ޚަބަރު / ހިއުމަން ރައިޓްސް ކޮމިޝަން

އެޗްއާރުސީއެމްގެ ރިޕޯޓް؛ ގުރައިދޫ މަރުކަޒާ ގުޅޭގޮތުން އަނެއްކާވެސް އަޑުއަހަން އުނދަގޫ ވާހަކަތަކެއް!

މަރުކަޒުގެ މުވައްޒަފުން ބަލި މީހުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުން ދާ ކަމަށާއި ބައެއް ބަލި މީހުން، އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާކުރާ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވޭ.

މި އަހަރު ކުރީކޮޅު "މިހާރު"ގެ ނޫސްވެރިން ގުރައިދޫ މަރުކަޒަށް ކުރި ޒިޔާރަތުގައި އެ މަރުކަޒުން ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ އަންހެނަކާ ނޫސްވެރިޔަކު ވާހަކަދައްކަނީ: އެ މަރުކަޒުގެ ހާލަތު ވަރަށް ގޯސް ކަމަށް އެޗްއާރުސީއެމުންގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މި އަހަރުގެ ކުރީކޮޅުގައި ކުރި ޒިޔާރަތަށް ފަހު، އެކުލަވައިލި ތަފުސީލީ ރިޕޯޓުން އަނެއްކާވެސް އަޑުއަހަން އުނދަގޫ ވަރަށް ގިނަ ވާހަކަތަކެއް ހާމަވެއްޖެ އެވެ.

އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މި އަހަރުގެ މާޗު 6-8 އަށް ކުރި މޮނީޓަރިން ޒިޔާރަތަށް ފަހު އެކުލަވާލީ ރިޕޯޓް އާންމުކުރީ މިއަދެވެ. އެ ރިޕޯޓްގައި ބުނީ 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގަމުން އަންނަ ވަރަށް ގިނަ ކަންކަން އަދިވެސް ރަނގަޅު ނުކުރާ ކަމަށާއި އެ މަރުކަޒުގައި އަސާސީ ގިނަ ހިދުމަތްތައް ލިބެން ވެސް ނެތް ކަމަށެވެ.

އެފަދަ މަރުކަޒެއްގައި ލިބެން ހުންނަ ޖެހޭ އަސާސީ ކަންކަން ކަމަށްވާ ސައިކޭޓްރިސްޓެއްގެ ހިދުމަތާއި ތަފާތު އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި ބަލި މީހުންނަށް އަޅައިލާނެ ވަރަށް މުވައްޒަފުން ނެތް ކަމަށް ބުންޏެވެ. އަދި ބަލި މީހުންނަށް އެހީތެރިކަން ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް ނެތް ކަމަށް ރިޕޯޓުގައި ވެ އެވެ.

...އަސާސީ ހިދުމަތްތަކުގެ ގޮތުގައި ހިމެނޭ ނިދުމާއި ފާހާނާކުރުމާއި އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވުރެ ދައްކަން ފާހަގަކުރެވިފައިވެ އެވެ. -- އެޗްއާރުސީއެމް

"...އަސާސީ ހިދުމަތްތަކުގެ ގޮތުގައި ހިމެނޭ ނިދުމާއި ފާހާނާކުރުމާއި އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވުރެ ދައްކަން ފާހަގަކުރެވިފައިވެ އެވެ،" އެ ރިޕޯޓްގައިވެ އެވެ.

