ދިރާގު ޓީވީ ތައާރަފުކުރުމަށް ބޭއްވި އިވެންޓެއްގައި އެ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދެނީ -- ފައިލް ފޮޓޯ: ދިރާގު
23 އޮކްޓޯބަރ 2022 - 14:42
ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދު ބަދަލުކުރުމާ ގުޅިގެން، މި އަހަރު ނިމުމުގެ ކުރިން އެ މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ ދިރާގު ޓީވީ ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން މި އަހަރު ގެނެސްފައިވާ ބަދަލާ ގުޅިގެން ދިރާގު ޓީވީގެ ލައިސަންސް އައުކުރުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ލައިސަންސް އާކުރެވޭނެ ގޮތެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާއި ބްރޮޑްކޮމްއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ދިރާގުން ބުންޏެވެ.
"ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެ ނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ހިދުމަތުގެ ލައިސަންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ،" އެ މެސެޖުގައިވެ އެވެ.
ދިރާގުން ބުނީ މުއައްސަސާތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާ އަށް ބިނާކޮށް، ކަސްޓަމަރުންނަށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ދިރާގު ޓީވީ ފެށުމާ އެކު ކަސްޓަމަރުންގެ ފަރާތުން އެ ހިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީޑިއާނެޓަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމުގެ ތުހުމަތާއެކު މަޖިލީހަށް ގަރާރެއް! https://t.co/6GzaVxQHc6
— Mihaaru (@Mihaarunews) October 10, 2022
ދިރާގުން ބުނީ ދިރާގު ޓީވީގެ ހިދުމަތް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 85 ޕަސެންޓް ގޭބިސީ އަށް (90 ރަށަށް) ފޯރުކޮށްދީފައިވާ ކަމަށެވެ.
"ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު" މި އަހަރު ބަދަލުކުރިއިރު، އެ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
އެކަމަކު ދިރާގުގައި ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނައިރު ސަރުކާރުގެ އޮންނަނީ 48 ޕަސެންޓެވެ. އެއީ ސަރުކާރުގެ 41.8 ޕަސެންޓާއި އާންމުންގެ 6.2 ޕަސެންޓް ހިމަނައިގެންނެވެ. އެހެންކަމުން އެ ކުންފުންޏަށް މިހާރު ދީފައިވާ ލައިސެންސް ޖެނުއަރީ 28، 2023 ގެ ފަހުން ހަމަވުމުން އަލުން ލައިސެންސްއެއް ނުލިބޭނެ އެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޮޑްކޮމް އިން ގަވައިދު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެ އެވެ.
ގިނަ މެންބަރުން ވިދާޅުވީ ބްރޯޑްކޮމް އިން މީޑިއާނެޓަށް މޮނޮޕޮލީ ދީގެން ނުވާނެ ކަމަށް https://t.co/7GHPo5hUPu
— Mihaaru (@Mihaarunews) October 18, 2022
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި އޮތީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައިފަ އެވެ.
އެ ގަރާރުގައިވާ ގޮތުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެކެވެ.
ކޭބަލް ޓީވީގެ ވިޔަފާރީގައި މުޅި ރާއްޖެގައި އެ ކުންފުނީގެ ކޮންޓްރޯލް ބޭއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް މީޑިއާނެޓުން ތަފާތު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެ ގަރާރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮބީކުރަން
25 October 2022
ވާހަކަ އަކީ ވިލާނެޓު ނުކިޔާން މީޑިޔާނެޓު ކިޔައިގެން އުޅުނަސް ވެސް އެންމެނަށް އެނގޭތީ ގާސިމުގެ މަސްލަހަތު އޮންނަ އޭނާގެ ކުންފުންޏެންކަން...
ފޭހުނު އިލޮށި ހެރުނީ!
25 October 2022
ދިރާގު ރީތި ތިވާހަކަ ދައްކަން. ރާއްޖެ އައް އޫރީދޫ ނާދެވޭތޯ އެތަކެއް މަސައްކަތެއްކޮއް، ބޮޑު އަގުގައި ކޯލް ތަކާ ސިމް ތައް ވިއްކާ މޮނޮޕޮލީ ކުޅުނު ޒަމާން ހަނދާން ނެތިނީ ދެއްތޯ؟
ކުރަފި
25 October 2022
ބޭކާރު ވާހަކަ ތިޔަހުންނަނީ.
ސަންސެޓް
24 October 2022
މިހާރު ތިވާގޮތް ވިސްނިއްޖެ ބަޔަކުތިއޮތީ ހައިރާތެއްކޮއްފަ!
