ޚަބަރު / އދ ހިއުމަން ރައިޓްސް ކައުންސިލް

ރާއްޖެއަކީ ކުޑަ ފިޔަފާޅިއެއް ޖަހައިގެން ބާކީ ވެފައިވާ ގައުމެއް ނޫންކަން ސާބިތު ކޮށްދީފި: ޝާހިދު

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެ އިން ތިން ވަނަ ފަހަރަށް ކާމިޔާބުކޮށް، ފޮރިން މިނިސްޓަރު ޝާހިދާއި ނިއު ޔޯކުގައި ތިއްބަވާ ދިވެހި ހާރިޖިއްޔާގެ އޮފިޝަލުން އދ. ގެ މައި މަރުކަޒުގައި މިއަދު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އިން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމުން ސާބިތުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަކީ ކުޑަފިޔަފާޅިއެއް ޖަހައިގެން ބާކީ ވެފައިވާ ގައުމެއް ނޫން ކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައިމަރުކަޒުގައި މިއަދު ބޭއްވި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ ހޯދި ބޮޑު ކާމިޔާބީއާ ގުޅޭ ގޮތުން "މިހާރު" އަށް ވަޒީރު ވިދާޅުވީ، ފެނިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތާއި ރާއްޖެ އިން އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ކުރާ މަސައްކަތްތައް ގައުމުތަކުން ބަލައިގަތް މަންޒަރު ކަމަށެވެ.

"އެ ކަންކަން ދުނިޔެ ގަބޫލު ކޮށްފި ކަމުގެ ސާފު ދަލީލެއް، ހެއްކެއް މިއަދު މި ފެނުނީ. މިއަދު ބައިނަލްއަގްވާމީ މައިދާނުން ފެންނަނީ ދިވެހިންނަށް ގަދަރު ކުރާ ތަން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މުޅި ދުނިޔެ ބަލައިގަންނަ ބައެއް ކަން،" އދ. ގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރައްވައި، ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ޝަރަފު ހޯއްދަވައި ދެއްވި ޝާހިދު ވިދާޅުވި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އިންތިހާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލި އެވެ. ރާއްޖެ އިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ. އެ އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ލިބުނީ 154 ވޯޓެވެ.

ބަހުގެ އިތުބާރު އޮތް ބަޔަކު ނުކުމެ މަސައްކަތް ފެށީމާ ވަރަށް ފަސޭހަވާނެ ކާމިޔާބު ކުރަން. އިންތިހާބަކަށް މަސައްކަތް ކުރާއިރު އަޅުގަނޑު ނުފޮރުލާނެ އެންމެ ގަލެއް ވެސް ނުބާއްވާނަން."--- ޝާހިދު

މި ކާމިޔާބާއެކު، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އިން ފުރާނީ 2023 އިން 2025 އަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މި ފަހަރުގެ އިންތިހާބު ވެސް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝާހިދު ވިދާޅުވިގޮތުގައި، "ހަރުދަނާ ސިޔާސަތުތައް ވިއްކަން ނުކުތީމާ މަސައްކަތް ލުއިވެ" އެވެ.

"ބަހުގެ އިތުބާރު އޮތް ބަޔަކު ނުކުމެ މަސައްކަތް ފެށީމާ ވަރަށް ފަސޭހަވާނެ ކާމިޔާބު ކުރަން. އިންތިހާބަކަށް މަސައްކަތް ކުރާއިރު އަޅުގަނޑު ނުފޮރުލާނެ އެންމެ ގަލެއް ވެސް ނުބާއްވާނަން. އެކަމަކު، އަޅުގަނޑުމެންނަކީ މިދިޔަ ދުވަސްތަކުގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ނަމޫނާ ބަޔަކަށް ވީމާ އިތުބާރު އޮތީ ވަރަށް ބޮޑުވެފައި،" އދ. ގެ މައި މަރުކަޒުގައި ހުންނަވައި، ފޯނުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ، އދ. ގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމު އޭނާ ފުރުއްވި ދުވަސްވަރު އެންމެ ފަހުން އޮތް "ހައި ލެވެލް ވީކް" ގައި އެންމެ ހަ ދުވަހުގެ ތެރޭގައި 101 ގައުމެއްގެ މަންދޫބުންނާ ބައްދަލު ކުރައްވައި ހިޔާލު ބަދަލު ކުރެއްވި ކަމަށެވެ.

މިއަދު ބައިނަލްއަގްވާމީ މައިދާނުން ފެންނަނީ ދިވެހިންނަށް ގަދަރު ކުރާ ތަން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މުޅި ދުނިޔެ ބަލައިގަންނަ ބައެއް ކަން،"--- ޝާހިދު

އެ ބައްދަލުވުންތަކުން ފާހަގަވި ކަމަކީ ޝާހިދު ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުޅުވިފައިވާ ހާރިޖީ ސިޔާސަތު ގައުމުތަކުން "މާ ބޮޑަށް ވެސް ބަލައިގެންފި" ކަމެވެ.

"އަޅުގަނޑުމެންނަށް ގައުމުތަކުން ކުރާ އިހުތިރާމް އަޅުގަނޑަށް މިދިޔަ ދުވަސްތަކުގައި ފެނުނީ. އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ އިން އިސްކަން ދޭނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ ހައްގު ނިގުޅައި ގަންނަ މައްސަލަ އާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

"އަދި ހިއުމަން ރައިޓްސް ކައުންސިލްގައ ކުދި ގައުމުތައް ތަމްސީލު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި އަޅުގަނޑުމެން ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކުރާނެ،" ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން 2011-2016 އާ ހަމައަށް ވެސް ރާއްޖެ އިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަ ކޮށްފަ އެވެ.

23 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމެރިކާ

12 October 2022

ނިކަން ކެރެންޏާ ކަޝްމީރުގެ މުސްލިމުންނަ ކުރާ އަނިޔާގެ ވާހަކަތަ ދައްކަބަލަ

The name is already taken The name is available. Register?

އެމްސް

12 October 2022

މިރާއްޖޭގެ މުސްލިމުންނަށް މިރާއްޖޭމީހުން ކަންކުރާގޮތުގެ ވާހަކަ ނުދައްކާ އަބަދު ގުދޯގުދޯ ގޮވީމަޔޯ؟

The name is already taken The name is available. Register?

އްމްމް

12 October 2022

އަމިއްލަ ގައުމުގައި ކުޑަކުދިންނާ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރެވޭވަރު އެއޮތީ އޯގަސްޓްމަހުގެ ތަފާސް ހިސާބުތަކުންވެސް ފެންނަން. އަދި އެއީ ރިޕޯޓްކޮށްފަ އޮތްވަރު. ރިޕޯޓްނުކުރާ ކަންކަން ގިނަވާނީ. އދ.އަށް އޮޅުވާލިއަސް މިހާރު އެމީހުންނަށް ނުފެންނާނެ މިގައުމުގެ ކަންކަމެއް. އެއީ މަޖްލިސް މެމްބަރުންވެސް އިދިކޮޅު ހަދާ އެބަ ލިވާތު ކަހަލަ ކަންކަމުގަ ބޮޑުއަދަބު ދޭން. އެހެންވީމަ ބޭނުންވާ ކަހަލަ ހައްގުތައް މާބޮޑަށް ހިމާޔަތްކުރެވިގެންދާތަން އެ ފެންނަނީ

The name is already taken The name is available. Register?

ފިޑެލް

12 October 2022

މާ ބޮޑު ޝަރަފެއް ލިބިގެންކަމަށް އުފާތިޔަ ކުރަނީ، ތިޔަ އދ ގެ "އިންސާފު" ވެރިކަމާއި ހަމަހަމަ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ! ޒަމާންވީ އިސްރާއީލު ފަލަސްތީނު މައްސަލައާ، ބަރު ހަތިޔާރު ހުއްޓޭ ކިޔާފައި ޢިރާގު ފުންޑާލުމާ، ލީބިޔާ ފުނޑާލުން ކަހަލަ ކަންކަން ބާއްވާށެވެ. 1995 ވަނަ އަހަރު 78 ދުވަސް ވަންދެން ނޭޓޯ އާއި ޔޫއެސްގެ 400 މަތިންދާ ބޯޓުން ސާބިޔަށް ބޮންއެޅިއިރު ތިޔަ އދ ކޮބާ؟ ހަމަ އެގޮތަށް ނޭޓޯ އާއި ޔޫއެސްގެ އަމިއްލަ ފައިދާއަށް ރަޝިޔާ އަށް ވުރެ ހާސް ގުނަ ބާރު ދަށް ޔުކުރޭންގެ ނިގުލަށް ފިތައިގެން ރަޝިޔާގެ ބަނޑުދަށުގައި ނުރައްކާތެރި ހަތިޔާރު ބަރިޖަހަން އުޅެން ފެށުމުން، އެކަން ނުކުރާނެ ކަމުގެ ޔަގީންކަން ރަޝިޔާއިން ދޭން ބުނެ އެކަން ނުކުރުމުން ރަޝިޔާ، ޔުކުރޭނާ ދެކޮޅަށް ހަނގުރާމަ ކުރާއިރު، ތިޔަ އދ ކޮބާ؟ ތިޔަ އދ އަކީ ގައުމެއްގެ ވެރިޔަކު ބުނިހެން ހަމަ "ކުޅު ޖަހާ ފީކުދާނެއް" ފަދަ ތަނެއް!

The name is already taken The name is available. Register?

އެމްސް

12 October 2022

އދ ވެސް އިތުރަށް ކުރިއަށް ދާން ބޭނުމިއްޔާ ރާއްޖޭގަ ކަންކަން ހިނގާގޮތުން ނަމުނާ ހޯދާ؟

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 October 2022

އަހަންނަފެނޭ ފޮރިންމިނިސްޓަރ އދއިން ގޮނޑިކޮޅެ މިގައުމަށް ގެންނަން..އޭރުން ދިގުމުއްދަތަކަށް އެނގޮޑިކޮޅުގަ މަނިކުފާނަށްއިދެވޭނެ..އޭރުން އަބަދުވެސްކިޔާނީ ޔޫއެންގެ ގޮނޑިކޮޅުގަ މަނިކުފާނު އިންނަވާހަކަ..އަބަދު މިގައުމުންބޭރުގަ ތިހެންއުޅުމަށް ކުރަމުންދާޙަރަދަށް ލުއިވެސްލިބޭނެއެއްނު..ޔޫއެންއިން ބާވެގެންނެރެ އުކާލާގޮނޑިވެސް ރަގަޅުވާނެ އާކޮއްލީމަ..އަދި ރައީސްއޮފީހަށްވެސް ޔޫއެންގެ ގޮނޑިކޮޅެ ރަގަޅުވާނެ..

The name is already taken The name is available. Register?

ހުސައިން 803

12 October 2022

މިޤައުމު ދުނިޔޭގެ ކުރިމަތީގައި ބާކީކޮށް ރީތިނަން ހަޑިކުރި ބަޔަކީ އެމްޑީޕީ. މިކަންކުރުމަށް ބޭނުންކުރި ހަތިޔާރަކީ އިންސާނީ ހައްގުތަކުގެ ވާހަކައާއި، ޑިމޮކްރަސީ، މިނިވަންކަން ނެތްވާހަކަ. އަދި އިގްތިސާތު ފުޑާލުމަށްޓަކައި ޓްއަރިޒަމް ބޯއިކަޓްކުރުމަށް ގޮވާލުންފަދަ ކަންކަންކުރި، އިންސާނީ ހައްގުވެސް މިއޮންނަނީ އެބަޔަކު ބޭނުންވާ ގޮތަކަށް. ބޮޑުއެތި ކުޑައެތިކާ އުސޫލުން. އީރާގް، އަފްއާނިސްތާން، ފަލަސްތީން ތަޅާސުންނާފަތި ކުރިއިރު ކޮބާ ތިބުނާ ހައްގެއް.

The name is already taken The name is available. Register?

އެމްސް

12 October 2022

މިޤައުމުގަ ދިވެހިން ބާކީކޮށް ދިވެހީންގެ ނަން ހަޑި ކުރީ ހަމަ ދިވެހީން! ކަން އެހެންވީ، މީހުން ގެންގުޅުން އެއީ ކޮންމެ މަސައްކަތެއްގަވެސް އެންމެ އުނދަގޫ ފަންނުކަން ނުވިސްނި، މެޝިންތަކެއް ގެންގުޅޭހެން އިންސާނުން/މުވައްޒަފުން ގެންގުޅެން ދިމާކުރުމުން! ދުވާލެއްގެ މައްޗަށް 12 ގަޑި އިރު މަސައްކަތް ކުރެވޭނީވެސް ހަމަ މަދުބަޔަކަށް، އަދި އެއަކީ ނަފްސާނީގޮތުން ދުޅަހެޔޮ ކަމަކަށްވެސް ނުވާނެ! މިޤައުމުގަ، ވަޒީފާގެ %90 ބިދޭސީންނަށް ވީމަ، އިޤްތިސާދު އުތުރިއަރާނީތޯ؟

The name is already taken The name is available. Register?

ބޮޑުމީހާ

12 October 2022

މިދައުރުގައި މިގައުމަށް ލިބުނު ހިލޭ އެހީ އަށް ބަލާލީމާ އިގޭނެ ދުނިޔެ ބަލައިގަތްވަރު. މިއަހަރު ބަޖެޓްގަ ޖެހި ހިލޭއެހީން ލިބުނީ އެންމެ 10 އިންސައްތަ! މަހަށް އޮތް ޑިއުޓީ ކަނޑައެއް ނުލެވުނު! ވިސާ ފަސޭހައިން ލިބެނީ މަޑަގަސްކަރަ، ހައިޓި، ހޮންޑިއުރާސްއަށް. މީ ދިވެހިން ދަންނަ ގައުމުތަކެއްވެސް ނޫން.

The name is already taken The name is available. Register?

އެމްސް

12 October 2022

ހިލޭއެހީއަށް ބަރޯސާނުވެ، ސަލާމްޖެހުމުން މިޤައުމުވެސް އަރަންވެއްޖެ! ސިންގަޕޫރަކީ މިޤައުމަށްވުރެ ހަގު ޤައުމެއް! 3 ވަނަ ދުނިޔެއިން 1 ވަނަ ދުނިޔެއަށް ދަތުރުކޮށްލަން އެމީހުން ނެގީ އެންމެ 19 އަހަރު! މިޤައުމުގެ ޢުމުރުން 57 އަހަރު ވީއިރު އަހަރަމެން އަދި މިއުޅެނީ އަމިއްލައަށް ކޮފީއެއްވެސް ގިރައިގެން ބޯނުލެވިގެން! ސިންގަޕޫރު ސިންގަޕޫރަކަށްވީ މީހުން ބިނާކޮށް އެމީހުންލައްވާ ޤައުމު ބިނާކޮށްގެން! ވަޒީފާތަކަށްވެސް ބިދޭސީންގެ ބަދަލުގަ ރަޢިއްޔަތުން އިސްކޮށްގެން!

The name is already taken The name is available. Register?

ނާގޯށި

12 October 2022

ކޮންއިރަކުތޯ؟ ދިވެއްސަކު ޖުމްލަކޮށް މުޅިދުނިޔޭގަ އުޅޭ ހުރިހާ އިންސާނުން ނަށް ހަމަހަމަ ކަމާ އިންސާފު ގާއިމު ކޮށްދިނުމަށް ވަކާލާތުކުރީ، އަބަދުވެސް އިވެނީ އެމީހަކު ރުހޭ ބަޔަކަށް އިންސާފު ނުލިބިގެން އުޅޭވާހަކަ،ނުރުހޭ ބަޔަކަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް އެވާހަކަ ނުދައްކާ، އަދި ގުދުރަތީ ބޮޑު މުސީބާތެއް ދިމާވިޔަށް އެހީ ވާތަނެއް ނުފެނޭ. ސަރުކާރުގެ ވުޒާރާތަކާ، ޖަމިއްޔާ ތަކުގެ އަމަލް ތައްވެސް ފެންނަނީ މިގޮތަށް.

The name is already taken The name is available. Register?

އެމްސް

12 October 2022

ހަމަހަމަ ކަމުގެ ވާހަކަ ދިވެހިން ދައްކަން ވާނީ ފުރަތަމަ ކަމަކަށް އަމިއްލައަށް ގައިން ތާހިރުވެގެން ތިބެ! މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލީމަ އެންމެ ގިނައިން ފެންނާނީ އޭސީ ދަށުގަ ފޯނާއި ކުޅެން ތިބި ބޮންދުން! ރަށުތެރެއަށް ވަދެލީމަ ފެންނާނީ ޔޫޓިއުބް ގަ، އެކިއެކި ކެފޭ/ފިހާރަތަކުގަ ތިބޭ ބޮންދުން! އެހެން ޤައުމުތަކުގަވެސް ބިދޭސީން އުޅޭ، އެކަމަކު އެއީ އެޤައުމުން ލިބެން ނެތް އެކިއެކި ސްކިލްޑް މީހުން! މީހުން ގެންގުޅެވޭނީ އެކަންވެސް ދަސްކޮށްގެން!