ގުރައިދޫ މަރުކަޒުން ބަލަހައްޓާ އުމުރުން ދުވަސްވީ އަންހެނުން ތިބޭ ވޯޑުގައި ދިރިއުޅޭ ބަޔަކު: އެ މަރުކަޒުގެ ބައެއް މުވައްޒަފުން ބަލި މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލާއިންސާނީ އަމަލުތަކާއި ޖިންސީ ގޯނާކުރުން

އެޗްއާރުސީއެމްގެ ހޯދުންތައް ދައްކާ ގޮތުން، ގުރައިދޫ މަރުކަޒުން ފަރުވާ ހޯދާ މީހުންނާ މެދު އެ ތަނުގެ ބައެއް މުވައްޒަފުން ނުވަތަ ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލުތައް ހިންގަ އެވެ. ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށާއި އެ މީހުންނާ މެދު އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާ ކަމަށް، އެ ތަން ހިންގުމުގައި އިސްކޮށް އުޅޭ މީހުންނާއި އެ މަރުކަޒުން ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ބަލި މީހުންނަށް ޖިންސީ ގޯނާކުރާ ބަލި މީހަކު މަރުކަޒުގައި އުޅޭކަމާއި އެ ބަލި މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމާ އަދި މި ބަލި މީހާގެ ވާހަކަ އޮފީހަށް ވެސް އަންގާފައިވާ ކަމަށް ކެއާވޯކަރުން މައުލޫމާތު ދީފައިވެ އެވެ. -- އެޗްއާރުސީއެމް

އެ މަރުކަޒުން ފަރުވާ ހޯދަމުން އަންނަ ބައެއް ބަލި މީހުން، އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާކަން، ބަލި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުންނާއި ކޮމިޝަނުން ވޯޑުތަކަށް ކުރި ޒިޔާރަތުގައި ފާހަގަވި ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

"ބަލި މީހުންނަށް ޖިންސީ ގޯނާކުރާ ބަލި މީހަކު މަރުކަޒުގައި އުޅޭ ކަމާއި އެ ބަލި މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމާއި އަދި މި ބަލި މީހާގެ ވާހަކަ އޮފީހަށް ވެސް އަންގާފައިވާ ކަމަށް ކެއާވޯކަރުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މި ކަމަށް އެކަށޭނެ ހައްލެއް ލިބިފައި ނުވާ ކަމަށް މުވައްޒަފުން ދީފައިވާ މައުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައި ވެ އެވެ،" ރިޕޯޓްގައިވެ އެވެ.

އެ މަރުކަޒުން ފަރުވާ ހޯދާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދުމަށް އައިޖީއެމްއެޗަށް ޖުލައި 2021 އިން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސިޓީ ފޮނުވިޔަސް، އެޕޮއިންޓްމަންޓް ލިބިފައިނުވާ ކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް އުޅޭ މީހުން ދީފައިވާ މައުލޫމާތުންނާއި ލިޔެކިއުންތައް ބެލިބެލުމުން ކޮމިޝަނަށް ފާހަގަވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނަފުސާނީ ފަރުވާ ރަނގަޅަށް ނުދެވޭއިރު، އެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނެތްތާ ވެސް ނުވަ އަހަރެއް ވެއްޖެ އެވެ.

އެ މަރުކަޒަށް މި އަހަރުގެ ޖޫންގެ ކުރިން ސައިކޭޓްރިސްޓެއް ނަގާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަން އަދިވެސް ހަމައެއް ނުޖެހެ އެވެ. އެކަމަކު، އެ މަގާމަށް ޑޮކްޓަރުން ހޯދަން އިއުލާން ވެސް ކުރި އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނީ ގުރައިދޫ މަރުކަޒަށް މި އަހަރު ކުރި ޒިޔާރަތުގައި ފާހަގަވި ކަންތައްތަކާ ގުޅިގެން އިސްލާހުކުރަން ޖެހޭ ހަ ކަމެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ގުރައިދޫ މަރުކަޒުން ބަލަހައްޓާ ނަފްސާނީ ބަލި މީހަކު ދެ އަތް މައްޗަށް ނަގައިގެން: އެ މަރުކަޒުގައި ނަފުސާނީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިސްލާހު ކުރަން ހުށަހެޅި ކަންތައްތައް:

1. ކެއާވޯކަރުންގެ މަސައްކަތްތަކާއި ބަލި މީހުންގެ ކަންތައްތައް ހުރި ނެތް ގޮތް ބެލުމަށް ގުރައިދޫ މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަނުގެ ސުޕަވައިޒަރުން ވޯޑުތަކަށް ގަވާއިދުން ޒިޔާރަތްކޮށް، ލިޔެކިއުމުން ބެލެހެއްޓުން.

2. މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެންޓި ޓޯޗާ ގާނޫނުގެ މައުލޫމާތު ހިމެނޭ ތަމްރީނުތައް ގަވާއިދުން ދީ، އެކަން ލިޔެކިޔުމުން ބެލެހެއްޓުން.

3. ގުރައިދޫ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވާނެ ނިޒާމެއް ހަމަޖައްސައި ފިޔަވަޅުތައް އަޅައި، ލިޔެކިއުމުން އެކަންކަން ބެލެހެއްޓުން.

4. ފަރުވާ ހޯދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓާ ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ގަވާއިދުން މޮނިޓާކޮށް ބެލެހެއްޓުން.

5. މަރުކަޒުގެ ސިއްހީ ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޝްވަރާއާ އެކު، ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ސިއްހީ އާލާތްތައް ހޯދުން.

6. ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ހިދުމަތް ދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް، ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.

އިސްލާހު ކުރަން ހުށަހެޅި ބައެއް ކަންކަން މިހާރު ފެށިގެން ރަނގަޅު ކުރަން އަންގާފައިވާއިރު، ބައެއް ކަންކަން ރަނގަޅުކުރަން ހަ މަހާއި އެއް އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1970 ގެ އަހަރުތަކުގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ. އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަ ކުރިޔަސް، އެ ތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

ގުރައިދޫ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރުވުމާ ހަމައަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. ނަފުސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.

އެ މަރުކަޒުގެ ޖާގަ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. އެޗްއާރުސީއެމްގެ ރިޕޯޓްގައި ވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ.

42 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 91%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަކީލާ

14 October 2022

2008ކުން ފެސިގެން އެޗޮއާރުސީއެމުން ރިޕޯޓު ލިޔެލިޔެ. ޤާނުނު މައްޗަށް ޤާނޫނު ހަދާގެން އަތައްފަޔައް ނުކަތާ ވަރަށް ބާރުދިނަސް ރިޕޯޓަކުން ނިންމާލީމާ މުސާރަ ހަލާލުވޭ އެބޭޅުންނައް ކަލޭނޭ

The name is already taken The name is available. Register?

ސިކުނޑި

13 October 2022

މަސްހުނި މޮޑެނީ ސައިބޯން! ރާއްޖޭގައި ހުރިހާ ކަމަކުންވެސް ފެންނަނީ މޮޑެފައި އޮންނަ މަސްހުނި ގަނޑެއް! ގަބޫލު ކުރަން ބޭނުން ނުވިޔަސް މިހާރު މައިބަފައިން ގޮވައިގެން އުޅެން ބޭނުންވާ ދަރީންނެއް ރާއްޖެއަކު ނެތް! ރާއްޖޭގެ ހުރިހާކަމެއް ބައްޓަން ކުރަމުން މިދަނީ ހުޅަނގުގެ ސަގާފަތާއެއް އެއްގޮތަށް! ތައުލީމާއި ތަރުބިއްޔަތާއި އިޤްތިސާދު ހުޅަނގަށް ދީލާލާފައި ބަހާއި އަދަބިއްޔާތާއި ދީނާއި ސަގާފަތުގައި ހިފަހައްޓައި ތިބެވުމަކީ މުސްތަހިއްލު ކަމެއް!

The name is already taken The name is available. Register?

ކައުންސެލަރު

13 October 2022

"އެ މަރުކަޒުގައި ނަފުސާނީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނި" ދެން ތިޔަކަންވެސް ކުރަންދާވީ ރައްޔިތުންތަ. ކަމާބެހޭ މީހުން މުސާރަކައިގެން ބަނޑުފަލަކޮށްގެން ތިބެނީ. ނުވަންޏާ ނުވާވާހަކަބުނެފާ ފޭބީމާ ނިމުނީނު. ސުލޯކަމާ ސުންޕާކަމުގެ އެއްވަނަ

The name is already taken The name is available. Register?

