މިދިޔަ މަހު ބުރުނާއީގައި ގައުމީ ޓީމުން ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓި؛ ޕާކިސްތާންގައި މެޗު ކުޅެން ދާން ލިބުނު ދައުވަތު ގަބޫލު ނުކުރަން ގައުމީ ޓީމުން ވަނީ ނިންމާފަ --- ފައިލް ފޮޓޯ: އެފްއޭއެމް
12 އޮކްޓޯބަރ 2022 - 12:29
ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށައިފައިވާ ޕާކިސްތާންގެ ގައުމީ ޓީމުން، އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ރާއްޖެއިން ނިންމައިފި އެވެ.
ފަސް އަހަރު ތެރޭ ދެ ވަނަ ސަސްޕެންޝަނާ ކުރިމަތިވި ޕާކިސްތާންގެ ފުޓްބޯޅަސަސްޕެންޝަނުން އަރައިގަތީ އޯގަސްޓް މަހު އެވެ. އޭގެ ފަހުން އެ ގައުމުގެ ޓީމަކުން ފުރަތަމަ އިންޓަނޭޝަނަލް މެޗެއް ކުޅުނީ އެ ގައުމުގެ ގައުމީ އަންހެން ޓީމުން މިދިޔަ މަހު ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އެ ޓީމުން ވަނީ ރާއްޖޭގެ މައްޗަށް 7-0 ން މޮޅުވެފަ އެވެ.
ޕާކިސްތާންގެ ގައުމީ ފިރިހެން ޓީމުން އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް އަންނަ މަހު ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ނިންމިކަން، ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ދަ ނެޝަނަލް ނޫހުން ބުންޏެވެ.
"ރާއްޖޭގެ ޓީމުން ޕާކިސްތާނަށް ދަތުރު ނުކުރާނެ،" ނޯމަލައިޒޭޝަން ކޮމިޓީގެ އޮފިޝަލް ބުންޏެވެ.
ޕާކިސްތާނާއި ރާއްޖެ މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން: ޕާކިސްތާނުގައި އަންނަ މަހު އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެން ރާއްޖެ އަށް ދައުވަތު ދިން --- ފައިލް ފޮޓޯ: ގޯލް ނޭޕާލް
އޭނާ ބުނީ ރާއްޖެ ޓީމުން ދަތުރު ނުކުރުމުން ގައުމުން ބޭރަށް ޕާކިސްތާންގެ ޓީމު ފޮނުވައިގެން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޕާކިސްތާންގެ ޓީމުން ރާއްޖެ އަށް ދަތުރުކޮށް ރާއްޖޭގައި މެޗެއް ކުޅެފާނެތޯ އެ ނޫހުން ސުވާލު ކުރުމުން އޮފިޝަލް ބުނީ ގައުމުން ބޭރުގައި މެޗު ކުޅެން ޕާކިސްތާނަށް ވެސް ގިނަ ގުރުސަތުތަކެއް އެބަހުރި ކަމަށެވެ.
"ދިމާ ވެގެން މިއުޅެނީ ދަނޑުގެ މައްސަލައެއް ނޫން،" ޓީމުތައް ޕާކިސްތާނުގައި މެޗު ކުޅެން ބޭނުން ނުވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުންތޯ ސުވާލު ކުރުމުން އޮފިޝަލް ބުންޏެވެ.
"ކޮންމެ ގައުމަކުން ވެސް ބޭނުން ވަނީ އެ ގައުމެއްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެޗު ކުޅެން."
އޭނާ ބުނީ ދެކުނު އޭޝިއާގެ އެހެން ގައުމަކަށް ޕާކިސްތާންގެ ޓީމު ފޮނުވައިގެން މެޗު ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޕާކިސްތާނުގައި މެޗު ކުޅޭނަމަ ކުޅެން ޖެހޭނީ ޕަންޖާބުގަ އެވެ. އެއީ އެ ގައުމުގެ ގައުމީ ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ، މުހައްމަދު އަލީ ޖިނާހް ސްޕޯޓްސް ކޮމްޕްލެކްސް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ އެވެ.
