ބޮލީވުޑް މަޝްހޫރު ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ފެނާންޑިސް
08 ޖެނުއަރީ 2017 - 06:26
ބޮލީވުޑްގެ މަޝްހޫރު ކޯރިއޯގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އަކީ ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެގޮތުން ލަވަކިޔުންތެރިޔާގެ ހަޔާތުގެ ވާހަކަ ފިލްމަކަށް ހެދުމުގެ ހުވަފެން ދެކޭ މީހުންގެ ތެރޭގައި ވެސް ރޭމޯ ހިމެނެ އެވެ. އެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ރޭމޯ މިހާރު އަޅައިފި އެވެ.
މައިކަލްގެ ބައޮޕިކް ނުވަތަ ހަޔާތާ ގުޅޭ ފިލްމެއް ތައްޔާރުކުރުމުގެ ރައިޓްސް ހޯދަން ރޭމޯ މިހާރު ވަނީ މައިކަލް ޖެކްސަންގެ އާއިލާއަށް މެއިލް ފޮނުވާފަ އެވެ.
ރޭމޯ ބުނީ މައިކަލް ޖެކްސަން އަކީ ދުނިޔެއަށް މަޝްހޫރު އަދި އެހާމެ މަގްބޫލު މީހެއް ކަމަށާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އެންމެންނަށް ކަހަލަ ގޮތަކަށް އޭނާ އެނގޭ ކަމަށެވެ.
"އަހަރެން ޔަގީނުން ވެސް އެމްޖޭގެ ބައޮޕިކްގެ އުފައްދާނަން. އަދި އަހަންނަކަށް އޭގެ ރައިޓްސް އެއް ނުލިބޭ. ރައިޓްސް އޮތީ ސޮނީ އާއި އެމްޖޭގެ އާއިލާގެ އަތުގައި، އަހަރެން މިހާރު ވާނީ މެއިލް ފޮނުވާފަ. އެކަމަކު އަދި ޖަވާބެއް ނުލިބޭ،" ރޭމޯ ބުންޏެވެ. ރޭމޯ ބުނި ގޮތުގައި މި ފިލްމު ވާނީ އޭނާގެ އިންޓަނޭޝަނަލް ޕްރޮޖެކްޓަކަށެވެ.
ރޭމޯ ބުނީ މައިކަލް ޖެކްސަންގެ ބައޮޕިކް އަކީ އޭނާގެ ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދޭނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ކުރެވިގެން ކަމަށެވެ.
ރޭމޯ ނޫނަސް ހޮލީވުޑްގެ ފިލްމު އުފައްދާ އެހެން ބައެއް މީހުން ވެސް މި ބައޮޕިކް އުފެއްދުމަށް ތިބީ އެދިއެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy