މެޗު ފެށުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ޓީމުގެ ކުޅުންތެރިންނާ ސަލާންކުރަށްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ސެޕްޓެމްބަރ 2022 - 23:07
ރާއްޖޭގައި މިރޭ ފެށި ދެކުނު އޭޝިއާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތުގައި، އެންމެ ފަހުގެ ރަނަރަފް ނޭޕާލް ބަލިކޮށް ރާއްޖެއިން އިތުބާރާއެކު މުބާރާތް ފަށައިފި އެވެ.
ރާއްޖެއިން މެޗު ކާމިޔާބު ކުރީ 51-47 ންނެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓްގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅެވެ.
ފުރަތަމަ ކުއާޓާ ފެށުނީން ސުރެ ރާއްޖެއިން ކުޅެމުން ދިޔައީ ހަލުވި ގޭމެކެވެ. އެހެން ކަމުން ކުއާޓާގެ ފަހުކޮޅަށް ދިޔައިރު ކުޅުންތެރިން ވަރުބަލި ވެފައިތަން ފެނުނެވެ. ވަރަށް ހަމަހަމަ ކޮށް ދިޔަ މެޗު ފުރަތަމަ ކުއާޓާގެ ފަހު ވަގުތު ރާއްޖެއަށް ފްރީ ތުރޯއެއް ލިބުނެވެ. އެކަމަކު އާމިނަތު ޝިއުރާ ފޮނުވާލި ފްރީ ތުރޯ ކާމިޔާބެއް ނުވި އެވެ.
ކުއާޓާގެ ފަހު ވަގުތުު ކޯޓުގެ މެދެއްހާ ހިސާބުގައި ހުރެ އާމިނަތު އިސްރާއު ވަނީ ދުރުން ބާރު ބޯޅައެއް އެއްލައި ރާއްޖެ އަށް ތިން ޕޮއިންޓް ސްކޯ ކޮށްދީ ދެ ޕޮއިންޓްގެ ލީޑެއް ނަގައިދީފަ އެވެ. ފުރަތަމަ ކުއާޓާގައި ނޭޕާލުގެ ކެޕްޓަން ޝުރެސްތާ ވަނީ އޭނާގެ ތަޖުރިބާ ބޭނުން ކޮށްގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ނޭޕާލަށް ގިނަ ޕޮއިންޓްތަކެއް ހޯދައި ދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.
ނޭޕާލާ ދެކޮޅަށް މިރޭ ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން: މެޗު ރާއްޖެއިން ކާމިޔާބު ކުރީ ފަހު ވަގަުތު ފަހަތުން އަރައި ނަތީޖާ ބަދަލު ކޮށްގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެވަނަ ކުއާޓާގެ ފުރަތަމަ ތިން މިނެޓް ނިމިގެން ދިޔަ އިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް ސްކޯއެއް ނުކުރެވުނެވެ. އެ ކުއާޓާގެ ފުރަތަމަ ޕޮއިންޓް ސްކޯ ރާއްޖެ އަށް ހޯދައި ދިނީ ޝިއުރާ އެވެ. ރާއްޖެ އަށް ލިބުނު ފްރީ ތުރޯ ރިޝްމާ ދެ ފަހަރު މަތިން ފޮނުވާލުމުން ވެސް ކާމިޔާބެއް ނުވި އެވެ. ދެވަނަ ފަހަރަށް ފޮނުވަލި ފްރީ ތުރޯ ހޫކްސްގައި ޖެހި ރީބައުންސް ވުމުން ބޯޅަ ހޯދައި ޝިއުރާ ވަނީ ދެވަނަ ކުއާތާގެ ފުރަތަމަ ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
އެ ކުއާޓާގައި ރާއްޖެއިން ގިނަ ހަމަލާތަކެއް ބާސްކެޓަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ގިނަ ބޯޅަތައް ބާސްކެޓްގެ އެތެރެއަށް ވައްޓައެއް ނުލެވުނެވެ. އެ ކުއާޓާ ރާއްޖެއިން ނިންމާލީ އެއް ޕޮއިންޓްގެ ލީޑަކާ އެކު 25-24 ންނެވެ.
ތިންވަނަ ކުއާޓާގައި ނޭޕާލުން ތަފާތު ދެއްކި އެވެ. އެ ކުއާޓާ އަކީ މުޅި މެޗުގައި ވެސް ނޭޕާލުން ލީޑްގައި އޮވެ ނިންމާލި ހަމަ އެކަނި ކުއާޓާ އެވެ. އެ ކުއާޓާ ނޭޕާލުން ނިންމާލީ 36-34 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ތިންވަނަ ކުއާޓާގައި ދިވެހި ޓީމުގެ އިސްރާއު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖެ ފަރަގު ކުޑަ ކޮށްދިނުމުގައި އޭނާ މުހިންމު ޕޮއިންޓްތަކެއް ސްކޯ ކުރި އެވެ. އެ ކުއާޓާގައި ރާއްޖޭގެ ފްރީ ތުރޯތައް ފޮނުވާލީ އޭނާ އިތުރު ޕޮއިންޓްތަކެއް ވެސް ރާއްޖެ އަށް ހޯދައިދިނެވެ.\
ރާއްޖޭގެ ރިޝްމާ ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ: އޭނާ ވަނީ ފަހަ ވަގުތު ތަޖުރިބާ ބޭނުން ކޮށްގެން ކުޅެފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަހު ކުއާޓާގައި ސޯޝަލް ސެންޓަރުގައި ހުރި އިލެކްޓޯރޯނިކް ސްކޯ ބޯޑުން ކަރަންޓް ކެނޑުމުން ކުއާޓާގެ ވަކި ހިސާބަކުން މެޗު މެދުކަނޑާލައި ފަސް މިނެޓަށް ހާއިރަށް ބްރޭކެއް ނެގި އެވެ. މެޗު ބްރޭކް ނެގުމުގެ ކުރިން ނޭޕާލުން ލީޑްގައި އޮތީ 40-36 ންނެވެ. ލިބުނު ބްރޭކުގައި ވަރު ބަލިވެފައި ތިބި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ރެސްޓް ކޮށްލަން ފުރުސަތު ލިބުނެވެ.
