ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
25 އޮކްޓޯބަރ 2022 - 10:16
ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރުގެ އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލު ކުރުމަށްޓަކައި ސަރުކާރުން ރާވާފައި ވަނީ މާލޭގައި އަގު ހެޔޮ ޑޭ ކެއާ ސެންޓަރުތަކެއް ހެދުމަށެވެ.
އެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ބެލުމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މާލޭގައި ޑޭ ކެއާ ސެންޓަރެއް ހަދާނެ ޖާގައެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި ކަމަށެވެ.
އޭޑީބީގެ އެހީގައި ޖެންޑާ މިނިސްޓްރީން ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް" ގައި ހިމަނައިގެން ވެސް މާލެ އިން ރަނގަޅު ޖާގައެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޖާގަ ނުލިބޭތީ އެ ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާސާކޮށް، ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާ ކޮށްފައިވޭ،" އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން މިހާރު ވަނީ އަންގައިފަ އެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްޓެލްކޯ އާއި އެމްޕީއެލުން އެ ހިދުމަތް ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯޕައްޓާ
25 October 2022
ސަރުކާރު އޮފިސްތައް ހުންނަ ހުރިހާ ރަށެއްގަ ތިފަދަކަމެއް ކުރެވޭނެބާ، އޭގެ ބަދަލުގަ ކޮންމެ އަތޮޅެއްގަ ދެތިންރަށެއްގަ ތިކަންކުރުން ރަނގަޅު.
ފިރިސޮރ
25 October 2022
ފިރިންނަށް ފެމިލީ އެލަވަންސްއެއް ހަމަޖައްސާފަ ދަރިން ތަރުބިއްޔަތު ކުރަން އަނބިން ގޭގަ ބައިތިއްބަބަލަ
ސަރވިސް
25 October 2022
އަނެއްކާ ކަންތަކާ ޖެހުނީ. މިހާރުވެސް ސަރުކާރުގެ އިދާރާއަކުން ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭ. ކައުންޓަރުގައި މީހުންނެއް ނުތިބޭ. ތިބިއްޔާ ފޯނުގަ ނުވަތަ ނޫހެއް ކިޔަން. މިހެން އޮއްވާ، ސަރުކާރު އޮފިސްތަކުގަ ޑޭކެއަރ ހެދީމާ، ޚިދުމަތަކާ ޚިދުމަތެއް ދޫކޮށްލަފައި ގޮސް ތިބޭނީ ދަރިންނާ އެކީ މަޖާކުރަން. ޚިދުމަތް ހޯދާ މީހާ ހައެއްކަ ގަޑިއިރު އިނދެފަ އެނބުރި އަންނަންވީ ހުސް އަތާ. ތިޔަ އުޅުއްވަނީ ރައްޔިތުންނަށް މުސީބާތާއި ތަކުލީފު ނުޖެެއްސިގެންތޯ؟
މަނިކުފާނު 1
25 October 2022
ބޭފުޅާ މޮޔަފުޅުވީތޯ؟
ސައްބީސް
25 October 2022
މިހާރުވެސް މިއުޅެނީ އޮފީހުގައި ގޮނޑިއެއް މޭޒެއް އިށީންނާނެ ތަނެއް މޭޒެއް ބަހައްޓާނެ ތަނެއްވެސް ނެތިގެން. ޖާގައިގެ ދަތިކަން އިންތިހާއަށް ހުރިހާ އޮފީހެއްގައިވެސް އެބައޮތް. ތީތަ ނުކުރެވިއޮތް ކަމަކީ.
ވަޒީފާއަދާކުރާ މަންމަ
25 October 2022
ވަޒީފާއަދާކުރާ މަންމައެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުންމީދުކުރިކަމެއްމިއީ. މިހާރު އޮފީހަށްދާންޖެހޭތީ ބޭރުމީހެއް ގެންގުޅެން މަޖުބޫރު. އެމީހާއަށް މަހަކު 400 ޑޮލަރު އެބަ ހޭދަކުރަން. ސަރުކާރަށް ފައިސާ ދޭގޮތަށް ވިޔަސް ތިކަން ކުރެވިއްޖިއްޔާ އަހަރެންކަހަލަ މަންމައިންގެ ފަރާތުން ގައުމުން ބޭރުވާ ޑޮލަރުވެސް މަދުވާނެ ކަންނޭގެ. ދެމެހެއްޓެނިވި ގޮތަކަށް ތިކަން ކުރަން ފެނޭ.
އަމާ
25 October 2022
ހަމަ ތިބުނާ ތަނެއް ހަދހައިގެން ވެސް ކޮންމެސް ބަޔަކަހ މުސަަރަ ދހެެގެން މީހުންލަށްވާ ދަރިން ބަލުވާނީ އަމާ އިންނާނީ ކޮފީގަ ދެން އަދި މާމޮޅުގޮތެއް ސަރުކާރުން ތޯޗެ ރުފިޔާ ވެސް ދޭނީ
އޮނަރަބްލް އަފީފު ދީދީ
25 October 2022
ތިމާމެނާއިނުބައްދަލު ބޮޑެތިވާހަކަނުދައްކާ ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އާއި އައްޑޫސިޓީގައި ވަސީލަތްޤާއިމްކޮށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތައް މިރަށްރަށަށްވެސްބަދަލުކޮށް ދައުލަތުގެ ޤާނޫނުއަސާސީގައި ކަޑައަޅާ އަމުރުކޮށްފައިވާގޮތަށް ލާމަރުކަޒުކޮށް ޤައުމުހިންގާން ފަސްޖެހެނީ "ތިރަށުމީހުނަށްލިބޭ ކުލި" ނުލިބުދާނެތީތޯ؟
ާަހިޓްލާރ
25 October 2022
ފިރިންނާއި އަނބިންނާއި ބަލަހައްޓާނެ ޖާގަވެސް ކޮންމެ އޮފީހެއްގައި ހަދަން ވާނެ. ??
މޮޔަ67
25 October 2022
މޮޔަވެފަ ފުރަތަމަ ގުރައިދޫ މަރުކަޒުގައި ދެތިން އަހަރު އުޅެލަބަލަ،، އޭގެ ފަހުން ތިކަމާ އުޅެބަލަ.........އަޖައިބެއް ނުވާނެތަ އޮފީސްތަކުގައި ކުދިން ބަލާ ތަންތަން ނުހަދާ...އަހަރެމެން ބޭނުންތަނަކުން ކައި. ކޮފީ ބުއިމުން ...އާސަންދައިން އެއަށް ބިލްދެއްކޭ ގޮތް ހަދާފަ....މަގުތަކުގައި ރުފިޔާ ބަހާތަންތަން ހަދާބަލަ...މާރަނގަޅުވާނެ އޭރުން ...މިހާރު ތެޔޮނަގަނިކަން ނޭނގެ