ވައިޓް ހައުސްގައި ބޭއްވި އިވެންޓުގައި މިޝޭލް އޮބާމާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
07 ޖެނުއަރީ 2017 - 13:23
ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ފަސްޓް ލޭޑީއެއްގެ ގޮތުގައި ޚިދުމަތް ކުރުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށާއި އެ މަސައްކަތުގައި ރައްޔިތުން ފަޚުރުވެރި ކޮށްދެވުނު ކަމަށް އުއްމީދު ކުރައްވާ ކަމަށް މިޝޭލް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ބޭއްވި ވަދާއީ އިވެންޓެއްގައި ވާހަކަ ދައްކަވަމުން މިޝޭލް ވަނީ ޒުވާނުންނަށް ނަސޭހަތްތެރިވެފަ އެވެ. އެކަމަނާ ވަނީ ޒުވާނުން ކުރިމަގަށް ވިސްނާ ބިރު ކަނޑާލުމަށް ފަހު އަޒުމާއި ހިތްވަރާ އެކު ކުރާ ކަމަކަށް ފޯކަސް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އަމިއްލަ ނުފުސު ބާރުވެރި ކުރުވައި ތައުލީމު އުނގެނި އެ ތައުލީމުގެ މައްޗަށް ގައުމު ބިނާ ކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ވައިޓް ހައުސްގައި ބޭއްވި އިވެންޓުގައި މިޝޭލް އޮބާމާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
މިޝޭލް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މި އަހަރުގެ ސްކޫލް ކައުންސިލާ އޮފް ދި އިޔާ އިވެންޓުގަ އެވެ. މިއީ ލީޑަޝިޕް ހުނަރު ދައްކުވައިދީފައިވާ ހައި ސްކޫލް ކައުންސިލަރުންނަށް 2015 ވަނަ އަހަރު އެކަމަނާ ތައާރަފްކުރެއްވި ޕްރޮގްރާމެކެވެ. މިޝޭލް ވައިޓް ހައުސްގަައި ހޭދަ ކުރެއްވި މުއްދަތުގައި އެކަމަނާ ވަނީ ތައުލީމަށާއި ފިޓްނަސް ފުޅާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިފަ އެވެ.
ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދެ ދައުރަށް ފަހު އެމަނިކުފާނުގެ އާއިލާ ވައިޓްހައުސް އިން ނުކުމެވަޑައިގަންނަވާނީ މި މަހު 20 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރީފް
07 January 2017
ގުޑްލަކް
އެޕްރީޝިއޭޓެޑް
07 January 2017
ފަސްޓް ލޭޑީގެ މަގާމަކީ އެއީ ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށް މިޝޭލް ވިދާޅުވާއިރު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގެ ފަސްޓް ލޭޑީ ވެސް އެއީ މިރާއްޖޭގެ އެންމެ ޝަރަފުވެރި މަގާމެވެ. އެމަގާމް ގައި ފަސްޓް ލޭޑީ ހުންނަވައިގެން ނުކުޅެދޭ ކުދިންނަށް ވަމުން ދާ އެހީތަކަކީ އެއީ ފާހަގަ ކޮށް ދިވެހި އެންމެހާ ރައްޔިތުން އެކަމާއި ޝުކުރު ކުރަން ޖެހޭނެ ކަމެކެވެ.
ދޮންދީނި
07 January 2017
އަހަރެން ތި ކޮމެންޓަށް ރިޕްލައި ދޭން ބޭނުން...އެކަމަކު މަގޭ ސަލާމަތަށްޓަކައި ބުނަން ބޭނުންވާ ވާހަކަ ބުނެވޭކަށް ނެތް..ކޮންމެއަކަސް ދިވެހި ތާރީޚު ގައި އަދި މިހާތަނަށް އަދި ކުރިމަގުގައިވެސް އެ ފަދަ ފަސްޓް ލޭޑީ އެއް ދިވެހިންނަށް ލިބޭނެކަމާމެދު ހަމަ ޝައްކު...އުއްމީދަކީ ނުލިބުން..
ބަކުރު އެންޑް ޒުބޭރް
07 January 2017
ތީ ދެން ނުބުންޏަސް އިނގޭކަމެއް.