އެމްސް

13 October 2022

މިޤައުމުގަ ކުރާހާކަމެއް ކުރަނީ ބޮންދުން ނޫންބާ؟ ދިވެހިންނަށް އޮތީ ސައިކަލުތަކުގަ ގޮސް، ސްމާރޓް ފޯނުގަ ކޮފީގަ ތިބުން! ރަސްމީގަޑިއެއް އެހެން ގަޑިއެއް ނެތް! ރަގަނޅަށް އުޅޭ މަދުބަޔަކު ދުވާލަކު 12 ގަޑި އިރަަށްވުރެ ގިނައިން މަސައްކަތްވެސް އެބަކުރޭ! އެޗްއާރުސީއެމް އަދި މެންޓަލް ހެލްތާއި ބެހޭ އެއްވެސް ބަޔަކަށް މިކަން ފާހަގަވޭބާ؟

The name is already taken The name is available. Register?

ކަނބާ

13 October 2022

ނިކަން އިއުލާނުކުރާ މަގާމަކަށް ކުރިމަތިލައިގެން އެ މަރުކަޒަށް މުސާރަ ލިބޭގޮތަށް ނަމަވެސް ދޭބަލަ. ނޫނީ ކިޔަވައިގެން ހުރި މީހަކު ދޭތޯ ބާރެއް އަޅާލަބަލަ. ދާނެ މީހަކު ނުވެގެންނޫންތަ އެ އުޅެނީ. އަނެއްކާ އެތަނަށް ނުގެންދާ، ބަލި މީހުން ގިނަކަމުން އައިޖީއެމްއެޗް ކިއުލިސްޓު އެއުޅެބީ ދުއިސައްތައިން މަތީގަ. ދެން އެތަނަާް ނަފުސާނީ ޑޮކްޓަރެއް ގެންގޮސްފިޔާ ޚަބަރުގަ އޮންނާނީ ކިއުގަ ތިބި މީހުންގެ ހައްގުގެ ވާހަކަ.

The name is already taken The name is available. Register?

ކައުންސެލް

15 October 2022

ބަޖެޓް އިން ޙަރަދު ކުރަން ޖެހެނީ ކައުންސެލެރުން ބުނާ ކަންކަމަށް

The name is already taken The name is available. Register?

ބޭކާރު

13 October 2022

ނޫސްވެރިންވެސް އަސްލު ރާއްޖޭގައި އޮތް މައްސަލައިގެ ވާހަކައެއް ނުލިޔާނެ. ތިހުރިހާ ތަންތަނެއް ޖަލަށްވެގެން މިއުޅެނީ މިގައުމުގެ ރައްޔިތުންގެ އަތްމަތީގައި ގައުމުގެ މުއްސަނދިކަން ނެތިގެން. ގައުމުގައި އޮތްހައި ރިޒޯޓެއް އޮތީ ބޭރު ކުންފުނިތަކާއި ހައެއްކަ މަހުޖަނުންގެ އަތްމަތީގައި. އެމީހުންގެ އަޅުންގެ ގޮތުގައި ދިވެހިން ތިބޭތީ ވާގޮތެއް. އެހެން ނޫންނަމަ މިގައުމުގައި އުފަލުގައި އުޅެވޭވަރަށް ފައިސާއާއި ޑޮލަރު ހުންނާނެ.

The name is already taken The name is available. Register?

