ގަން އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލަށް ބަޔަކު ވަންނަނީ.
23 ސެޕްޓެމްބަރ 2022 - 15:34
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮަށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ ދެ މީހުން ދޫކޮށްލިކަން "މިހާރު" ކަށަވަރުކޮށްދެއްވައިފަ އެވެ.
ބޮމެއް ކަމަށް ބުނީ އެ އެއާޕޯޓަށް ފުރަން ދިޔަ ދެ ފަސިންޖަރުންނެވެ. އެގޮތަށް ބުނުމުން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ކުރިން ވެސް މަޖަލަކަށް ހަދައިގެން ބޮމުގެ އިންޒާރު ދިނުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހިނގަ އެވެ. އެފަދަ މައްސަލަތަކުގައި މިހާތަނަށް ޖިނާއީ ދައުވާއެއް ނުކުރެ އެވެ. އެކަމަކު ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އެފަދަ ބިރުވެރިކަމެއް ފެތުރުމަކީ ވެސް ބޮޑު އަދަބު ލިބޭ ކުށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީ އަލީ
23 September 2022
އަބަދުވެސް މިކަހަލަ އޯވަރ މަޖާވެގެން އުޅޭނީ އައްޑޫ މީހުން، މިމީހުންނަށް ދެން އެއްވެސް ބައެއްނޫން ދެންތިބޭ މީހުންނަކީ
ހިޔަލު
24 September 2022
ބޭފުޅާ ހަމަތޯ... އެބަޔަކު އެހެން ބުނީވެސް ހަމަ އައްޑޫ ބަޔަކާ ދިމާލަށެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
23 September 2022
ސަމާލުކަންހޯދަން މިއަދު ކޮންމެއުމުރެެއްގެމީހެއްނަމަވެސް ހަމަ ކޮންމެފަދަކަމެއްވެސް ކޮށްފާނެ.
ސައްޙާފް
23 September 2022
ޢުމުރަށް ބަލާއިރު ކުރެވުނީ ހޭލުންތެރިކަން ނެތުމުން ކަމަށް ބެލިދާނެ. އެހެންނަމަވެސް ޖޫރިމާނާއެއްހާވަރުވެސް ނުކޮށް ދޫކޮށްލުމަކީ ވަރަށް ދެރަ ކަމެއް. ޤާނޫނުގެ ދިގުއަތަކީ ޖާޒުބީ އަދި ތަޢައްސުބު އެކުލެވޭ އަތެއްނޫނެވެ.