ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ސުޒެއިން އާއި ކުރީގެ އެސިސްޓެންޓް ކޯޗާ ދެމެދު ބަހުގެ ހަމަލާތަކެއް

ސިމާއޯ (ކ)، އަދި މިހާރުގެ އެސިސްޓެންޓް ކޯޗު ސުޒެއިން (ވ). މީސްމީޑިއާގައި ސިމާއޯ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާ މެދު ކުރި ޕޯސްޓަކަށް ކޮމެންޓު ކޮށް ސުޒެއިން ވަނީ ސިމާއޯ ރާއްޖޭގެ ގައުމީ ޓީމުގައި މަސައްކަތް ކުރީ އޭނާގެ ކޮން ކޮލިފިކޭޝަނެއް ހުރެގެންތޯ ސުވާލު އުފައްދާފައި.-- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަލީ ސުޒޭނާއި އެ މަގާމުން ދާދި ފަހުން ވަކިވި ސިމާއޯ ކޮސްޓާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ބަހުގެ ހަމަލާތަކެއް ފެށުނީ ސިމާއޯ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓަކަށް ކޮމެންޓު ކުރަމުން، ރާއްޖޭގެ ގައުމީ ޓީމުގައި އޭނާ އަދާކުރި މަގާމާއި އޭނާގެ ޒިންމާތަކަކީ ކޮބައިކަމާ މެދު ސުވާލު އުފައްދައި ސުޒެއިން ކުރި ކޮމެންޓަކާ ގުޅިގެންނެވެ.

މުސާރަ ނުދީގެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުން މި މަހުގެ ކުރީކޮޅު އިސްތިއުފާދިން ސިމާއޯ ޓީމާ ވަކިވުމަށް ފަހު ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ހިޔާލު ފާޅުކޮށްފަ އެވެ. އަދި ފާޅުކޮށްފައިވާ ހިޔާލުތަކަށް ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކޮށްފައި ވެސް ވެ އެވެ.

ރާއްޖޭން ބުރުނާއީ ބަލިކުރި މެޗަށް ފަހު ސިމާއޯ، ކުޅުންތެރިންނަށް މަރުހަބާ ކިޔައި ސިމާއޯ ކުރި ޕޯސްޓުގެ ސްކްރީންޝޮޓެއް. މޮޅު ވިޔަސް، ރޭންކިންގައި ރާއްޖެއަށް ވުރެ ފަހަތުގައި އުޅޭ ޓީމުތަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަކީ ޒުވާން ކުޅުންތެރިން ކުރިއަރުވަން އިހުތިޔާރުކުރުން އެންމެ ރަނގަޅު މިސްރާބު ނޫން ކަން އޭނާ ވަނީ ފާހަގަ ކޮށްފައި.

ރަހުމަތްތެރިކަމުގެ މެޗުތައް ރޭވުމުގައި ރާއްޖޭގެ ރޭންކިން އަށް ވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް މެޗުތައް ހަމަޖައްސަން އިސްކަން ދޭން ވާނެ ކަމަށް ބުނެ ސިމާއޯ ކުރި ޕޯސްޓަށް، ސުޒެއިން ކުރި ކޮމެންޓުގައި ވަނީ، ބައިނަލްއަގްވާމީ ފުޓުބޯޅައިގައި މަސައްކަތް ކުރާއިރު ސިމާއޯގެ ކޮލިފިކޭޝަނަކީ ކޮބައިތޯ އަހައި، ޓީމުގައި އޭނާގެ މަގާމާ މެދު ސުވާލު އުފައްދައިފަ އެވެ.

"ކޯޗުގެ ގޮތުގައި ހުރިންތަ؟ ނޫނީ ތިއީ ހަމައެކަނި ޓްރެއިނަރެއް އަދި ކޯޗު މޮރިއޭރޯގެ ތަރުޖަމާނުތަ؟ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި މަސައްކަތްކުރާއިރު ކޮލިފިކޭޝަނަކީ ކޮބާ؟ ވަރަށް އިހުތިރާމާ އެކު މި އަހަނީ އެއީ އަހަރެންނަށް އެނގޭ ގޮތުގައި ކޯޗުގެ ލަގަބާ އެކު ރާއްޖޭގައި މަސައްކަތް ކޮށްފައެއް ނުވޭ،" ކްލަބް ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ލިޔެފައި ވެ އެވެ.

"ކިތަންމެ ދިގު އިބާރާތުން އެއްޗެހި ލިޔުނަސް މައްސަލައެއް ނެތް. އެނގެން ބޭނުމީ ކޯޗު މޮރިއޭރޯގެ ޓްރެއިނަރެއްގެ ގޮތުގައި ރާއްޖޭގެ ސީނިއާ ޓީމުގައި މަދު ދުވަސްކޮޅަކު މަސައްކަތް ކުރުމުގެ އިތުރުން ކޮން މަސައްކަތެއްތޯ ކުރީ އަދި ކޮބާތޯ ޒިންމާތަކަކީ؟ އިންސްޓަގްރާމުގައި ރާއްޖޭގެ ރީތި ފޮޓޯތައް ހިއްސާކޮށް ޕްރޮމޯޓްކުރާތީ ވަރަށް ރަނގަޅު. ޝުކުރިއްޔާ."

ސިމާއޯގެ މަސައްކަތާ މެދު ސުވާލު އުފައްދައި ސުޒެއިން ކުރި ކޮމެންޓާއި ސިމާއޯ ދީފައިވާ ރައްދު (ކ). ގައުމީ ޓީމުން ރާއްޖެތެރޭ ޓީމުތަކާ ކުޅެ، ބުރުނާއީ އަދި ލާއޯސް ފަދަ، ރޭންކިންގައި ރާއްޖެއަށް ވުރެ އެތައް ގުނައެއް ފަހަތުގައި އޮތް ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ބަދަލުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ތަޖުރިބާ ބޭނުންވާކަން ސިމާއޯ ވަނީ އިތުރު ކޮމެންޓެއްގައި (ވ) ފާހަގަ ކޮށްފައި.

އޭގެ ޖަވާބުގައި ސިމާއޯ ބުނީ ސުޒޭން މިހާރުގެ ގައުމީ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ދިފާއު ކުރާ ދުވަސް ފެންނާނެ ކަމަށް މީގެ ކުރިން އުއްމީދު ނުކުރާ ކަމަށެވެ. ސުޒެއިން އަށް މޮރިއޭރޯ އިތުބާރު ނުކުރާ ކަމަށާއި، މިއަހަރު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ތެދުވުމާއި މެޗުގައި ކުޅުންތެރިންނާ ވާހަކަ ދައްކައި އިރުޝާދު ދިނުން ސުޒޭން އަށް މަނާކުރީ އެ ސަބަބާހުރެ ކަމަށް ސިމާއޯ ތުހުމަތުކޮށްފައިވެ އެވެ.

"ސީދާ ޕޮއިންޓަށް އަންނަމާ! އަހަރެމެންގެ ކުޅުންތެރިންނާ ވާހަކަ ދެއްކުމާއި، ބެންޗުން ތެދުވެ ކުޅުންތެރިންނަށް އިރުޝާދުދިނުން [ސުޒެއިން އަށް] ކޯޗު އޮތީ އުޒްބަކިސްތާން މެޗުގައި މަނާ ކޮށްފައި. އެއީ އޭނާ އަދިވެސް ސުޒޭން އަށް އިތުބާރު ނުކުރާތީ،" ޖަވާބުގައި ސިމާއޯ ލިޔުނެވެ.

"ރާއްޖޭގެ ފެޑެރޭޝަނުގައި އަހަރެންގެ މަގާމާ ގުޅޭ ގޮތުން ޖަވާބު ދޭނަމަ، އަހަރެންނަކީ ދެ ވަނަ ކޯޗު، އެއްބަސްވުމުގައި ސާފުކޮށް ބަޔާން ކޮށްފައި އެބަ އޮތް، އަހަރެން ވެސް އަހާލަން ބޭނުން ސުޒޭންގެ މަގާމަކީ ކޮބައިތޯ؟"

ސިމާއޯގެ ރައްދަށް ސުޒެއިން ދީފައިވާ ޖަވާބު.

ސިމާއޯގެ ޖަވާބަށް ރައްދު ދެމުން ސުޒެއިން ބުނީ، އޭނާ އެއްވެސް މީހަކު ދިފާއު ކުރަނީ ނުވަތަ އަމިއްލަ އަށް ޕްރޮމޯޓުވަނީ ނޫން ކަމަށާއި، ބޭނުންވީ ރާއްޖޭގައި މަސައްކަތް ކުރި އިރު ސިމާއޯގެ މަގާމާއި މަސައްކަތަކީ ކޮބައިކަން ދެނެގަންނަން ކަމަށެވެ.