ކްރިކެޓަށް މަޝްހޫރު ޕާކިސްތާންގައި، ކްރިކެޓް މެޗުތައް ކުޅެން ވެސް މީގެ ކުރިން އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ. ޕާކިސްތާންގެ ސާލަމަތީ ކަންކަމާ ހެދި އެހެން ގައުމުތަކުގެ ޓީމުތަކުން އެ ގައުމަށް ދަތުރު ކުރުން މަޑުޖައްސާލަފައި ވަނިކޮށް އިންގްލެންޑްގެ ކްރިކެޓް ޓީމުން ވަނީ ޕާކިސްތާނާ ދެކޮޅަށް އެ ގައުމުގެ ލާހޫރުގައި މެޗުތަކެއް ކުޅެފަ އެވެ. އަދި އަންނަ މަހު ދެކުނު އެފްރިކާގެ ކްރިކެޓް ޓިމުން ވެސް ޕާކިސްތާނަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ މަހު މެޗުތަކެއް ކުޅެން ރާއްޖޭގެ ޓީމަށް، ބައެއް އެހެން ގައުމުތަކުން ވެސް ދައުވަތު ދީފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު މުހައްމަދު
13 October 2022
މީ ޓެރަރިސްޓް ގައުމެއް
މީދޯ؟
16 October 2022
އަހަރެމެން މިތިބީ ދޯ؟
ބަލަ
13 October 2022
ރާއްޖެ ޓީމް ޕާކިސްތާނާއި އެގައްުމުގައި ކުޅުނަސް ބަލިވާނެ އެއީ ރާއްޖެއަކީ ޕްރެކްޓިސްކޮށް މާތައްޔާރީތަކެއް ވެގެންދާ ޓީމެއްނޫން. އަބަދުވެސް ބުނަނީ އިންޑިވިޖުއަލް ސްކީލްސް ރާއްޖެ މުޅިދުނިޔޭގެ ކުޅުންތެރިންނަށްވުރެވެސް މޯޅުކަމަށް އަދި އެނޫނޫނަސް ތިޔަ ބަންސާމު ތިޔަތަނުގައި ހުރެގެނެއް ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމުގެ ބަދަލުގައި ތިޔަ ދަނީ މުޅިންވެސް ދަށަށް
ރާއްޖެ
12 October 2022
މައި ސަރުކާރުން ހުއްދަ ނުލިބުނީދޯ؟
ކިހާބޮޑުކަމެއް
12 October 2022
ހިޔެއްނުވޭ، ތިއިން އެއްވެސް ދައުވަތެއް ގަބޫލުކުރާނެހެން. މުސާރަ ނުދެވި، ގައުމާއި، ސަޕޯޓަރުންނާއި، ޓީމްތަކުގެ ރުހުން ނެތް އެސޯސިއަޝަނަކަށް ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެ. ތިމެނޭޖްމަންޓްގެދަށުން ތިބެތިބެ ކުނިވެގެން ތި އެސޯސިއޭޝަން ނެތިގެންދާނީ
ޖުޖު
12 October 2022
އަހަރުމެންގެ އަމާޒަކީ އަންނަށް އަހަރު ކުރެއްދޫ ކަޕް ދިފާއު ކުރުން. ދެން ކަންމަތި ކަޕްތަ މިތާންގެ ކިންގުން ކުޅޭނެ. އިތުރު ކަމަކަށް ޝައުގެއް ނެތް ބްރޯ
ރަދީފްއޮފިޝަލް
12 October 2022
އިންޑިޔާ ބޭބެ ކޯފާވެދާނެ ކަމަށް ލަފާކުރެވޭތީވެ މެޗް ކެންސަލްކުރީ.ވ.ވެދުން
ހިބަރޭ
12 October 2022
އަލަށް ފުޓުބޯޅަ ކުޅޭ ގައުމަކާއެކީ ނޫނީ ނުކުޅޭތި. މިސަރަހައްދުގެ އެންމެ ބަލި ޓީމްތަކުންވެސް މިހާރު ރާއްޖެކޮޅަށް ލަނޑު ގޯންޏެއް އެބަ އޮއްސާލާ. ބަލިވެދާނެހެން ހީވާ ޓީމްތަކާ ނުކުޅުނީމަ ގައިމުވެސް ބައްޔެއްނުވާނެ. އެހެންވީމަ ތިހެދީ ހަމަ ރަނގަޅަށް.
ހާލިފޮޅި
12 October 2022
ޕާކިސްތާނު ހާލުގައި ޖެހުމުން އެމީހުންނަށް އެހީއެއްވާން ގައުމީ ފެންވަރުގަ ކެމްޕޭނެއް ހިންގަންވެސް މިގައުމު މިވަނީ ނުކުޅެދިފައި. ފަރުދީ ފެންވަރުން ކޮންމެވެސް ބަޔަކު އިސްނަގައިގެން އެކަންކުރީ. ފުޓުބޯޅަ މެޗެއްވެސް ޕާކިސްތާނުގައި ކުޅެލަން މިހާރު މިވަނީ ބޭނުން ނުވެފަ. މީ ދިވެހިންގެ ނިންމުމެއްނޫން. މީ އިންޑިއާ ރުއްސަންވެގެން ކުރާ ކަމެއް. މީދެން ބޮޑުވަރު. ސަރުކާރުވެސް މިވަރަށް ކުޑަކަކޫމައްޗަށް ތިރިވާކަށް ނުޖެހޭ.
އުމޭއްތަ
12 October 2022
ލޮލް. އިންޑިއާގެ އެޕްރޫވަލް ނުލިބުނީ ދެއްތޯ. މިނިވަން ދައުލަތެއް ވާ މިއޮތީ
ޒައިކް
12 October 2022
އެފުއޭއެމަކީ ސަރުކާރާ އިދިކޮޅު ބައެއް ޔާނު ޔާމީނުގެ ޕަޕެޓު ބަންސާމު ހިންގާ ވަކި ސަރުކާރެއް.. އެހެން ނޫނަސް އެތާނގެ އަމާންކަން ނެތުމުން އެއްވެސް ބަޔަކު ނުދޭ ކުޅޭކަށް.. ކޮންމެ ކަމެއް ސިޔާސީކޮށް މޮޅު ވާހަކަ ދައްކަން ނޫޅޭ..
ރާއްޖެ
12 October 2022
ޒައިކްއަށް. ޢަމާން ކަމެއް ނެތީމަތަ އިގިރޭސި ކްރިކެޓް ޓީމް މެޗް ކުޅެން ދިޔައީ؟