އެމްސް

13 October 2022

އަސްލުމައްސަލައަކީ ކޮބައިބާ؟ ވަޒީފާގެބާޒާރުގެ %90 އަކީ ބިދޭސީންނަށްވެގެން ދުވަހަކުވެސް ދިވެހިން ފުދުންތެރި ވެދާނެބާ؟ އެންމެބޮޑެތި ވިޔަފާރިތަކުންވެސް މިއަދު އެންމެ ބޮޑަށް ދައްކާ 1 ވާހަކައަކީ ވިޔަފާރިތައް ދަށްކަމުގެވާހަކަ! ބިދޭސީންނަށް ވަޒީފާދީގެން ދިވެހިންގެ އަތްމަތި ތަނަވަސްވެދާނެބާ؟ ދިވެހިންގެއަތްމަތީ އެނބުރޭފައިސާ މަދުވިވަރަކަށް ޢާއްމު ވިޔަފާރިތައް ދަށްވާނެކަން އިކޮނަމިކްސް ނުކިޔަވާހުރި މީހަކަށްވެސް އެނގެންވާނެ! މިޤައުމުގަ އޮތީ ސަލާމްޖެހުން!

The name is already taken The name is available. Register?

ޔެސް

13 October 2022

ވަޒީފާގެ ބާޒާރު ޔޫއޭއީ، ގަޠަރު ފަދަ ގައުމުތަކުގައި އޮތީ ކިހިނެތްތޯ އެމްސް ބަލާލިންތޯ؟ ބިދޭސީން މަދުތޯ ގެންދާ ފައިސާ މަދުތޯ. ރައްޔިތުން އުފަލުގައިތިބީ ކީއްވެތޯ؟ ވަޒީފާއަކީ ނޯކިރީ. ނޯކިރީ ކޮށްގެން ހަމަޖެހިލެވޭނީ ކޮންމެވެސް ވަރަކަށް. ވޯރާ ވިޔަފާރިވެރިން ތިބެގެން ރައްޔިތުންނަށް އުފަލެއް ލިބުނުތޯ؟ ބޭރު ކުންފުނިތަކުން މިގައުމުގައި މިކުރަނީ ވޯރާވިޔަފާރި. ހައެއްކަ މަހުޖަހުންވެގެން ރައްޔިތުން އަޅުވެތިކުރަނީ. އެއީ މިއަދުވެސް ދިވެހިން ތިބި ހާލަކީ.

The name is already taken The name is available. Register?

ގަމާރޭ

13 October 2022

ގަމާރުންނަށް މިވެގެން އުޅޭ ގޮތް ނޭނގޭނެ. ވަޒީފާ އަދާކޮށްގެން ލިބޭ ލާރިއަކުން ނޫން ގައުމުގައި ފައިސާ ހިފަހައްޓާނީ. ރައްޔިތުން މުއްސަނދިވާންވާނީ. ގައުމުގައި ފައިސާ ގިނަވާނީ ރައްޔިތުންގެ މުދަލުގެ ހަގީގީ މަންފާ ރައްޔިތުންގެ އަތްމައްޗަށް ލިބިގެން. ރިޒޯޓު ހިއްސާ ރައްޔިތުން ލިބިގެން. އޭރުން ރިޒޯޓަށް ލިބޭ ނަފާ ރައްޔިތުންގެ އަތުގައި ހުރެގެން އެފައިސާ ޚަރަދުކުރާނެ. ޑޮލަރުވެސް ގައުމުގައި ހުންނާނެ. ސަލާންޖަހާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ޙައްބޭ

13 October 2022

އަދިވެސް ރ މަޖިލީހަށް މެންބަރުން އިތުރުކުރޭ. ރައީސާއި ފ މިނިސްޓަރުގެ ދަތުރުތައް ގިނަކޮށް އަރިސް ކުންފުނިތަކަށް ބަދަލު ދިނުން މެކުހަށް ޖަހާ. ރާއްޖޭގެ ހުރިހާ މުއްސަނދިކަމެއް ބަނޑުދަށުލައިގެންތިބި ދެތިން ޢާއިލާއަށް ހުރިހާ ޓެކުހެއް މާފުކޮށްލާ. ރައްޔަތުން ފެލައިގެން ހޯދާ ފައިސާ ހިތުހުރިގޮތަކަށް މަޖާކޮށް ލުމަށް ހޭދަކޮށް 5 އަހަރު ނިންމާލާ

The name is already taken The name is available. Register?