The name is already taken The name is available. Register?

ރޯޒަސް

12 October 2022

ބާކީއެއް ނުވާނެ އެމީހުން ބުނާގޮތް ހަދަންޏާ!! އެއީ މުޅި ސިސްޓަމް ސެޓް ކޮށްފައި އޮތްގޮތަކީ.. ރިލިޖަސް ފްރީޑަމްއާއި، ލިވާތު ކުރުމާ ދެކޮޅު ނެހެދުމާއި ހުޅަނގުން ހިންގާ ޖަރީމާތަކަށް ފުރަގަސް ދީފައި އެމީހުން ރުޅިއަންނަ އެހެން މީހުން ހިންގާ ޖަރީމާތަކަށް އިދިކޮޅަށް ވޯޓު ދޭން ބުނީމައި ޔެސް ސަރ ބުނަންޏާ ތިހުރިހާ ގޮނޑިއެއްވެސް ލިބޭނެ. އެއީ ކޮންމެހެން ރާއްޖޭގެ ކުޅަދާނަކަމަކުން ނޫން.. ކުޑަކަކޫ ޖެހަން ރެޑީވީމައި ދޭ ގޮނޑިއެއް.

The name is already taken The name is available. Register?

އެމްސް

12 October 2022

މިޤައުމުގެ ހުރިހާ ކަމެއްގެ މައްޗަށް ބިދޭސީން ސަވާރުވެއްޖެކަން އެއްވެސް މީހަކަށް ފާހަގަވޭތޯ؟ މިއަދު ބޮންދުންނާއި ނުލާ ދިވެހިންނަށް ނޭވާވެސް ނުލެވޭނެ ކަމަށް ދިވެހިން އަމިއްލައަށް އެބަ އިޢުތިރާފުވެސް ވޭ! ދިވެހިންގެ ނުކުޅެދުންތެރިކަން މިހިރީ ލަދުގަންނަންޖެހޭ މިންވަރަކު ނޫންބާ؟

The name is already taken The name is available. Register?

ށަވިޔަނި

12 October 2022

އިންސާނީ ހައްގަކީ ކޮބާ؟ ހުޅަނގުމީހުން ބުނާއެތިތަ؟ އެވެއްޖެއްޔާ ކުރިއެރުމެއްކަމަށް ނުބަލަން. 70 އަހަރަށްވުރެ ގިނައަހަރު ބަޔަކުމީހުން ބަޔަކު މަރައި ކަތިލައި ފަހުގެތާރީޚު ނުދެކޭވަރުގެ ބޮޑެތި އަނިޔާކުރާއިރު، ހަޑިމުޑުދާރު އަމަލުތައް ފަތުރާއިރު އެ ރޮނގުން ދާދިފަހުން އެހެން ބަޔަކު ހިނގަން ފަށާފައިވާއިރު އެމީހުނަށް ބަހެއްބުނާނެ އެކަކުވެސް ނެތް. އަނިޔާކުރާމީހުން އެކުރަނީ ހެޔޮކަންތައް.

The name is already taken The name is available. Register?

އެމްސް

12 October 2022

އެއްވެސް ޝަރީޢަތަކާއި ނުލާ، މީހުންގެ ލޭ ހުއްދަކޮށް، މަގުމަތިން މީހުން ޤަތުލުކުރަނީ ރާއްޖޭގަ ނޫންތޯ! ދުރަށް ވިސްނަން ވާނީ އަމިއްލަ ކަންކަން ރަގަނޅުކޮށްފަ ވަގުތު ބާކީ ވަންޏާ! ދިވެހިން ޣާފިލުކަންމަތީ ތިއްބާ މުޅި ޤައުމު ބޮންދުންގެ ސަހަރަކަށްވެ ނިމިއްޖެ!

The name is already taken The name is available. Register?

އެމްސް

12 October 2022

ރާއްޖެ ބާކީއެއް ނުވޭ، އެކަމަކު މިޤައުމުގައި ދިވެހިން ބާކީވެއްޖެ! ހުރިހާ ވަޒީފާއަކާއި ބޯހިޔާވަހިކަން ބިދޭސީންނަށްވެ ނިމިއްޖެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454