ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްގެން މި ސަރުކާރުން ޅ. ނައިފަރުގައި އަޅާފައިވާ ފްލެޓްތައް.
25 އޮކްޓޯބަރ 2022 - 18:08
ޅ. ނައިފަރުގައި ތަރައްގީކޮށްފައިވާ 100 ފްލެޓްގައި މާރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރިއިރު ވެސް އެ މައްސަލަތައް ހައްލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
އެ ފްލެޓްތަކުގައި އުޅޭ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ފްލެޓްތަކުގައި ގިނަ މައްސަލަތަކެއް ހުރި މައްސަލައެއް ފެންމަތިކޮށްފަ އެވެ. އަދި ބައެއް ތަންތަނަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯތަކެއް ކަމަށް ބުނެ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ނައިފަރުގައި އިމާރާތްކުރި 100 ފްލެޓާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެތަން އިމާރާތްކުރަން ރަޝީދު ކާޕެންޓްރީއާ ހަވާލުކުރީ ޖެނުއަރީ 26، 2020 ގައި ކަމަށާއި އެ މަސައްކަތް ނިންމައި ފެބްރުއަރީ 19، 2022 ގައި ހަވާލުކޮށްފައިވާ ކަމަށެވެ.
އެތަނުގައި 100 ހައުސިން ޔުނިޓް ހިމެނޭ 4 އިމާރާތް ހިމެނޭއިރު އެތަނުގެ މަސައްކަތް ނިންމުމާ އެކު މިނިސްޓްރީން ވަނީ އިމާރާތް ބެލެހެއްޓުމާއި އިމާރާތާގުޅޭ ކަންކަން މެނޭޖްކުރުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމަށް ފަހު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިމާރާތަށް ލިބޭ ގެއްލުންތައް މިނިސްޓްރީން ބެލުމަށް ފަހު އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓަރެވެ. އެކަމަކު އެ މަރާމާތުގެ ތެރޭގައި ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށް ގެންނަ އެއްވެސް ބަދަލެއް ނުހިމެނޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ހައުސިން ޔުނިޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލުން މިނިސްޓްރީއަށް ހުށަހެޅީ މިއަހަރުގެ މެއި 19 ގަ އެވެ. އެހެންވެ ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރުމަށް ފަހު، އެ މައްސަލަތައް ބަލައި ހައްލުކުރުމަށް އެ ރަށަށް ކޮންޓްރެކްޓަރުގެ ޓީމެއް ޖޫން 10 ގައި ދިޔަ ކަމަށާއި މަސައްކަތްކުރުމުގެ ތާވަލެއް އެކުލަވާލައި، ޖޫން 12 ވަނަ ދުވަހު ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށް މިނިސްޓްރީން ބުނެ އެވެ.
"މިގޮތުން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާއި ކައުންސިލުގެ ވެސް ބައިވެރިވުމާ އެކު އެ ފަރާތްތަކުގެ އެޕްރޫވަލް ލިބިގެންކަން ފާހަގަކުރަމެވެ. ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމައި ކައުންސިލުގެ އެޕްރޫވަލް ހޯދާފައިވެއެވެ،" މިނިސްޓްރީން ހަވީރު ނެރުނު ބަޔާނުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މަރާމާތުތަކުގެ އިތުރަށް ބޮޑު މަރާމާތެއް ކުރުމަށް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައެއް ނެތެވެ. ފްލެޓްގައި އުޅޭ މީހަކު ވެސް އެތަނުގެ މަރާމާތާ ގުޅޭ އެއްވެސް ކަމެއް ހުށަހަޅައިފި ނަމަ، ނުވަތަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެކަމަށް އެޓެންޑުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްލެޓްވެރިއެއް
26 October 2022
ނައިފަރުގެ ފެނާއި ނަރުދަމާނިޒާމު ގާއިމުކުރާތާ 6އަހަރުވަނީ....ނިމޭނެ ދުވަހެއް ބުނެލަދެވޭނެ މުއައްސަސާއެއް ވެރިއެއް ދައުލަތުގައި ނެތް... އެޕާޓްމަންޓްތަކަށް ސާފުފެން ލިބޭނެގޮތެއްގާއިމް ކުރެވިފައި ނެތް.... ކުނިވެފައި ހުންނަފެން ބޭނުންކޮށްގެން ކުޑަކުދިންނާއި އަންހެންވެރިންގެ ތަފާތު އިންފެކްޝަންތަކާއި ހަމުގެ ބަލިތައް ނުފިލާ... މުޅިއިމާރާތުގެ މައިގަނޑު މަރާމާތަށް ބޭނުންވާނެ ފައިސާ ޖަމާވަމުންދަނީ މިނިސްޓްރީގެ އެކައުންޓަށް ...
