އެޕްރީލް 20، 2022؛ ރަޝިޔާގައި އުފެއްދި، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ސަރްމަތު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އަޖުމަ ބެލުމުގެ ގޮތުން އުދުއްސައިލަނީ
26 ސެޕްޓެމްބަރ 2022 - 12:15
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، ކާރިސާއެއް ފަދަ ނަތީޖާތަކަކާ ރަޝިޔާ ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާ އިން އިންޒާރުކޮށްފި އެވެ.
އެމެރިކާ އިން މި މޭރުމުން މި އިންޒާރުކުރީ ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލެވިއްޖެ ނަމަ، ހުރިހާ ބާރެއް ބޭނުންކޮށްގެން ވެސް އެ ބިންތަކަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މިދިޔަ ހޮނިހިދު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. ލަވްރޯވް އެހެން ވިދާޅުވި އިރު، ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއްގައި މިހާރު އަންނަނީ، ރަޝިޔާއާ އެއްކޮށްލުމާ ބެހޭ ގޮތުން، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަމުންނެވެ.
ރަޝިޔާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން އެ ސަރަހައްދުތަކުގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާތައް ސާފުވުމާއެކު، އެ ސަރަހައްދުތައް ރަޝިޔާގެ ބައެއް ކަމުގައި ކަނޑައެޅުމާ ބެހޭ ގޮތުން، ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގާނެ އެވެ. ޔޫކްރޭންގެ ދެކުނުގައި އޮންނަ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން އިރުމަތީގެ ލުހާންސްކް އާއި ޑޮނެޓްސްކް، ރަޝިޔާގެ ބައެއްގެ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ފަހު، އެއިން ސަރަހައްދަކަށް ބަޔަކު ދޭ ކޮންމެ ހަމަލާއަކީ ވެސް، ރަޝިޔާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ރަޝިޔާ ސަރުކާރުން ބަލާނެ އެވެ.
ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފަހު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެމެރިކާ އިން ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އެމެރިކާ އިން ދޭ ރައްދު ހަމަލާގެ ސަބަބުން، މުސީބާތެއް ފަދަ ނަތީޖާތަކެއް ރަޝިޔާ އަށް ކުރިމަތިވާނެ ކަމަށް ވެސް އޭނާ އިންޒާރު ކުރެއްވި އެވެ.
"ރަޝިޔާ އިން މި ރޮނގު ހުރަސްކޮށްފި ނަމަ، އޭގެ ސަބަބުން މުސީބާތެއް ފަދަ ނަތީޖާތަކެއް ރަޝިޔާއަށް ކުރިމަތިވާނެ. އެމެރިކާ އިން ވަރަށް ހަރުކަށިކޮށް ރައްދު ދޭނެ،" އެމެރިކާގެ ޓީވީ ޗެނަލް އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޖެކް ސުލީވާން ވިދާޅުވި އެވެ.
ޔޫކްރޭން މައްސަލައިގައި އެމެރިކާ އިން މިހާތަނަށް ނުދޭ ފަދަ ވަރުގަދަ އިންޒާރެއް ރަޝިޔާ އިން ދިން އިރު، މިދިޔަ ބުދަ ދުވަހު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ގައުމަށް ލިބިގެންވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ވިޔަސް، އެ ގައުމުގެ ސަރަހައްދު ހިމާޔަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަޝިޔާ ސިފައިން ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިން މިހާރު ދެމުންދާ ރައްދު ހަމަލާތަކުގައި ވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އެދަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދީފައިވާ ޒަމާނީ ހަތިޔާރެވެ. އެހެންކަމުން، ޔޫކްރޭންގެ ބިންތަކެއް ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ބިންތައް މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނޭޓޯ އާއި ރަޝިޔާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށުމުގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 September 2022
ބަލަ މީތާ ލެއްގިކޮމިސަނަރާ ދެކޮޅައް ކޮމެންޓު ކުރާ މީހުނައްގޭތޯ ފޭކު ފައުލޫމާތުހޯދާ ދޮގުހަބަރުނަމަ ހަނގުރާމާގެ ހުރިހާކަމެއް ސީދާ ލެއްގި ކޮމިސަނަރު ބޫނިގޮތައް ނުދީއައީސްކަމެއް! ލެއްގި ކޮމިސަނަރު ފުތަރަމަވެސް ބުނީ ސޯވިއަޓުގެ ތަރިކާގެ ބާދަގަނޑާ އަދި އެޒަމާނުގެ ދަބަރު ސިކުނޑި ހުރި ޖެނެރަލުން ނައްތިކަންނުވާނޭ! ހަގީގަތް ގަބޫލު ކުރުމަކީ ރީތި ސިފަޔެއް
ބަބުލީ
28 September 2022
ވ.ރަނގަޅު ވާހަކައެއް..ހަޤީޤަތް ޤަބޫލުކުރުމަކީ ވ.ރީތި ސިފައެއް..އެކަމަކު މައްސަލައަކީ ސަލީމުބޭއަށްވެސް ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާފަދައިން ލޯބިވާ އެމެރިކާ ކުރާ ނުލަފާ ކަންތައް ނުފެންނާތީ..އެހެޔޮ އައިބު ފުންޏެއް ހުއްޓަސް.