އެ ކުއާޓާގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ޝީއުރާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ޓީމާ ވަކިވާން ޖެހުނެވެ. އެކަމަކު އެ ވަގުތު ކޯޓގުގައި ތިބި ދިވެހި ކުޅުންތެރިން ވަނީ ހިތްވަރުކޮށް ނޭޕާލްގެ މައްޗަށް ލީޑް ނަގައިފަ އެވެ. ރާއްޖެ އަށް ލީޑް ނަގައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ރިޝްމާ އެވެ. އޭނާ ވަނީ އޭނާގެ ތަޖުރިބާ ބޭނުން ކޮށްގެން ގިނަ ޕޮއިންޓްތަކެއް ހޯދަން މަގުފަހި ކޮށްދީފަ އެވެ.
މާދަމާ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އާއި ބޫޓާން އެވެ. އެ މެޗު ވެސް ފަށާނީ 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެ ތިކި ޕީ
26 September 2022
އީސްޓް އޯ ވެސްޓް ސުޕުން އިޒް ދަ ބެސްޓް! ކެކެކެކެކެކެކެ. ހަަޖަމް ނުވެގެން އުޅޭ މީހުން ހާދަ ގިނައޭދޯ!ނަތީޖާ އެއޮތީ ނެރެފަ، މީ ސުޕުންގެ މޮޅުކަން! އެޑަމް ވަރެއް ނެޔް! ކުރިން ދުވަހަކު ނުދެކޭހާ ކާމިޔަބް ހޯދިއްޖެ!
ެއެޑަމް
26 September 2022
އަސްތާ! ނަޒީ، މުންދު އެންޑް އިއްބެގެ ޗަމްޗާސް ހަމަ ކޮމެންޓް ސެކްށަނުގަ ފޯރި މަރަނީ ދޯ! ތީ ކަލޭމެނަށްވާނެ ވަރަކީ، މޭ ކަރަ ކަރަ ތިބެސް ޖެހޭނީ! ހަހަހަހަހަހާ! ސާބަހޭ ސުޕުން!
ސުޕުން
26 September 2022
ތެންކްސް 4 ދަ ހޭޓް ބޭބްސް. މަނަމަވެސް ކަޑަވާނެ ކައޭމެންނަމަ. ދެން ލަލަލާ!!
ފޭންސް
26 September 2022
ނަތީޖާއަކީ ކުޅުންތެރިންގެ ހިތްވަރު. ސާބަސް ޕްލޭޔަޒް.
ޕޭންސް
26 September 2022
ކޯޗުންގެ އިރުޝާދާއި ކުޅުންތެރިންގެ ހިތްވަރު! ސާބަސް ސާބަސް!
މީހުން ބެ
26 September 2022
ޜަނަރަޕް ނޭޕާލް އާއެކު އަދި އެމް މެޗް ކުޅެލަބަލަ އޭރުން ފެންނާނެ ތިޔަ ސުޕުން ގެ ފެންވަރާއި ކުޅުން ތެރިން ގެ ފެންވަރު
ޥޭލްސް
26 September 2022
ދެން އޮތީ ލަންކާމެޗް ހުރިހާ ކުދިން ވެސް ޕޮކެޓްމަނީ އިން ލަންކާ ކޮންމެ ކުޅުން ތެރިޔަކައް އެ ލާރިކޮޅު ދީ ގެން މޮޅުވޭތޯ ބަލާ ، ދޯ އެޑަމް ، ތާ އަބަދައް ސުޕުން
ނަސޯރާ
26 September 2022
ދިވެހި ބާސްކެޓް ގަ އެންމެ ދެކެން ބޭނުންވާ ދުވަސް ސުޕުން ނުހުން ނާނެ ދުވަހެއް ، އެޑަމް ޙަޖަމް އިނޣޭ
ސަޕޯޓަރުން
26 September 2022
ތިޔަކަން އިންގުނިސް އިންޑީއާ އަދި ބަންގްލަދޭސް އައިނަމަ ، ސުޕުން ނައް ހުންނާނި މަމޮޅުވެވިފަ
ޢެމް ބީ އޭ
26 September 2022
މިފަހަރު ސާޖިދާ ޓީމައް ނުނަގާތަ ، އަޑުއެހިން ކުރީ ފަހަރު ގަ އަތްބެލިވާހަކާ
ބެލުންތެރިން
26 September 2022
ކޮން ފަހުރު ވެރިއެއް ރެފްރީން ތިބީ ގަނެލާފަ ނޭޕާލް ކުދިން ނައް މުޅިން ވެސް ފައުލް ދެއްކީ ، މެޗުން ރީތިކޮއް އިނގޭ
ދިއްދޫމީހާ
25 September 2022
ތިޔަ ހޯދީހަމަ އެއްވަނަ، ރަނަރ އަޕް ބަލިކުރާޓީމަށް ކިޔަނީ ޗެމްޕިއަން ޓީމް....ތިޔައީ މިހާރު ޗެމްޕިއަން