ފްލެޓްވެރިއެއް
26 October 2022
އިމާރާތްތަކަށް ފެންދީފައިވަނީ ރަށުގެ ބިމުން ނަގާފެން... މިކަމަށް ހަދާފައިހުންނަ ވަޅުތަކުގައި ވެންޓިލޭޝަން ހޮޅިއެއް ނާޅައި... ފުރާޅުން ފައިބާ ފެން ވަޅަށް އެޅޭނެގޮތެއް ހަދާފައި ނެތް... ވަޅުގައި އޯވަރފްލޯއެއް ނެތް.... ނައިފަރު ބިމުން ނަގާފެނަކީ ލޮނުފެން...އަދި އެހާމެ ވަސްގަދަ... އެއްވެސް އެޕާޓްމަންޓެއްގައި ވަޅުފެނާއި ސަޕްލައިފެން ވަކިން ޕައިޕްލައިން ނެތް... ލޮނުފެނުގެ އަސަރުކޮށްގެން ފެންމީޓަރުތަށް ހުރީ ގިރިގެންގޮސް ހަލާކުވެފައި...
ފްލެޓްވެރިއެއް
26 October 2022
... އަދި ޑްރެއިން ޕައިޕްގެ ގުލީކައިރިން ފެންލީކުވެ އަޅާފައި އިންނަ ފޯލްސް ސީލިނގްތެރެއަށް ފެންހެދި ސީލިންގލައިޓަށް ފެންވަދޭ... އިމާރާތުގެ އެކި ދިމަދިމާއިން ލާފައިވާ ރެނދުތަކުގެ ތެރެއިން މިހާރުވެސް ފެންލީކުވެ ބައެއް އެޕާޓްމެންޓްތަކުގެފާރުތަކުގައި ފަންގަސް ހިފާފައިވޭ... އިމާރާތުގެ ވަސްހޮޅިތައް ވައިގޮޅިތެރެއަށް ހުރުމުގެ ސަބަބުން އެއްވެސް އެޕާޓްމަންޓެއްގެ ވައިގޮޅިއަށްވާގޮތަށް ހުންނަ ދޮރެއް ހުޅުވާލައިފިނަމަ ދުވާވަހުން ގޭތެރޭގައި ނޭވާލާންއުނދަގޫވޭ....
ފުލެޓްވެރިއެއް
26 October 2022
މިނިސްޓްރީއިން މިކަމުގައި ކަނޑައެޅިގެން ދޮގުހަދާ އޮޅުވާލަން މަސައްކަތްކުރަނީ... މިހާރުވެސް ވިއްސާރަދުވަހެއް ނަމަ ކުޑަދޮރުތަކުންނާއި ބެލްކަންޏަށް ވާގޮތަށް ހުންނަ ބިއްލޫރި ދޮރުދަށުން ފެންވަދޭ... ފާޚާނާތަކުގެ ފެންލައިން އަޅާފައިވާގޮތުން ބޭރުން ވަދެފައި ހުންނަ ހޮޅިތަކުގެ ބުޑުން ފެންވަދެ އިސާހިތަކު ސްވިޗްތަކާއި ސޮކެޓްތަކުގެ ތެރެއިން ފެން ލީކުވާންފަށާ....
ޖބބބވ
25 October 2022
ވިނަރެސް ފްލެޓްތޚުގެ ލިސްޓް ނެރެނީ ކޮން އިރަކުންބާ؟ އެއީ ހަދާނިިފަ ހުރި ތަނެއްނު. 2023 ގެ ވޯޓުލާ ދުވަހު ދޭން މަޑުކުރަނީބާ