ދުނިޔެ / ކޮންޒާވެޓިވް ޕާޓީ

ރިޝީ މިއަދު ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާނެ

25 އޮކްޓޯބަރ 2022 - 12:42

2 comments

އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިއްޔެ އިންތިޚާބުވި، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންކުރާނެ އެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމު ރިޝީ އަށް ކަށަވަރުވީ، އެ މަގާމުގައި ހުންނެވި ބޮޑުވަޒީރު ލީޒް ޓްރަސް މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން، ރިޝީއާ އެކު އެމަގާމަށް ވާދަކުރެއްވި އަނެއް ދެ ބޭފުޅުން ނަން އަނބުރާ ގެންދެވުމުންނެވެ. ނަން އަނބުރާ ގެންދެވީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ކޮމަންސް)ގެ ރައީސް ޕެނީ މޯޑައުންޓް އެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ރިޝީ އިންތިޚާބުވެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް މިއަދު ފެށިގެން ދާއިރު، ފުރަތަމަ ކަމަކަށް އޮންނާނީ، އިސްތިއުފާ ދެއްވައިގެން ހުންނެވި ބޮޑުވަޒީރު ލީޒް ޓްރަސް އޭނާގެ ކެބިނެޓްގެ ވަދާއީ ބައްދުލުވުން ބޭއްވުމެވެ. އެ ބައްދަލުވުން ފެށޭނީ، ލަންޑަން ގަޑިން މިއަދު ހެނދުނު 9:00ގަ އެވެ.

އެ ބައްދަލުވުން ނިންމަވައި، 10:15 ގައި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިން ސްޓްރީޓް 10ގެ ކުރިމަތީގައި، ލީޒް ބަޔާނެއް ދެއްވާނެ އެވެ. އެއަށް ފަހު ބަކިންހަމް ގަނޑުވަރަށް ވަޑައިގެން ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައި، ރަސްމީކޮށް މަގާމުގެ އިސްތިއުފާ ހުށަހަޅުއްވާނެ އެވެ.

ލީޒް އާއި ރަސްގެފާނު ޗާލްސްގެ ބައްދަލުކުރެއްވުން ނިމުމާއެކު، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރިޝީ ސުނަކް، ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުކުރެއްވުމުގައި، އާ ސަރުކާރެއް އެކުލަވައިލެއްވުމަށް ރަސްގެފާނު ޗާލްސް، ރިޝީ އަށް ދައުވަތު ދެއްވާނެ އެވެ.

ރަސްގެފާނުގެ ދައުވަތާއެކު ރިޝީ އެނބުރި ވަޑައިގަންނަވާނީ ޑައުނިން ސްޓްރީޓް 10 އަށެވެ. އަދި ބޮޑުވަޒީރުގެ ހައިސިއްޔަތުން އެ އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން، އެ އޮފީހުގެ ކުރިމަތީގައި ބަޔާނެއް ދެއްވާނެ އެވެ.

ރިޝީ ބަޔާން ދެއްވާ އިރު، އޭނާ ސަރުކާރަށް އަލަށް އައްޔަންކުރައްވާ ބޭފުޅުން ތިއްބަވާނީ، ޑައުނިން ސްޓްރީޓް 10ގެ އެތެރޭގައި ރިޝީގެ އިސްތިގުބާލުގަ އެވެ. ރިޝީ އޮފީހަށް ވަދެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ ސެކިއުރިޓީ ފާސްތަކާއި ކޮމްޕިއުޓަރުތަކުގެ ލޮގިންތައް، އާ ސަރުކާރުގެ ބޭފުޅުންނަށް ދެއްވުމެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ރިޝީ މިއަދު ހަވާލުވެވަޑައިގަންނަވާ އިރު، އިދިކޮޅު ލޭބާ ޕާޓީން މިހާރުވެސް ގޮވާލަމުން ދަނީ އާންމު އިންތިހާބު ބާއްވައިގެން ސަރުކާރެއް އެކުލަވައިލުމަށެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތީ ވެސް އެ ޕާޓީގެ މެމްބަރުންގެ މެދުގައި ވެސް ވޯޓެއް ނެގުމަކާ ނުލައި ކަމަށްވާތީ، ރިޝީ އަކީ އިންތިޚާބީ ހައިސިއްޔަތެއް ނެތް ބޭފުޅެއް ކަމަށް ވެސް ލޭބާ ޕާޓީން ބުނެ އެވެ.