"އަހަރެން ވަރަށް އިހުލާސްތެރިކަމާ އެކު މި މަސައްކަތް ކުރަނީ 1989 އިން ފެށިގެން ދިވެހި ފުޓްބޯޅައިގެ ތެރޭގައި، އެއްވެސް މީހަކަށް އަހަރެންގެ އަގު ވައްޓާލައި، އަހަރެން ހާސިލް ކުރި ކާމިޔާބީތައް ނިގުޅައި ނުގަނެވޭނެ، ކޮންމެ ހާލެއްގައި ވެސް އަހަރެން ދެމި ހުންނާނީ ރާއްޖޭގެ ފުޓުބޯޅައަށް ހިދުމަތް ކުރުމުގައި،" ސުޒެއިން ލިޔެފައި ވެ އެވެ.

"މިހާރު ހުރި ކޯޗު ރާއްޖޭގެ ކޯޗުންނަށް އިތުބާރު ކުރުމުގައި ދަތިތަކެއް ހުރެދާނެ. އެކަމާ އެއްބަސް. އަހަރެންނަށް ހީވަނީ މިއީ އޭނާ އޭޝިއާގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރު ހެން، އަދި އޭޝިއާގެ މީހުންނާއި ފުޓުބޯޅަ ދަސްކުރަނީ ކަމަށް ވެދާނެ. އިންސާނުން ވީމަ ނުދަންނަ ބަޔަކަށް އިތުބާރު ކުރަން ދަތިވާނެ، އެކަމަކު ރަނގަޅަށް މީހުން ދެނެގަނެވިއްޖެ ނަމަ އެ ތަފާތު ވެސް ފިލައިދާނެ. ތި ފަރާތުގެ ސްޓޭޓްމަންޓަކުން އަހަރެންގެ ސީވީގެ އެންމެ ބަހެއް އަދި އެންމެ މަސައްކަތެއް ވެސް ފޮހެވިގެން ނުދާނެ."

ސިމާއޯ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގެ ސްޓޯރީގައި ހިއްސާ ކޮށްފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓެއް.

ސުޒެއިންގެ ކޮމެންޓް މިހާރު ރިމޫވް ކޮށްފައި ވުމާ އެކު، ސިމާއޯ ވަނީ އޭނާއަށް ހާއްސަކޮށް އިތުރު ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ. އަދި މިއީ އެފްއޭއެމްގެ ފަރާތަކާ ގުޅޭގޮތުން އޭނާ ވާހަކަ ދައްކާނެ ފަހު ފަހަރު ކަމަށް މި ޕޯސްޓު ފަށަމުން ސިމާއޯ ލިޔެފައި ވެ އެވެ.

"އިއްޔެ އަހަރެންގެ ޕޯސްޓެއް ކުރުމާ އެކު، ރާއްޖޭގެ ފެޑެރޭޝަނުގައި މަސައްކަތް ކުރާ، އެ މީހަކަށް އަދި އޭނާގެ މަސައްކަތަށް އަހަރެން ވަރަށް އިހުތިރާމުކުރާ ފަރާތެއް ކަމަށްވާ އަލީ ސުޒެއިން އަހަރެންނާ ސުވާލު ކުރީ، ފެޑެރޭޝަނުގައި އަހަރެން ކުރި މަސައްކަތަކީ ކޮބައިތޯ. އަދި އެންމެންނަށް އަންގަން އުޅުނީ އަހަރެންނަކީ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ތަރުޖަމާނެއްކަން،" ކުރު ވީޑިއޯ ކޮޅަކާ އެކު ސިމާއޯ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓުގައި ވެ އެވެ.

"އޭނާގެ ނަޒަރުގައި ފާއިތުވި އަށް މަސް ދުވަހު ރާއްޖޭގެ ގައުމީ ޓީމުގައި އަހަރެންނަކީ ހަމައެކަނި ތަރުޖަމާނުކަން. ކޮންމެވެސް މީހަކު (އަހަރެންނަށް އެނގޭ ކާކުކަން) އޭނާއަށް އަމުރު ކުރީ އަހަރެންގެ މަގާމާއި ކޮލިފިކޭޝަން ހާމަކޮށްދޭން."