އެމްސް

13 October 2022

ދިވެހިންގެ ގިނަބަޔަކު ވާނުވާގަ ތިބޭހާ ދުވަހަކު އެއްވެސް ކަމެއް ރަގަނޅެއް ނުވާނެ! މިޤައުމުގަ ތިބި ބައިމިލިޔަނެއްހާ ބިދޭސީން މައްޗަށް ކޮންމެ މަހަކުވެސް އެތައްސަތޭކަ މިލިޔަން ޑޮލަރެއް މިޤައުމުން ބޭރަށް އެބަދޭ! މިޤައުމަށް ވަންނަ ޑޮލަރުން މިހާބައިވަރު ކޮންމެ މަހަކުވެސް ބޭރުވަންޏާ ޑޮލަރުގެ އަގު ހުންނާނީ ހަމަގައިމުވެސް ދަށަކު ނޫން! ކޮންމެ މަހަކުވެސް މިޤައުމަށް ބޭނުންވާ އެކިއެކި ފަންނީ 5000 މީހުން އުފެއްދޭނެ ފައިސާ ބިދޭސީން މައްޗަށް ޤައުމުން އެބަ ބޭރުވޭ!

The name is already taken The name is available. Register?

ގަމާރޭ

13 October 2022

ގައުމުގައި ކިތަންމެވަރަކަށް ބިދޭސީން ތިއްބަސް ރައްޔިތުންގެ އަތުގައި ފައިސާ ހުންނާނެ، ރައްޔިތުންގެ މުދަލުގެ މިލްކުވެރިކަން ރައްޔިތުންނަށް ލިބުނީމާ. ރިޒޯޓް ހިއްސާ ރައްޔިތުންނަށް ގަނޭވޭގޮތް ވީމާ ރައްޔިތުން ހިއްސާ ގަންނާނެ. ހިއްސާގެ ނަފާ ޑޮލަރުން ދޭންޖެހޭނެ. އޭރުން ޑޮލަރަށް ސަލާން ނުޖަހައި އުޅެވޭނެ. ޑޮލަރު މާރުކޮށްގެން ވިޔަފާރިކުރެވޭނެ.

The name is already taken The name is available. Register?

ދިވެހިއްޔާ

13 October 2022

ބައިވަރު ރިޕޯޓްނެރޭ ކޮމިޝަންތައް ގިނައީ، ތިޔަހެން ބައިވަރު ރިޕޯޓް ނެރެވިއްޖެ.އެކަމަކު ހައްލެއްނުވޭ. ތިކަމުގެ ހައްލު އެންމެނަށްވެސް އިނގޭ އެއީ ހުޅުމާލޭގައި ބޮޑުބިމެއްގައި މީގެ ރަނގަޅު ފެންވަރެއްގަ ރަނގަޅު މަރުކަޒެއް އެޅުން. އެތާ އުޅޭމީހުންނަށް ރަނގަޅަށް ހިދުމަތްދެވޭ ފަދަ ތަނަކަށް އެކަންވުން. ސަރުކާރު ހަރަދުގަ ނޫނަސް ފަންޑު ހޯދައިގެން މިކަން ކުރެވޭނެ. އޭރުން ފަސޭހައިން އާއިލާތަކަށްވެސް ބައްދަލު ކުރަންދެވޭނެ. ރިޕޯޓްނެރިގެން ތިއްބަސް ކަމަކުނުދާނެ.

The name is already taken The name is available. Register?