އަވަސް އިންތިހާބެއް ބާއްވަން ގޮވައިލިޔަސް، ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކޮންޒަވޭޓިވް ޕާޓީ އަށް އަގުލަބިއްޔަތު ލިބިފައި އޮތް ނިސްބަތަށް ބަލާއިރު، އަވަސް އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މިހާރު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ބެހިފައި އޮތް ގޮތުން، ކޮންޒަވޭޓިވް ޕާޓީ އަށް އެ މަޖިލީހުގެ ތިރި ގޭގެ ޖުމްލަ 650 ގޮނޑީގެ ތެރެއިން 357 ގޮނޑި ލިބިފައި އެބައޮތެވެ. އެހެންކަމުން އެ ޕާޓީން އަމިއްލަ އަށް ބޭނުންވެގެން ނޫނީ، މިހާރުން މިހާރަށް އިންތިހާބެއް ނުބޭއްވޭނެ އެވެ.

އިނގިރޭސި ދުވަހު ނޫސް ދަ ގާޑިއަން ބުނާ ގޮތުގައި އެ ގައުމުގެ 57 ވަނަ ބޮޑުވަޒީރުގެ ހައިސިއްޔަތުން މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ރިޝީ، 42، އަކީ އެ ގައުމުގެ ރަސްގެފާނު ޗާލްސް އަށް ވުރެ ވެސް މުއްސަނދި ބޭފުޅެކެވެ. އަދި މިދިޔަ 200 އަހަރުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން ރިޝީ އާއި އޭނާގެ އަނބިކަނބަލުން އަކްޝަތާ މުރުތީގެ މިލްކިއްޔާތުގައި 730 މިލިއަން ޕައުންޑްގެ މުދަލާއި ފައިސާ އެބަހުއްޓެވެ. މިއީ އެ ގައުމުގައި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާގެ މިލްކިއްޔާތުގައި ހުރި ކަމަށް އަންދާޒާކުރާ މިންވަރު ކަމަށްވާ 300-350 މިލިއަން ޕައުންޑަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު މިންވަރެކެވެ.

ރިޝީގެ ބަފައިބެއަކީ އިންޑިއާގެ ބިލްގޭޓްސްގެ ނަމުން މަޝްހޫރުވެފައިވާ އެންއާރް ނަރަޔަން މުރްތީ އެވެ. އޭނާއަކީ މަޝްހޫރު ސޮފްޓްވެއާ ކުންފުނި އިންފޯސިސްގެ ބާނީ ވެސްމެ އެވެ. ހަތް ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި އެ ކުންފުނީގައި ރިޝީގެ އަނބިކަނބަލުންގެ 0.91 ޕަސެންޓް ހިއްސާ އޮވެ އެވެ.

އިރުމަތީ އެފްރިކާ އިން އިނގިރޭސި ވިލާތަށް ހިޖްރަކުރި އިންޑިއާ ދަރިކޮޅުގެ ދެމަފިރިއަކަށް ލިބުނު ރިޝީ އުފަންވީ، 1980 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސައުތަމްޕްޓަންގަ އެވެ. ރިޝީ ސުނަކް، ބެންގަލޫރަށް އުފަން އަކްޝަތާ މުރުތީއާ ކާވެނި ބައްލަވައިގަތީ، ބެންގަލޫރުގައި 2009 ވަނަ އަހަރު، 1000 މެހުމާނުން ބައިވެރިވި ހަފްލާއެއްގަ އެވެ.

ރިޝީ އާއި އަކްޝަތާ އަށް ލިބިވަޑައިގެންފައިވަނީ ދެ އަންހެން ބޭފުޅުންނެވެ. ކްރިޝްނާ އާއި އަނޫޝްކާ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރ‫ޯމަނުންގެނިމުން

26 October 2022

އ‫ިސްތިއުމާރީންގެ އަޅު ސޮރެއް އިސްތިއުމާރީންގެ ބޮޑަކަށް އެކަމުން ދޭހަވަނީ ކަންނެތް ވެފައިވާ މިންވަރު , ދުވަސްކޮޅަކުން މިގައުމުގެ ރައީސް މީހާއަކީވެސް ބަންގާޅީއަކަށް ވެދާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 October 2022

އިޤިރޭސި ދައުލަތުގެ ވަޒީރު ކަމަށާއި އެންމެ ފަޙުރުވެރި ތާރީޙް އޮތް ކކންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އިސްކުރެވުނު Rishi Sunak އަށް މަރުޙަބާ. # މަޤާމްގެ މުއްދަތުގައި އިޤިރޭސިދައުލަތަށް ފާޤަތި އުޖާލާ ދުވަސްތަކެއް ލިބޭނެކަމަށް އުއްމީދު ކުރަމުން އަހަރުމެންގެ ނިކަމެތި ހާލަތު ބަދަލުކޮށްދިނުމުގެ ބައިވެރިއަކަށް ވުމަށްވެސް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454