ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ ---ފޮޓޯ: އެމްޓީސީސީ
30 ސެޕްޓެމްބަރ 2022 - 06:12
މި ސަރުކާރުން އެކަނި ވެސް އެމްޓީސީސީ އަށް މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް މިހެން ވިދާޅުވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެމްޓީސީސީ އަށް އިތުބާރު ކުރައްވައި މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރުމަށް އިސްކަން ދެއްވާތީ ޝުކުރު އަދާކުރައްވަމުންނެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއު ލިބުނީ އަސްލަމްގެ ވަޒީރުކަމުގެ ދަށުގައި ކަމަށެވެ.
އާޒިމް ވިދާޅުވީ ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރީ މިނިސްޓަރު އަސްލަމް އެމްޓީސީސީއަށް ކުރައްވާ ބޮޑު އިތުބާރެއްގެ ސަބަބުން ކަމަށެވެ. އެހާ ގިނަ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރީ އެ އިތުބާރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓަރު އަސްލަމް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ
އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އެތައް ޒަމާނަކަށް ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަށް މިނިސްޓަރު އަސްލަމް އަބަދުވެސް ނަސޭހަތް ދެއްވަ އެވެ.
"އަޅުގަނޑުމެން އަސްލަމަށް ދޭން ބޭނުންވާ ޔަގީންކަމަކީ، ތިޔަ އެދިވަޑައިގަންނަވާހެން އެތައް ޒަމާނެއް ވަންދެން މި އިންފްރާސްޓްރަކްޗަ ބޭނުން ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރެއްގެ ހައިސިއްޔަތުން މިހާރު ވެސް 350 އަށް ވުރެ ގިނަ މަޝްރޫއު އަސްލަމްގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ކަމަށެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސީއީއޯ އާޒިމް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ
އާޒިމް ވަނީ ހޯރަފުށީ ރައްޔިތުން އެމްޓީސީސީއަށް ދޭ އެއްބާރުލުން ވެސް ފާހަގަކުރައްވާފަ އެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 71.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން 11 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އަންނަ ޑިސްމްބަރު މަހުގެ ކުރިން އެ މަގުތަކުގައި ތާރު އަޅާ ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންވަން
30 September 2022
މިސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް އެމްޓީ ސީސީ އަށް ދިނީމަ ދެން އަމިއްލަ ކުންފުނި ތަކަށް ކޯޗެއްތޯ ލިބޭނީ އެކުންފުނިތައް އުވާ ލަންވީތޯ ރއްޔިތުން ބިކަ ކުރަމުންދާތަން މިފެންނަނީ
ނަރުދ
30 September 2022
އެއީވެސް ތެދެއް. ތީ އަންނި ބަނގުރޫޓް ކޮށްލާފަ އޮއްވާ ޔާމީނު އާކޮށްދިން ޓޫލްއެއް. ރަނގަޅުކަމެއް ވާނީ ރަނގަޅު
ށކހދހ
01 October 2022
އަމިއްލަ ކުންފުނިތަކުން އެމްޓީސީސީ އާްއި އެއްކޮށް މަސައްކަތްކުރަންވީ
ހަސަން ކުރުކުރުސީ
30 September 2022
7 ބިލިޔަނަކީ ލައްކަ ލާރި. ވިހިތިރީސް މިލިޔަން އަދި ޖީބަށް ކަހާލިޔަސް މީޒަނަށް ގޮތެއްވެގެންނުދާނެ. ވަރަށް ރަނގަޅަށް ދުރުމި ބަހައްޓާ ނުބަލައިފިއްޔާ......... ރައްޔިތުންނަށްވެސް އެބައެނގޭތާ މިބުނާންއުޅޭ އެއްޗެއް.