ކުރީގެ މިނިސްޓަރު އަލީ ވަހީދު: އޭނާއަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް --- ފޮޓޯ/މިހާރު
05 އޮކްޓޯބަރ 2022 - 12:12
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި އަނބުރާ ފޮނުވާލީ އޭނާ މިދިޔަ އަހަރު އެ ކޯޓުގެ ހުއްދައާ އެކު ރާއްޖެއިން ބޭރަށް ވަޑައިގަތް ފަހުން އެނބުރި އައިސްފައި ނުވާތީ އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވިގެންނެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަތައް އަނބުރާ ފޮނުވާލީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން، އޭނާ ހާޒިރުވެއްޖެނަމަ އަލުން ދައުވާ ކުރެވޭ ގޮތަށް ކަމަށެވެ.
އެ މާއްދާއަކީ ދައުވާލިބޭ މީހާ ހާޒިރު ނުކުރެވިއްޖެ ނަމަ، އޭނާ ހާޒިރުކުރެވެން ދެން އެ މައްސަލަ އަނބުރާ ފޮނުވާލުމާބެހޭ މާއްދާ އެވެ. އެހެންވެ، އަލީ ވަހީދު ހާޒިރުކުރެވޭ ގޮތް ވެއްޖެނަމަ އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އަލީ ވަހީދު މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ވަޑައިގަތީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން ބޭސްފަރުވާއަށް ހަތަރު މަސް ދުވަހަށެވެ. އޭނާ ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏަސް، މިހާތަނަށް އެކަމެއް ނުކުރެ އެވެ.
އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ ވެސް އޭނާ އެ ކޯޓުގެ ޝަރީއަތަށް ހާޒިރު ނުވުމުންނެވެ.
އޭނާ ބޭރަށް ވަޑައިގަތީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށްފަހު ކަމަށްވާތީ، އަލީ ވަހީދު އެނބުރި ވަޑައިނުގަންނެވި މައްސަލާ ކޯޓުން ވަނީ އަޑުބަރޭއަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރޫސް
05 October 2022
ޕިސް. ތިއީ ދެން މާބޮޑުކަމެއްތަ؟ ތޮއްޑު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލު ކުރަނިކޮށް 2 ދުވަސްތެރޭ އަލީ ވަހީދު ގެނެސް ކޯޓުރޫމުގަ ބައިންދާނެކަން ޔަގީން. ތިހެން އިންޓަޕޯލާ ސީއައިއޭއާ އޭއްޗަކާ މީއްޗެއް މެދުވެރިކޮށް އަލީ ވަހީދު ގެންނަން އުޅުނަސް އެކަމެއް ނުވިއެންނު.
ސަސ
05 October 2022
ކާކަށް އޮޅުވާލަންތަ ތި ހުރިހާ ބޭކަރު ވާހަކައެއް ތިޔަ ދައްކަނީ. ތިކަމެއް ނުހިގާނެ.
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
05 October 2022
ރޯޔަލް ޔޮޓްކޭސްވެސް ހިންދާލީ ހަމަމިފަދަގޮތަކަށް. އަލީ ވަހީދުމެން ކަރާ ފަޅަނީ ހަމަ ފެޅޭތީ. އިބުރާހީމް ޖެހޭނީ ހަމަ ރޮއިރޮއިހުންނަން.