ސިތީގެ ކޯޗު ގާޑިއޯލާ އާއި އެ ޓީމުގެ ސްޓައިކަރު ހާލަންޑް: ގާޑިއޯލާ ބުނީ
11 އޮކްޓޯބަރ 2022 - 12:59
މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑް އަކީ އޭނާގެ ކޯޗުކަމުގެ ދަށުން މަސައްކަތް ކުރި އެންމެ މޮޅު އެއް ސްޓައިކަރު ކަމަށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ސީޒަންގައި މިހާތަނަށް ސިޓީން ޕްރިމިއާ ލީގުގައި ޖެހި 33 ލަނޑުގެ ތެރެއިން 15 ލަނޑު ޖެހީ ހާލަންޑް އެވެ. އަދި އޭނާ ވަނީ ދެ ހެޓްރިކް ވެސް ހަދައިފަ އެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ފަސް ލަނޑު ޖެހި އެވެ.
"އަހަންނާއެކު މަސައްކަތް ކުރި ވަރަށް މޮޅު ވަރަށް ގިނަ ސްޓައިކަރު. އާލިން އަކީ އޭގެ ތެރެއިން އެކަކު. އޭނާ އަކީ އޭގެ ތެރެއިން އެންމެ މޮޅު ސްޓައިކަރު،' ޗެމްޕިއަންސް ލީގުގައި މިރޭ ޑެންމާކުގެ ކޯޕެންހޭގަން އާ ދެކޮޅަށް ނުކުތުމުގެ ކުރިން ގާޑީއޯލާ ބުންޏެވެ.
"އޭނާ ވަރަށް ފަސޭހައިން ކަންކަން ދެނެގަނޭ. ކުޅުންތެރިޔެއްގެ އިތުރުން ވެސް އޭނާ އަކީ ރަނގަޅު ޝަހުސިއްޔަތެއް ހުރި މީހެއް."
ގާޑިއޯލާ ބުނީ ހާލަންޑް އާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކަށް ވުރެ މިހާތަނަށް އޭނާ ޖަހައިފައިވާ ލަނޑުގެ އަދަދަށް ބެލިޔަސް އެކަން ހާމަވާ ކަމަށެވެ.
މިރޭ ކޯޕެންހޭގަން އާ ދެކޮޅަށް ކުޅޭ މެޗުގައި ހާލަންޑް ބޭނުން ނުކޮށް އޭނާ އަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ހިޔާލެއް ވެސް ގާޑިއޯލާ ގެންގުޅެ އެވެ. އޭނާ ބުނީ ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅުމުގެ ސަބަބުން ވަރުބަލިވެ އަނިޔާ ބިރު އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މެޗަށް ޓީމު ނެގުމުގެ ކުރިން ކުޅުންތެރިންނާ އަހަރެން ވާހަކަ ދައްކާނަން. އޭގެ އިތުރުން ޓީމުގެ މެޑިކަލް ޓީމާ ވެސް ވާހަކަ ދައްކާނަން، "އެކަމަކު އަހަރެމެންނަކަށް ނޯނާންނެ ކޯޕަންހޭގަން މެޗު ފަސާހަކޮށްލެވޭކަށް ވެސް " ގާޑިއޯލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
11 October 2022
ތިތަންމެ ގާޑޔާ ބިރުގަތަސް ވަގުތު ޖެހުނީމަ ބިނދޭނެ
އެމްބާޕޭ
11 October 2022
ޔުނައިޓެޑް މޮޅުނުވުމަކީ، ގާޑިއޯލާގެ މައްސަލައެއްނޫން