ދިވެހިދަރިން
24 October 2022
ބްރޯޑްކޮމް ގެ މެމްބަރުންގެ އިންވެސްޓިގޭޝަންއެއް ކުރަން އެބަޖެހޭ. ޥަދަވެރިކަން ނެތި އަތް ފޯރާފަށަށް އަގުތަކެއް ތިރިއެއް ނުކުރެވޭވެ. 500 ރުފިޔާއަށް ވިްކި ސިމް މިހާރު 30 ރުފިޔާއަށް ތިރިވީވެސް ވާދަވެރި ކަން ގެނެވުމުން. ރަގަޅު، އިންޓަނެޓް އަގު ހެވެއްނޫން. އަދިވެސް. އެކަމު ކުރިއާ އަޅާބަލާއިރު ސަގު ހެޔޮ. އަހަރެމެން ރާއްޖޭގެ ޖިއޮގްރަފީ ގޮތުން އޮތް ގޮތުން ޙިދުމަތް ދިނުމުގަ ކުރަންޖެހޭ މަސައްތަކާއި އަގުވެސް ބޮޑުވޭ.
ޢިހްސާސް
24 October 2022
މަރިޔަމް ވަހީދާ ކަލޭ ހިތުހުރިހާ އެއްޗެއް ނުހެދޭނެ. ދިވެހި ސަރުކާރާ ރައްޔިތުންގެ ޙިއްސާ އޮންނަ ނަމަ ލައިސަންސް ދެވެން ޖެހޭނެ. ކަލޭމެން ތިޔަ ގޮތަށް ގަވާއިދު ހެދި ސަބަބެއް ނިކަން ރައްޔިތުނަށް ބުނެލަ ދީބަލަ.
ބަބިމާ
24 October 2022
ދިރާގު ބޭރަށް ވިއްކާލީވެސް ތިއެމްޑީޕީން. ދިރާގު އޭރު އޮތީ 100 ޕަސެންޓް ދިވެހިންގެ ކުންފުންޏަކަށް މައުމޫނު ހަދާފައި.
ކަތްދައްތަ
24 October 2022
ދިރާގުންވެސް ޑްރާމާ ކުޅެން ނޫޅި ތިޔަ ތަނުގެ ލީގަލް ޓީމް ގޮވައިގެން ބްރޯޑްކޮމް އާ ދެކޮޅަށް ކޯޓަށް ވަދެލަބަލަ. ވާއެއްޗެއްވެސް އެނގޭނެ ނު. ތިޔަހެން ވިޔަފާރިތައް މޮނޮޕޮލައިޒް ކޮށްގެން ނޫޅެވެނޭ. އަހަރަމެން ބޭނުން ސަރުވިސް ޕްރޮވައިޑާއެއް ޚިޔާރު ކުރުމުގެ ހައްގު އޮންނަންޖެހޭނެ. ދެތިން މަހުޖަނުންނަށް ގައުމުގެ ވިޔަފާރިތައް ދެން ކޮންޓްރޯލެއް ވިޔަ ދީގެން ނުވާނެ. މިހާރުވެސް ރަންބިސްއަޅާކުކުޅު އެގެން ގުޅެނީ ދެތިން މީހުންގެ ހާލީގަ.
ސޮހައިލްސް
24 October 2022
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހިއްސާވެގެން ހިންގާ މީޑިއާނެޓުން ސަރުކާރަށް ނުފޫޒު ފޯރުވައިގެން ރައްޔިތުން ފެލަން އިތުރަށް މަގުފަހިކުރަނީ ދިރާގު ހުއްޓުވާލީމަދެން ހަމަ މީޑިއާނެޓުނޫން އިތުރު އެއްވެސް ޗޮއިސްއެއް ނޯންނާނެ ސަރުކާރުން ބަލަނީ ރައްޔިތުންނަށް ފައިދާބޮޑު ގޮތަކަށް ނޫންތަ ނޫނީ ބޮޑު ކަޓުދޭ ފަރާތަކަށްތަ
މުހައްމާ
23 October 2022
ޢަހަރުމެން ވޯޓްދިނީކީ ދިރަާގު ބަދަލުގަ އެހެން ކުންފުނި ކުރިއަރުވާކަށް ނޫން. ޙަދާންކުރައްޗޭ އެއްވެސް އެމްޕީ އަކަށް ވޯޓް ނުދޭނަން
ހުސެންް
23 October 2022
ބްރޯޑް ކާސްޓިން ކޮމިޝަނަކީ ސީދާ މީޑިއާނެޓްގެ ޕައިރަސީ ޑިޕާޓްމެންޓް.... ވޯލްޑްކަޕްވެސް މީޑިއާނެޓް އިން 5ރ ގަނެފަ ޕީއެސް އެމް އައް 2މިލިއަން އައް ވިއްކި ގޮތް... ހުރިހާ ރައްޔިތުން ވެގެން ދިރާގް ޓީވީ ނުހުއްޓުވޭނެ ގޮތައް މެމްބަރުން ނައް ގުޅާފަ ބުނަން އެބަޖެހޭ....