06 އޮކްޓޯބަރ 2022 - 11:59
ވިލާ މާޓު ފިހާރަތަކުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްފި އެވެ.
މިއީ، ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ގެނައި ބަދަލެކެވެ. ވިލާ މާޓު 1، 2 އަދި 3 ވެސް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ވިލާ މާޓުން ބުނި ގޮތުގައި އެ ފިހާރަ އަކީ ކަސްޓަމަރުންނަށް އެކި ބްރޭންޑުތަކުގެ ގިނަ ކާބޯތަކެތި ވިއްކަމުންދާ ފިހާރައެކެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑުތަކަށް ކޭޓާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފިހާރައިގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުން ކަމަށް ވެސް ބުންޏެވެ.
އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތަށް އެޕެއް ވަނީ ތައާރަފްކޮށްފަ އެވެ. ފިހާރައިން ލިބެން ހުރި ތަކެތީގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.
ވިލާ މާޓުން ކާބޯތަކެތީގެ އިތުރުން އެކި ކަހަލަ ކޮސްމެޓިކްސް އާއި ގެއަށް ބޭނުންވާ ތަކެތި ލިބެން ހުރެ އެވެ. ވިލާ މާޓުގެ ދެ ފިހާރަ މާލޭގައި ހުންނަ އިރު ތިން ވަނަ ފިހާރަ ހުންނަނީ ހުޅުމާލެ2 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެދިބިލެތް
06 October 2022
ވިލާމާރޓުން ހެފަރާތުން މާރުކޭޓު ގޮޅިތައް ހިންގަންވެސް ޙަވާލުވުން ރަނގަޅު 24 ގަޑިއިރުގެ ޚިދުމަތާއެކު. ޢަދި ކުރިޔަށް އޮތްތާގަ މާލެ ހުޅުމާލޭގެ ސައިހޮޓާތައް އިތުރުކޮށް ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް މިލިއަނުން ވިލާއިން ދައުލަތައް ދައްކަންހުރި ފައިސާ ހޯދަން. ވަރަށް ސަލާމް
ކުޗީ
06 October 2022
ކިއްލި އެއް ނުހުރޭ. ކިއްލި ފެކްޓަރޫ އަކާއި އެކު ތިފިހާރަތަކުން ކިއްލި ގަންނަން ލިބޭގޮތް ވީމަ ވިލާ ކުންފުނި ފުރިހަމަ ވާނީ ...
48343
06 October 2022
ކައިވަތެެއްވަރުތަނެއްގާ 24 ގަޑިއިރު ކޮންމެހެން ނުޖެހޭނެ ފިހާރަތައް ހުޅުވާފާބަހައްޓާކަށް. މިރާއްޖޭގާ ނޯންނާނެ 2 މިނެޓުން ފިހާރައަކަށް ނުދެވޭ ގެއެއް. ބޮޑެތިގައުމުތަކުގާ ހިނގާފާ ބައިގަޑިއިރުން ނޫނީ އެއްގަޑިއިރުން ފިހާރައަށްދެވޭ ޝަހަރުތައް އެބަހުރޭ. އެތަންތާ ރަނގަޅު 24/7 ފިހާރަ ހުޅުވަން.