ޚަބަރު / ބަލިތައް

ބަރުދަން ހަމަނުވާތީ ޒާހިލްގެ އޮޕަރޭޝަން ލަސްވެއްޖެ

ޒާހިލް: އޭނާގެ ބަރުދަން އަނެއްކާވެސް ދަނީ ލުއިވަމުން.

ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރުކޮށް، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހިމް ޒާހިލްގެ ބަރުދަން ހަމަނުވެގެން އޮޕަރޭޝަން ކުރުން ލަސްވެފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

އިންފެކްޝަންގެ ސަބަބުން ނުކެވި، އަނަރޫފުވެފައިވާ ޒާހިލް 17، އަށް ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ މިހާރު ދެ މަސް ވެފައިވާއިރު، އޭނާގެ ބޭބެއަކު ބުނީ ޒާހިލްގެ ބަރުދަން މިދިޔަ މަހު ރަނގަޅަށް އިތުރުވަމުން އައި ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ބެލިއިރު، ބަރުދަން ލުއިވެފައިވާތީ އޮޕަރޭޝަން ކުރުން ލަސްކޮށްފައިވާ ކަމަށް ޒާހިލްގެ ބޭބެ ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލަދީ އާއިލާއިން މިދިޔަ މަހު ބުނެފައި ވަނީ ތިން ހަފުތާއެއްގެ ތެރޭގައި ޒާހިލްގެ އޮޕަރޭޝަން ކުރެވޭނެ ކަމަށެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ބަރުދަން ހަމައެއް ނުވި އެވެ.

ޒާހިލްގެ އޮޕަރޭޝަން ކުރެވެން އަންނަނީ އޭނާގެ ބަރުދަން މަދުވެގެން 20 ކިލޯ އަށް އަރައިގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިދިޔަ ނޮވެމްބަރުމަހު ޒާހިލް ތައިލެންޑަށް ގެންދިޔައިރު، ބަރުދަނުގައި ހުރީ 16 ކިލޯ އެވެ. އެ އަދަދު 18.5 އަށް އެރުމަށްފަހު މިދިޔަ ހަފުތާގައި ވަނީ 18.3 ކިލޯއަށް ލުއިވެފައި ކަމަށް ޒާހިލްގެ ބޭބެ ބުންޏެވެ.

ޒާހިލްގެ ބަލީގެ ހަގީގަތް އަހަރުތަކަކަށް ފަހު ދެނެގަނެވިފައިވާއިރު، އޭނާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ހަރު އެއްޗެއް ނުކެވުމެވެ. ޒާހިލް އަށް ކެވޭނެ ގޮތް ހެދުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ކުރަންޖެހެ އެވެ.

"ޑޮކްޓަރުން ބުނަނީ ޒާހިލްގެ އެތެރެހަށީގައި ވައިރަސް ހުރުމުގެ ސަބަބުންނޭ އެހެން ދިމާވަނީ. ޑޮކްޓަރުން ވެސް ވަރަށް އުއްމީދުކޮށްގެން ތިބީ ތިން ހަފުތާގެ ތެރޭގައި އޮޕަރޭޝަން ކުރެވޭނެ ކަމަށް. އެކަމަކު ބަރުދަން އިތުރުވެފައި ލުއިވެފައި މިހާރު ވަނީ،" ހދ. ނެއްލައިދު އަށް އުފަން ޒާހިލްގެ ބޭބެ ބުންޏެވެ.

ޒާހިލްގެ ބަރުދަން އިތުރުކުރަން ދެމުން އަންނަނީ ކިރެކެވެ. އެ ކިރުން ދުވާލެއްގެ މައްޗަށް 3000 ކެލޮރީސް ހަށިގަނޑަށް ލިބޭ ކަމަށް ޒާހިލްގެ ބޭބެ ބުންޏެވެ.

ފުރާވަރު އުމުރުގެ ކުދިންނަށް އެންމެ ގިނަ ވެގެން ވެސް ދުވާލަކަށް ބޭނުންވާނީ 2400-2800 ކެލޮރީސް ކަމަށްވާއިރު، އެ އަދަދު އަދި ވެސް އިތުރުކުރަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ޒާހިލްގެ އާއިލާ އިން ބުނެފައި ވަނީ އޮޕަރޭޝަނަށް ފަހު އޭނާ އަށް ކެވޭ ގޮތް ވެއްޖެ ނަމަ، ބަލި ފަސޭހަވީ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

މިދިޔަ ހަފުތަގައި ޒާހިލް ވަނީ ހަމުގެ ހާއްސަ ޑޮކްޓަރަކަށް ވެސް ދައްކައިފަ އެވެ. އޮޕަރޭޝަނަށް ފަހު ހަމުގެ ބައްޔަށް ވެސް ފަރުވާ ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޕިޒިއޮތެރަޕީ ވެސް އަންނަނީ ހަދަމުންނެވެ.

ބަނޑަށް ގުޅާފައިވާ ހޮޅީގެ ބަދަލުގައި، ކަރު ތެރެއިން އޭނާގެ ގޮހޮރަށް ހޮޅިއެއް ލައްވައިގެން ކާންދިނުމަށް ބެންކޮކް ހޮސްޕިޓަލުން މީގެ ކުރިން ވެސް އޮޕަރޭޝަނެއް ކުރި އެވެ. އެކަމަކު އެ އޮޕަރޭޝަނުގައި އޭނާގެ ގޮހޮރަށް ގުޅި ހޮޅި މާބޮޑަށް ހިމަވުމުން އޭގެ ބޭނުމެއް ނުހިފުނެވެ.

ޒާހިލް އަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވަންދެން ބެންކޮކްގައި މަޑުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ، އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ކުރިން ބުންޏެވެ.

އިންފެކްޝަންގެ އަސަރުކޮށްފައި ވަނީ ޒާހިލްގެ ފުއްޕާމެ އާއި ކާއެއްޗެހި ދަތުުރުކުރާ ހޮޅި އަށެވެ. އޭގެ ސަބަބުން އޭނާ އަށް އެއްގޮތަކަށް ވެސް ނުކެވެ އެވެ. ޒާހިލަށް މިދިޔަ އަހަރު ތަކުގައި ކާން ދެމުން އައީ ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަށް ފޮނުވައިގެންނެވެ.

- ޒާހިލް އަށް އެހީއެއް ދޭން ބޭނުން ނަމަ... އެކައުންޓް ނަންބަރު: 7730000089085 މުހައްމަދު ރަޝީދު، ފޯން: 7931608

1 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 95%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުނޯސް

07 January 2017

ހަވާ އެރުވުމާއި ދަބަސް ބެހުން ނުވަތަ ހިތާނު ކުރުން ފަދަ ކަންކަން ހުށްޓާލާފަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީދޭން ފަށާބަލަ.. ކިބުރުވެރިމާއި އެކު ބޮސީވެފަ އުޅުމުގެ ބަދަލަުގަ ، ހިތްދަތި ހާާލުގަ އުޅޭ ފަރާތްތަކަށް އެހީވެ އެމީހުންގެ ބޭޭނުންތައް ފުއްދާދޭން އުޅެބަލަ. އެއިރުން ދަރުމައާއި ސަވާބު ލިބޭޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454