ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 އޮކްޓޯބަރ 2022 - 12:20
ސިޓީ ޕާކް ތަރައްގީކުރަން ބަޖެޓް ނެތުމުން މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެ ޕާކު ހަދަން ބޭނުންވާ ފަންޑު ހޯދުމަށް އާންމުންނަށް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އެ ފަރާތަކަށް އިންސެންޓިވް އަކަށް ވާނީ މިތަނުގައިވާ ކޮމާޝަލް ސްޕޭސް. މިތަނާ ގުޅޭ ކަހަލަ ކޮންމެވެސް ބޭނުމެއް މިތަނަށް ކޮމްޕްލިމެންޓްކުރާ ކޮންމެވެސް ބޭނުމެއް ހިފޭ ކަހަލަ ކޮމާޝަލް މަސައްކަތެއް ކުރާ ފަރާތަކަށް އެތަން ލިބޭ ގޮތަށް. އަދި އޭގެން އާމްދަނީއެއް ކައުންސިލަށް ވެސް އަދި ޖުމްލަކޮށް ރައްޔިތުންނަށް ލިބޭ ކަހަލަ ކޮންސެޕްޓެއްގައި ތަން ހަދައިދޭނެ ފަރާތެއް ހޯދީމައޭ، މިކަން ކުރެވޭނީ،" މުއިއްޒު ވިދާޅުވި އެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަށެއްކަ މިލިއަން ރުފިޔާ އަކީ މި ކަހަލަ ކަމަކަށް ބޮޑު އެއްޗެއް ނޫން. އެހެން ނަމަވެސް ކައުންސިލްގެ އާމްދަނީގައި މިކަން މިހާރު ކުރަންވެއްޖެއްޔާ ދަތިތަކެއް ދިމާވެދާނެ."
ރޭގެ ޖަލްސާގައި އެ ޕާކު ތަރައްގީގުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުގެ ތަފްސީލާއި ޑިޒައިންގެ ތްރީޑީ މަންޒަރުތައް ވެސް ދައްކާލި އެވެ.
މުއިއްޒު ވިދާޅުވީ އެ ޕާކުގެ މަސައްކަތް ކުރާނީ މިހާރު އެތަނުގައި ހުރި ބޮޑު އެއްވެސް ގަހެއް ނުނަގާ ކަމަށެވެ. އަދި އެ ޕާކު ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ހިޔާލު ހުށަހަޅަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑުމެން ބޭނުންވަނީ ސޮއިސިޓީގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް ބޭނުންހިފޭ ޕާކަކަށް މިތަން އިރާދަކުރެއްވިޔާ ވެގެން ދިއުން. ނަމޫނާ ޕާކަކަށް ގަލޮޅު ރައްޔިތުން ޔަގީނުން ވެސް ފަހުރުވެރިވާ، މާލެ ސިޓީ ހުރިހާ ރައްޔިތުން ވެސް ޕާކަކަށް އަންނަ ހިތްވާނެ، ހިތްގައިމު ޕާކަކަށް މި ޕާކު ހެދުން،" އޭނާ ވިދާޅުވި އެވެ.
އެ ޕާކަށް ކިޔާނެ ނަމެއް ވެސް ނިންމާނީ ގަލޮޅުގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީކުރާ އެ ޕާކުގައި ކުޑަކުދިން ކުޅޭ ތަނަކާއި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން، ފުރޮޅުލީ ގޮނޑިއާ އެކު އެރޭނެ އުނދޯއްޔެއް ހަދާނެ އެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި ބައިވެރި ބައެއް މީހުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
- ކުޑަކުދިން ކުޅެން ދޫކޮށްލުމަށް ފަހު ބެލެނިވެރިން އަރާމުކޮށްލަން އިށީންނާނެ ޖާގަ
- ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"
- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ހިނގާ ޓްރެކެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއް
- ފާހަނާ ބްލޮކް (އަންހެން ފިރިހެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ)
މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމައިފި. މިޕާކުގައި:-
— Mayor Muizzu (@MuizzuMayor) October 13, 2022
- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓޭނެ
1/4 pic.twitter.com/M6vk9oxuoc
ކައުންސިލުން ބުނީ އެ ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ވެސް ހަދާނެ ކަމަށެވެ. އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލްގައި 102 ސައިކަލް ޕާކުކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އަދި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ވެސް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.