މި އަހަރު އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނޭ ހެޑްކޯޗު މޮރިއޭރޯ (ވ)، ސިމާއޯ ކޯޗުގެ ވާތްފަތާރުގައި. -- ފޮޓޯ: އެފްއޭއެމް

ލިޔުންކޮޅާ އެކު މިއަދު ހިއްސާކުރި ވީޑިއޯގައި އޭނާ ވަނީ، ސެޓްޕީސްތައް ދިފާއުކުރަން، ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރި ދުވަސްވަރުގެ ޓީމުން ގެންގުޅުނު ރޭވުމާއި، އޭނާ ދިއުމަށް ފަހު މިހާރު ގެންގުޅޭ ރޭވުމުގެ ތަފާތު ދައްކުވައިދީފަ އެވެ.

"މި ހުރިހާ ދުވަހަކު ސުޒެއިން ވެސް ހުރި. އެކަމަކު ފަހަރުގައި ވެދާނެ އަބަދު ފޮޓޯ ނަގަން އުޅުމުން ޓީމާ އެކު އަހަރެން ކުރި މަސައްކަތްތައް ސާފު ނުވެ އޮތީ ކަމަށް. ހެޑް ކޯޗުގެ އެދުމުގެ މަތިން ވަރަށް އިހުތިރާމާ އެކު އަބަދުވެސް އަހަރެން އުޅުނީ އޭނާގެ އިރުޝާދުތަކާ އެއްގޮތަށް އަހަރެންގެ ފުޓްބޯޅައިގެ ތަޖުރިބާ ހިއްސާކުރުމުގައި،" ސިމާއޯގެ ޕޯސްޓުގައި ވެ އެވެ.

"ސުޒެއިން އަށް އެނގޭނެ ޑިފެންސިވް ސެޓްޕީސްތަކަށް ޓީމު ތައްޔާރު ކުރުމަކީ އަހަރެންގެ ޒިންމާއެއް ކަން. އަހަރެމެން އަށް މަސް ވަންދެން އެއް މިސްރާބަކަށް މަސައްކަތް ކުރަމުން ގެންދިޔައިން. އެކަމަކު އިއްޔެގެ އެކުވެރިކަމުގެ މެޗުގެ ކުރިން، ކޮންމެވެސް މީހަކު ބޭނުން ވެގެން އެ ހުރިހާ ކަމެއް ބަދަލުކުރަން ނިންމުމުން ވަރަށް ހައިރާންވޭ."

ސިމާއޯ

ސިމާއޯ އިތުރަށް ބުނީ ގައުމީ ޓީމާ އެކު އޭނާގެ ދަތުރު ނިންމާލަން ޖެހުނަސް، ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އޭނާގެ ހިތުން އަބަދުވެސް ހާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ޓީމާ އެކު މަސައްކަތް ނިންމާލަން ޖެހުނީ ލިބެންޖެހޭ މުސާރަ ހޯދަން ފީފާ ގައި އެދިގެން ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ސިމާއޯ ވަނީ އޭނާ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު ދޫކޮށްލިކަން ހާމަކޮށް ކުރި ޕޯސްޓަށް ފަހު، އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ޓީމާ ގުޅޭގޮތުން ލިޔެފައިވާ ހުރިހާ ޕޯސްޓެއް ފޮހެލައިފަ އެވެ.

34 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 82%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިހާބޮޑުކަމެއް

24 September 2022

މިސާގާއިން ސިމާއޯއާއި ސުޒޭނުގެ ތަފާތު ވިސްނިއްޖެ. ސިމާއޯ ވަރަށް ޕްރޮފެޝަނަލް އަދި ފުޓްބޯޅައާއި ރާއްޖެދެކެ ލޯބިވާކަން ވެސް އެގިިއްޖެ.

The name is already taken The name is available. Register?

ބެލެނިވެރިން

24 September 2022

ޢެފް އޭ އެމް އިން އަހަރުންއަހަރައް ކޯޗުން ބަލަދު ކުރޭ ، ސުވާލަކީ ރާއްޖޭގެ ބާސްކެޓް ގެސުޕުން 35 އަހަރު ވީ ބަދަލެއް ނާންނާތީވެ ހަމަ އަޖައިބުވަން ،

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

24 September 2022

ސުޒޭންމެން ގަދަވާނީ އިހުގެ ޕީޓްރަލް ހޮޓަލުގަ.އެހެންތަންތާ ޖެހޭނީ ކުޑަކަކޫ ޖަހަން.ވ.ވެދުން

The name is already taken The name is available. Register?

