ގާޒީ މާހިރު: ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އޭނާ އައްޔަން ކުރަން ވަނީ ނިންމާފައި --- ފޮޓޯ/ޖޭއެސްސީ
13 އޮކްޓޯބަރ 2022 - 12:05
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ މާހިރު އިސްގާޒީ ކަމަށް އައްޔަންކުރީ، އިންޓަވިއު ކުރުމަށް ފަހު، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާ އަރުވާ ކޮމެޓީން ކަމަށެވެ.
ގާޒީ މާހިރަކީ 2005 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ކުރައްވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. ފެމިލީ ކޯޓަށް އޭނާ ބަދަލުވީ 2010 ވަނަ އަހަރު އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުންޖިޗޭ
15 October 2022
މަރުޙަބާ މާހިރު ޤާޟީ! މިއީ ވަރަށް ރަނގަޅު ޚުލްޤު ހެޔޮ ބޭފުޅެއް، މިފަދަ ބޭފުޅަކަށް މިފަދަ މަޤާމެއް ލިބުމަކީ މުޖުތަމަޢަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއްކަން ކަށަވަރު، މާތްﷲ ޤާޟީގެ މަސައްކަތުގައި ބަރަކާތް ލައްވައި، އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވާށި! އާމީން.
އަޚީ
15 October 2022
މާހިރަކީ ވ އަޚުލާޤު ރަނގަޅު ބޭފުޅެއް..އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުމުގެ ހއްވަރު ދެއްވާށި... ޢާމީން
ސަލީމް
14 October 2022
ވަރަށް ހިތްހެޔޮ ރަނގަޅު އަހުލާގެއްގެ ވެރިއެއް.
އާދަމް.
14 October 2022
މަރުހަބާ މާހިރު ގާޟީ.
މީ ކޯޓު
13 October 2022
ހުރިހާ އެންމެން އުފާވާނެ ގޮތަށް ކަންތައްތައް ނުނިންމޭނެކަމަށް ޤަބޫލުކޮށް ކޯޓަށް އެންމެ ފައިދާވާނެގޮތަށް ކަންތައްތައްކުރުން ވަރަށް މުހިންމު.
އަންދާ
13 October 2022
ކޯޓަކަށް ނޫން. އަދުލު އިންސާފަށް.
ދތފފ
13 October 2022
މަރުހަބާ
އެކަލޯ
13 October 2022
މަރުޙަބާ އިބްރާހިމް މާހިރު
ބައުލޮ
13 October 2022
ޤާޟީއާ އިސްޤާޟީއާ ދެމެދު މުސާރައިގެ ތަފާތެއް އެބަހުރިތަ؟
ފިޔާ
13 October 2022
ހާހެއްޔާ ރުފިޔާ ތަފާތަކީ. ވަރަށް ބޭ އިންސާފު. އެހެން ގާޒީންނަށް ވުރެ މަސްއޫލިއްޔަތު މާ ބޮޑު. އެކަމަކު ކުޑަ ތަފާތެއް މުސާރައިން.
ށަވިޔަނި
13 October 2022
ހުރޭ.