންނަން ޖެހޭނެ ހެން.
އަފްރާސިޔާބު
21 September 2022
މިހާރު ކުރެވެނީ ޔުކްރޭނާއެކު ކުރާ ހަނގުރާމައެއްނޫން. މުޅި ނޭޓޯގެ ލަޝްކަރާއި އަސްކަރީ ހަތިޔާރާއި އަދި ނުވިތާކަށް އެމެރިކާއާ ޔޫރަޕުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކިއުރިޓީ ފާމްތަކުގެ މީހުންވެސް ފުލް ހަތިޔާރާއެކު އެއޮތީ ޔުކްރޭނަށް ރަޝިޔާއާ ހަނގުރާމައަށް ޖަމާކޮށްފައި. މީގެ ތެރޭގައި ސައްދާމުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަކުރި ބްލަކްވޯޓަރގެ މެންބަރުންނާއި ސީރިއާގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ޔޫ.ކޭގެ ވައިޓް ހެލްމެޓްއާއި ނޫސްތައްވެސް ހަނގުރާމައިގާ
ބީރުބޮލު ވަޒީރު.
21 September 2022
އެމެރިކާގެ ބާރުގެ ދަށުގައި ދުނިޔޭގެ ވަރަށްގިނަ ޓެރަރިސްޓް ޖަމާޢަތްތައް އެބައޮތް. ރަސިއާ ހަލާކުކޮށްލުމަށް އެމެރިކާ އަދި ޔޫރަޕްގެ ބާރުތަކުން ޓެރަރިސްޓް ކުލީ ސިފައިން ޔޫކުރޭނަށް ގެނެސް ޖަމާކުރާނެ.. އާހިރުގާ ނިއުކްލިއަރ ހަމަލާއަކަށް ދިއުމަކީ ނުވުމަށްވުރެ ވުން ގާތްކަމެއް.
ލެއްގި ބަބުރުބޯ
22 September 2022
ނޭޓޯއިން ތިހަނގުރާމައިގެ ތެރެއަށް ސީދާގޮތުން ވަދެއްޖެޔާ 48ގަޑިއިރުތެރޭ ރަސިޔާގެ ދުވަސް ދުއްވާލާނެ. ނޭޓޯއާ އެމެރިކާއިން އަދިވެސް އުކުރޭނަށް އެދެނީ ކުރުރާސްތާގެ މިސައިލާ ހަތިޔާރު. އެމީހުނަށް އެބައިގޭ ރަސިޔާއަތަކު މާމޮޅު ހަތިޔާރުތަކެއް ނެތްކަންވެސް. ރަސިޔާއިން މިހަނގުރާމަ ކުރަނީ ކުލީސިފައިންގެ ގޮތުގަ އިރާނުމީހުނާ ޗެޗްނިޔާގެ ގެރިއްލާއިނާ ބޭނުން ކޮށްގެން. ހަތިޔާރުވެސއ ހޯދަނީ ނޯތުކޮރެއާ އިރާނުން.
ހަގީގަތަކީ މިއީ
21 September 2022
ރަމްޒާން ކަދިރޯވްދެކެ ޕުޓިން ވަރަށް ލޯބިވާކަން ދުނިޔޭގެ އެންމެނައްވެސް އިނގޭ ވަފާތެރި ލީޑަރުވަނީ އޭނާގެ ޗެޗްނިއާގެ މުސްލިމުންގެ ގޮރިއްލާ ލަޝްކަރުނެރެ ޔޫކްރެއިންގެ އެތެއްސަރަހައްދެއްހިފައިފައި.ކަދިރޯވްގެ ފައިޓަރުން ތިބި އެއްވެސް ތަނަކުން ޔޫކްރެއިންއަށް ބިމުން ކުރި ނުލިބޭ ޔޫކްރެއިންއަށް ކުރި ލިބެނީ ރަޝިއާ ސިފައިން ގެ ޔުނިޓު ތަކާއި ހަނގުރާމަކޮށްގެން އެކަނި
މުކްތީ
21 September 2022
ކަދިރޯވްގެ ފައިޓަރުންނަކީ ގޮރިއްލާ ތަޖުރިބާކާރުން ތާލިބާނުންނާ ހިޒްބުﷲ ގޮތައް މަރަކަށް ބިރެއް ގަންނަބައެއްނޫން މުސްލިމުންނަކީ ބިމުގެހަނގުރާމަގައި ކިހާ ބާރުގަދަ ބައެއްކަން ޕުޓިން ދަނޭ. އީރާންގެ ބާރުގަދަކަންވެސް ވަރަށް ރަގަނޅައް ރަޝިއާގެ އަސްކަރީ ޖެނަރަލުން ދަނޭ އައިއެސް ޖަމާޢަތައް ބިމުން ކޮށްލި ހާލު
އަފްރާސިޔާބު
21 September 2022
ކަދިރޯވް ބުނީ ހަނގުރާމައަށް މީހުންފޮނުވަންވާނީ އަތުލެވޭތަންތަން ބެލެހެއްޓޭ ވަރަށާއި އަދި ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކްގެ ކަންތައްވެސް ބެލެހެއްޓޭވަރަށްކަމަށް. ތިމަންނަ ކިތަންމެފަހަރަކު ބުނެފީމޭ އެކަށީގެންވާ އަދަދެއް ހަނގުރާމައިގެމައިދާނަށް ނުފޮނުވައި އަދި ދުޝްމަނުންގެ ހަނގުރާމައިގެ ކޮމާންޑް ސެންޓަރުތަކަށް ފުޅާދާއިރާއެއްގައި ހަމަލާނުދޭނަމަ ބޭކާރުމަސައްކަތެކޭކުރެވެނީ. އެކަމަކު ތިމަންނަ ޕުޓިންއަށް ފުލް އިތުބާރުކުރަމޭ. މީ ނޭޓޯއާއެކުކުރާހަގުރާމައެކޭ
ޒެލެންސްކީ
21 September 2022
ރަޝިޔާ ސިފައިން ހުސްނުވަނިސް ހަނގުރާމަ ހުއްޓާލުމަށް ޕުޓިން އަށް ދަންނަވަން..
ޖުހާ.
21 September 2022
ރަސިއާއަށް ވެސް ރަސިއާގެ ވަފާތެރި ބާރުތަކުން ސިފައިން ލިބޭނެ ދޯ؟ އެމެރިކާއަށް ކުލީ ސިފައިން ލިބެންޏާ ރަސިއާއަށްވެސް ލިބޭނެ. ހަނގުރާމައެއް ނުނިމޭނެ. އެމެރިކާ އާއި ޔޫރަޕުން އެތިބީ އަލިފާންގަޑަށް ދަރުއަޅަން.