ކަހުރަބު ޖިންނި

24 September 2022

ބަލަ މާދަން ނުކުމެ މީނަ އަންޗެލޮއްޓީ ނޫނީ ގާޑިއޯލާއާ ޓުވިޓަރުގަ ދިމާކޮށްގަތަސް އަހަރުމެން ހައިރާނެއް ނުވާނަމޭ. މިކަހަލަ މުރަނގަގަސްދޮށު މާލިމީން އުނދުޅި ނުކޮށްޕާނެ ތަނެއް ނޯންނާނެ. ވިކްޓަރީ ބެންޗުގަ ހުރެފެ އިމްރާނަށް ބޯޅަ ލިބުނީމަ "އިންމާ ބޮޑު އެއްޗެއް، ބޮޑު އެއްޗެއްލާ" މިއީ މީނަގެ ފުޓްބޯޅަ ޓެކްޓިކްސް. ކުރުކޮށް ބުނާނަމަ އަށްޑިހަ އަށްޑިހައިގެ މުންޑު ހޯދާ ޓެކްޓިކްސް އެއީ މީނަގެ ފުޓްބޯޅަ ފިލޯސަފީ

The name is already taken The name is available. Register?

ސިމާއޯ

23 September 2022

ސުނޭނު ކަހަލަ ސޮރެއް އުޅޭނެ މިތާ ކޮމެންޓްކުރަން. ކޮންމެވެސް އޮފިޝިއަލް އެކޯ ކިޔަނީ

The name is already taken The name is available. Register?

އަޝްހަދު ސައީދު - ދެއްވަދޫ

23 September 2022

ސުޒޭނުގެ ލަދުހަޔާތް ކޮބާ .... ދިވެހީން މިތިބީ އޭނާއަށް ދޭންޖެހޭ މުސާރަނުދޭތީ އަނގަހުޅުވާލަންވެސް ލަދުން ... މާލޭ ބޭފުޅުން ފުތުބޯޅަ ހަލާކޮއްފި

The name is already taken The name is available. Register?

އައްޗީޑި

25 September 2022

ޔުނިޓެޑްސުވައިންދީބު މިތާވެސް މާލޭ ބޭފުޅުންނޭ ކިޔަގެން އެއްޗެއް ނުބުނެ ނުހުރެވުނީ ދޯ؟

The name is already taken The name is available. Register?

ލުއްޗާ

23 September 2022

ނޯވަން އިޒް އެބޯވް ދި ލޯ އެކްސެޕްޓް ސުޒޭނު.

The name is already taken The name is available. Register?

ސާންޑޭ

23 September 2022

ސުޒޭނަކީ ފައްކާ މުރަނގަ ގަސްދޮށު މާލިމީއެއް ނުދަންނަ އެއްވެސް ކަމެއް ނީންނާނެ އަދި ދަންނަކަމެއްބެސް ނޯންނާނެ އަމިއްލައަށް މާމޮޅު ކޯޗަކަށް ހެދިގެން އުޅެނީ ވާކަމެއް ހަރާން ޓީމުގެ ކުޅުން ދަނީ ދަށަށް

The name is already taken The name is available. Register?

އޭޓީމް

23 September 2022

ސުޒޭނަކީ ހަމަ ސީދާ ބޮލެއް އޭނާ މަގާމުން ވަކިކޮށް ރަގަޅުމީހަކު އެތަނަށް ލާން ފެނޭ

The name is already taken The name is available. Register?

ސުޕަސިސް

23 September 2022

ސުޒޭނަކީ ކީއްކުރާ މީހެއްކަމެއްނޭގެ ރާއްޖޭގައި ވަރަށް ރަގަޅު ކޯޗުން ތިއްބާ ސުޒޭނަށް އެފްއޭއެމުން އެމަގާމު ދިނީ ކޮންމެވެސް ނުފޫޒަކުން ކަމަށް ބެލެވޭ އަސްލު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕާފޯމަންސް މިހާރު ވަރަށް ދަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454