ކަން
28 September 2022
ލަވްރޮވް ބަރާބާރު ތި ޔަހޫދީން އަކަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރާތި. މަ މެން ތިބެދާނަން ބަނޑަށްވެސް ތި އެމެރިކާ ފޫގަޅުވާލަން. ރޫސީ ރައްޔިތުން އަށް ގައުމީ ދުވަހުގެ ތަޙްނިޔާ އަރިސް ކުރަން. (:
ސިޑާނީ
28 September 2022
ލެއްގި ކޮމިޝަން ކަލޯ! ތިހާވަރަށް މުސްލިމުން ދުއްވާލައި، ދުނިޔޭގެ މޮނަޕޮލީ ނަގަން ކެނޑި ނެޅިމަސައްކަތް ކުރާ، ސީރިއާގެ ތެޔޮކޮޅާއި،އެތާގެ ރެފިއުޖީން ހައްދާ ގޮވާންކޮޅުންވެސް ވައްކަން ކުުރާ ވަގު އެމެރިކާގެ މަންދޫބުކަން ތިކުރަނީ، ކިހާވަރެއްގެ ލާރިކޮޅެއް ދީގެންތަ؟
ކަކުނިބޯ
27 September 2022
ޢެމެރިކާއަށް ކުޅެވޭނީ ކުޑަކުދިންނާ އަދި އެވެސް 10ވަރަކަށް އަހަރު ދަތިކުރުމުގެ ފިޔަވަޅުއަޅާ ބަނޑަށްޖައްސާފަ ޖާސޫސުކޮށް އެތަަންތަނުގެ ސިފައިންގެ ބޮޑެތިންގެތެރެއިން ބަޔަކަށް ފައިސާދޭންބުނެ އާހިރުގައި އެފައިސާވެސް ހަމަޔަށް ނުދޭމެ
ރަތް ރޮނގު މަގޭ ފައިވާން
27 September 2022
އެމެރިކާނުން ބޭނުންވަނީ މުޅި ދުނިޔޭގެ ވެރިކަން...އޮތިއްޔާ އޮތް ދިމާލަކަށް ބާރުފޯރުވައިގެން އުޅެން..މިމީހުން ރަތް ރޮނގޭ ކިޔާފަ އެހެން ޤައުމުތަކަށް ބިރު ދައްކާއިރު މިކަހަލަ ކިތަށް ރަތް ރޮނގު މިވެރިން ހުރަސްކޮށްފި..
ހަގުރާމަޔަކަށްތާއީދެއްނުކުރަން
27 September 2022
ބީރުބޮލު، އަފްރާސިޔާބު، ތާއީދުކުރަނީ އެއްވެސް ކަމަކާނުލާ މިނިވަން ގައުމަކަށް އަރައިގަނެ އެތަން ސުންނާފަތިކޮށް، މީހުންތައް މަރާ ރަސިޔާ އަށް ކަން މިތާހުރި ކޮމެންޓްތަކުން އެބަފެނޭ. އެކަމަކު މިގޮވަނީ އިންޑިޔާ އައުޓޭ. އަހަންނަށް ހީވަނީ މިގޮތައް ބޮޑެތި ގައުމުތަށް ކުދި ގައުމުތަކަށް އަރައިގަތުން އެއީ ރަގަޅުކަމެއްކަމަށް ދެކޭމީހުން މަޑުކޮއްލައިގެން ތިބެންވީހެން އިންޑިޔާއިން ރާއްޖެ ހިފާއިރު އިންޑިޔާއަށް ތާއީދުކޮށް ކޮމެންޓްކޮއްލަން.ގަމާރުންނަށް ވ. ވެދުން
ކޮމާންޑް
27 September 2022
ލެއްގި ކޮމިޝަނަރ ކޮމެންޓުކުރާއިރު ބުހުތާން ދޮގުނަހަދާތި ތީވަރަށް ދެރަ މައްސަލައެއް ކޮންހަބަރަކުން ކަލޭ އަޑުއެހީ ޓްރަމްޕު ބުންޏޭ އަމާޒަށް ބަޑިޖަހަންނޭގޭ ބަޔަކޯ އީރާނަކީ އަދި ރައްދުހަމަލާނޭރުވީ އެހެންވެގަނޯ؟ އަމިއްލައަށް ހަދައިގެން ދައްކާވާހަކަތިއީ އެމަރިކާގެ އެންމެބޮޑު އެޔާ ބޭހުގެ ޖެނަރަލް އަމިއްލައަށް އިއްތިފާގުވި އީރާނުގެ އެންމެ އާދައިގެ މިސައިލްތަކުގެ އެކިޔުރިސީ މޮޅުވާހަކަ ޓްރަމްޕު ރައްދުނުހިފީ ބިރުން
ބީރުބޮލު ވަޒީރު.
27 September 2022
ސާބަހޭ ކޮމާންޑަރު.. ލެއްގި ކޮމިސަނަރު ހަބަރު ހޯދަނީ ހުޅަނގުގެ ފީކުދާނުންތޯއްޗެ.
1206
26 September 2022
އެމެރިކާ ރައީސަށް ނުވެދުން އަދި ނުސަލާން އެމެރިކާ އަކީ މިހާރު ދުނިޔޭގައި އެއްވެސް އަގެއް ހުރި ބަޔެއް ނޫން. އެމެރިކާ ނުފޫޒު ދުނިޔޭން ނެތި ދިއުމަށް އެދި މާތް ﷲ ދުޢާ ކުރަން.
ކޮރަލް
26 September 2022
ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްގެން އެ ގައުމަކަށް ވެސް ކާމިޔާބެއް ނުލިބޭ އެވެ. އޭގެ ގެއްލުން ލިބޭނީ މުޅި ދުނިޔެ އަށެވެ.
ފަމާރު
26 September 2022
ހެހެ. އެމެރިކާ ވަރުގަދަ ހަމަލާއެއްދޭއިރު ރަޝިޔާ އެތަން ބަލަން އިންނާނެ. ދެއަތް ފުރަގަހަށްލައި ދެފައި ބޮނޑިކޮށްލައިގެން. ބޮޑުކަކޫ ހަދާލައިގެން.