ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި. ---ފޮޓޯ: އެމްޓީސީސީ
29 ސެޕްޓެމްބަރ 2022 - 20:26
ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ތާރުއަޅަން ވަނީ ހަމަޖެހިފަ އެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން 25،909 އަކަމީޓަރުގެ ސަރަހައްދުގައި ސަބްބޭސް ހަދައި، އޭޕީ ފަށަލަ އެޅުމާ އެކު ތާރު އެޅުން ހިމެނެ އެވެ.
މަގުމަތީ ނިޝާން ހަރުކުރުމާއި، 11،113.8 އަކަމީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ. އެއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ހޯރަފުށީގައި އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރުއޫ ވެސް ކުރިއަށް ގެންދެ އެވެ.
މިނިސްޓަރު އަސްލަމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އެ ރަށު ކައުންސިލްގެ ރައީސް އަދި މެންބަރުންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރުކުރާ
30 September 2022
ހޯރަފުއްޓަށް އެއާޕޯޓާއި މަގުތާރު އެޅުމާއި ކުރިހާ ކަމެއް އެއްއަހަރެއް ގައި ފަށާ ނިންމަނީ. ދެންހުރި ރަށް ރަށް ކޮބާ!!!!! ފަހުނބް ފަހުން ފަހުން.........................................................................
އޮނަރަބްލް އަފީފު ދީދީ
29 September 2022
ދެހާސް 23 ގައި އުފައްދާ ސަރުކާރަކީ މިހާރާއި ވޭތުވެދިޔަ 60 އަހަރު ގެންގުޅެމުން މިއަންނަ "އެއްރަށްދައުލަތް ސިޔާސަތު" ދޫކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުނަށްވެސް ޤައުމުގެ ތަނަވަސްކަމާއި ވަސީލަތް ބޭނުން ކުރުމުގެ ފުރިހަމަ ޙައްޤު ލިބޭނެ ސިޔާސަތެއް ގެންގުޅެ އިޤްތިސޯދީ ހަމަހަމަކަން ޤާއިމް ކޮށް އެކަންކަން ތަންފީޒުކުރާނެ އަދި ދައުލަތުގެ ބަޖޭޓް ރާއްޖޭގެ އުތުރާއި މާލެއާއިއެކު މެދުރާއްޖެތެ އަދި ދެކުނަށް ހަމަހަމައަށް ބަހާނެ ސަރުކާރަކަށް ހަދަން ހިގާ.
ކިރު ސައި
30 September 2022
ތިކަމުގައި ހުރިހާ އެންމެން އެއްވިސްނުމަކަށް އައިސް އަމަލީގޮތުން ހަރަކާތްތެރިވާންވީ. ނަސްލީތަފާތު ކުރުމާއި އަނިޔާވެރިކަން ނިންމަންވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
29 September 2022
ކ.އަތޮޅު މާލެ ނޫން ރަށްރަށަށް ދެނީ ބަށިކޯޓަކާއި ފުޓްސަލް ދަނޑެއްކަމަށް ރައްޔިތުން ގޮވާތީތޯ ސޯލީހް ކޮންމެ ދެރަށް ދޭތެރޭގައި އެއަރ ސްޓްރިޕް އަކާއި ކޮންމެރަށެއްގެ މަގެއްގައި (ދުވަހަކު 4 ފުރޮޅުލީ އުޅަނދެއް ނެތް ރަށުގައިވެސް ތާރުއަޅާފައި އެބަހުރި.) ތާރު ފަށަލައެއް އަޅާދެނީ. # ދަރުމަ ވާނެ. ތިކަންނުކޮށްނަމަވެސް ހަނިމާދުއާއި ގޭންއެއަރޕޯޓްގައި އަޅުވާފައިއޮތް "މަރުގެ ތަޅު" ނައްޓާލަދީ އުތުރާއި ދެކުނުގެ ރައްޔިތުނަށް އިޤްތިސޯދީހަރަކާތެއް ފެއްޓޭނެގޮތް ހަދާދީ.
އަހުމޭ
29 September 2022
ތާއީދު ނެތް ރަށްރަށައް ބޮޑެތި ކަންކަން