އެމްސް

13 October 2022

ޢިމާރާތްކުރުމީ ތިކަމަށް އޮތް ޙައްލެއް ނޫން! ޙައްލަކީ ފަންނީމީހުން ގިނަކުރުން، މީހުން ބިނާކުރުން އިތުރުކުރުން! ލައްކައިންމަތިން އާމްދަނީލިބޭ އެކަކުވެސް ދައުލަތުގަ ނުބެހެއްޓުން! ޤައުމަށް ވަންނަ އާމްދަނީ މިހާރަށްވުރެ ރަގަނޅަށް މެނޭޖްކުރުން! ދެކޮޅުޖެހޭ އާމްދަނީގެ ފުރުސަތުތައް ލާމަރުކަޒުކުރުން! ފުދުންތެރި މުޖުތަމަޢެއްގަ ނަފްސާނީ މައްސަލަތައްވެސް މަދުވާނެ! ކުށްވެސް މަދުވާނެ! އެއްވެސް ސަރުކާރަކުން ކަންކަން މިބީދައިން ނުގެންދަނީ އެކަން ހަމަ ނޭގިގެންބާ؟

The name is already taken The name is available. Register?

އެމްސް

13 October 2022

ނާރސިންގ ހޯމް އެއް ރާއްޖެއަކު ނެތް! ހައްތާވެސް ހުރީ ޖަލު! ސަލާމަތުން ހުންނަ މީހާއަށް އެކަށީގެންވާ ސިއްޙީ ފަރުވާގެ ފުރުސަތު ނެތް އިރު ރަށެއްގަ ހުންނަ މީހަކަށް އެފުރުސަތު އޮވެދާނެބާ؟ އެޗްއާރުސީއެމް މީހުނީވެސް މާލޭގަ ދިރިއުޅޭ ބައެއްކަމަށް ވަންޏާ މިވަރު ޔަގީނުންވެސް އެނގެންވާނެ!

The name is already taken The name is available. Register?

ވަހުތާން

13 October 2022

ކޮބާ މެންޓަލް ހޮސްޕިޓަލު އަޅާ ގުރޫޕް؟ ތިތަން އަޅާ ސިޔާސީ ބަޔަކަށް ވަޒީފާ ދިނުމުގެ ކުރިން އެ މަރުކަޒުގެ ކަންކަން ރަނގަޅުކޮށްލަދީބަލަ!

The name is already taken The name is available. Register?

އެމްސް

13 October 2022

ކޮންކްރީޓަކުން ލިބޭނެ ފަރުވާއެއް ނޯންނާނެ، އެކަން ވާނީ އެކަށިގެންވާވަރަށް ފަންނީ މީހުން ތިބެގެން! މީހުން ބިނާކުރަން އިސްކަން ދިން ވަރަކުން ބޭރުފައިސާ ބޭރުވާވަރުވެސް މަދުކުރެވޭނެ!

The name is already taken The name is available. Register?

ށަވިޔަނި

13 October 2022

ތިތާގައި ތިބި މީހުނަށް އަނިޔާވެރިވާމީހުން ވިސްނާށެވެ. ކަލޭމެނަކީ އެއަށްވުރެ ހާލަތު ގޯސްބަޔަކަށް ސިކުންތެއްގެތެރޭ ހެއްދެވުމުގެ ބާރު ލިބިވޮޑިގެންވާ ފަރާތެއް ވޮޑިގެންވޭ. ބޮޑާތިވަނީ ކޮންކަމަކާ ހެއްޔެވެ. ބަލި ޖެއްސެވުން ޝިފާދެއްވުން މިލްކުވެވޮޑިގެންވާ ފަރާތަކީ ﷲ.

The name is already taken The name is available. Register?

ދުމްމ

13 October 2022

ދެކޮޅުންވެސް ގެއްލުން. އެހެންނޫންތޯ؟ އާއިލާއަށް އުނދަގުލަކަށް ވެގެން މަރުކަޒަށް ފޮނުވާލީމަ މަރުކަޒުންވެސް އިހާނެތިކަން. މަރުކަޒު އުވާލައްވަންވީ ނޫންތޯ ދެން؟

The name is already taken The name is available. Register?

އެމްސް

13 October 2022

މިޤައުމުގަ ދިވެހިން އެއްކޮށް ފައިލް، ބޮންދުން އެދަނީ ބާރަށް ކުރިއަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454