މަގުގެ ޓްރެފިކާއި ޕާކާ ދެމެދު ހުރަހެއް ބެހެއްޓުމުގެ ގޮތުން ޕޭވްމަންޓްގައި ހަނި ޕްލާންޓާ ފޮށިތަކެއް ބަހައްޓަން ނިންމާފައިވެ އެވެ. އެ ޕްލާންޓާ ފޮށިތަކުން ޕާކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސްތަކެއް ޑިޒައިން ކުރާނެ އެވެ. ކައުންސިލުން ބުނީ ޕްލާންޓާ ފޮށިތަކުގެ ސައިޒް ވީހާ ވެސް ހަނިކޮށް، ޕޭވްމަންޓްގައި ޕްރޭމް އަދި ފުރޮޅުލީގޮނޑި ދުއްވާ ޖާގަ ދީފައި ވާނެ ކަމަށެވެ.
ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް"ގެ ނަމުގައި ދިއްލޭ ގޮތަށް މީހުންނަށް ހުޅުވާލި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާވިޔަތު
26 October 2022
މިއީ ސަރުކާރުން ބަޖެޓް ނުދީ ސިޓީ ކައުންސިލްއިން ކޮށްދޭ ކަންކަން. ނިކަން އެއްބާރުލުން ދީބަލަ. މުއިޒް ވަރަށް ކަންތައް ކޮށްދޭނެ.
ޒުހޫރު
26 October 2022
ކަސްރަތު ކުރެވޭހެން ޕާކް ތައް ހުންނަވާނީ. ތިއީ ވަރަށް ރަނގަޅު ކަމެއް. ދެން ބައްޕަމެން މާމަނެންނަ ނުލާހިކު ފަސޭހަވާނެ. މާލޭގެ އެކި ހިސާބުތަކުގައި ހަމަ ޕާކް ހަދަންވީ
ޒޫހާން
26 October 2022
ޕާކް ގިނަކުރަންވީ. ނޭވާލާތަން މަދީ. އަދިވެސް ގިނަ ޕާކް އަޅާ މާލެ ޗާލުކޮށްލާ މުއިއްޒޫ
އަޒުމާ
26 October 2022
އަލްހަމްދުﷲ. ހާދަ ފަސޭހައެކޭ ވެގެންދާނީ ތިތަން ނިމުނީމަ. ދެން ރަސްފަންނަ ދާކަށްވެސް ނުޖެހޭނެ. ގެ ކައިރިން ކަސްރަތު ކޮށްލެވޭނެ. ތޭންކްސް މުއިޒް.
ރުޝްދީ
26 October 2022
މާލެއަށް މިހުރީ ރަންގަޑެއް ކަހަލަ މޭޔަރ ލިބިފަ. ސާބަސް މުއިޒް
އާފާގް
26 October 2022
ވަރަށް ބޮޑަށް ޝުކުރިއްޔާ މޭޔަރ މުއިޒް. ވަރަށް އަވަހަށް ހަދައިދެއްވާ.
ރިފާއު
26 October 2022
ޝުކުރިއްޔާ މުޢީޒް. އަހަރުމެން އެދުނުގޮތަށް ތިޔަ މަސައްކަތްކޮއްދޭތީ، އުންމީދު ކުރަނީ މަސައްކަތް ބާރު މިނުގަ ގޮސް ނިންމަދޭނެ ކަމަށް.
ނާޒިމް އަހްމަދް
26 October 2022
މުއިޒް ކުރިމަތި ލީމަ އޭނަ ކަމެއް ނުކުރާނެޔޭ ބުނިމީހުން ކޮބާ؟ ދެން ކީކޭ ބުނާނީ؟ ހާދަ ކަމެކޭ މިކޮށްލަނި. ތަފާތު އިގޭ
މުއައްޒަމް
26 October 2022
ސަރުކާރުން ކިތަންމެ ޖެއްސުމެއް ކުރިޔަސް މުއިޒް ގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް. ތިހެންވާން ޖެހޭނެ މުއިޒް
މުހައްމަދު ހަމީދް
26 October 2022
މުޢިއްޒުއަށް ވޯޓް ނުލިޔަސް މުޢިއްޒު ކޮށްދޭ ކަންކަން ހަމަ ބަރާބަރޭ ބުނެވޭނީ. ހަގީގަތުގައިވެސް ސަރުކާރަށް ވުރެ މުޢިއްޒު މާ ރަނަގަޅު.