ކ. ހިންމަފުށި: މި ރަށުގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު ވަނީ އަތުލައިގެންފައި
17 އޮކްޓޯބަރ 2022 - 22:37
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު މިރޭ އަތުލައިގެންފި އެވެ.
ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު މިރޭ ހިފަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވާ އިތުރު ތަފުސީލެއް ސީޕީ ނުދެއްވަ އެވެ.
"މި ހާދިސާ ހިގާ ދިޔަ ގޮތް މި ދަނީ ބަަލަމުން،" އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި އެކަން ހިނގި ގޮތް ބެލުމަށް ފަހު، އެ ކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލުން ގައިދީން ފިލާފައިވެ އެވެ. އެގޮތަށް ފިލައިގެން ދާ ގައިދީން ގިނަ ފަހަރަށް ހޯދައި އަލުން ހައްޔަރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންކީ
17 October 2022
މަގު މަތީގައި ވެސް ހުސް ހަކުރު ބޯ މީހުން.