އޮކްޓޫބަރ 26، 2022؛ ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ސިފައިން ބޭއްވި ތަމްރީންތަކުގައި ބެލެސްޓިކް މިސައިލެއް އުދުއްސައިލަނީ. --އޭއެފްޕީ
27 އޮކްޓޯބަރ 2022 - 13:10
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ، ނިއުކްލިއާ ހަނގުރާމައަކަށް ބަދަލުވެދާނެކަމަށް ހުޅަނގުގެ ގައުމުތަކުން އިންޒާރު ދެމުން ދަނިކޮށް، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ އަސްކަރީ ފަރިތަކުރުންތަކެއް އިއްޔެ ބާއްވައިފި އެވެ.
ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިއްޔެ ބޭއްވި އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދިޔައިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިންނެވީ ކޮންޓްރޯލް ރޫމްގައި އެ މަންޒަތުތައް ބައްލަވާށެވެ. މި ތަމްރީންތަކުގައި ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ކަނޑުގެ ސިފައިން ވެސް ބައިވެރިވި އެވެ.
Footage of the launch of the Yars intercontinental ballistic missile during the training of the Russian strategic deterrence forces pic.twitter.com/CQIQ7fEha0
— Sprinter Monitor (@SprinterMonitor) October 26, 2022
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިއްޔެގެ ފަރިތަކުރުންތަކުގައި ބޭނުންކުރި ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލްތައް ވަރަށް ބަރާބަރަށް މަސައްކަތް ކުރި އެވެ. އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި ގޮތުގައި އިއްޔެގެ ފަރިތަކުރުންތައް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ނިއުކްލިއާ ހަމަލާއަކުން ދިފާއުވުމަށްޓަކައި ފުރިހަމަ އަށް ތައްޔާރުވެ ތިބުމެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ފަރިތަކުރުންތަކެއް މިބޭއްވީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ އުދުވާނަކުން ދިފާއުވުމުގެ ގޮތުން، ރަޝިޔާގައި ހުރި ނަމަ ހުރި އަސްކަރީ ގާބިލުކަމެއް ތައްޔާރީ ހާލަތަށް ގެނައުމަށް، ރައީސް ޕުޓިން އެ ގައުމުގެ އަސްކަރިއްޔާ އަށް ގޮވާލައްވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ލަޝްކަރު ވެސް ހިމެނެ އެވެ.
#Russia 🇷🇺
— Nexx_ (@_Nex3_) October 26, 2022
Video showing the launch of the "Yars" Intercontinental missile during the current nuclear drills pic.twitter.com/u5wWlfHxiS
ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ ކަނޑުގެ ސިފައިންގެ ސަބްމެރިންއެއްގެ ފަޅުވެރިންތަކެއް، ސިނޭވޭ މަރުކާގެ ބެލިސްޓިކް މިސައިލެއް ފޮނުވައިލުމަށް ތައްޔާރުވާ މަންޒަރުތަކެއް، ރަޝިޔާގެ ގައުމީ ޓީވީން އިއްޔެ ދެއްކި އެވެ. ސަބްމެރިންގެ ތަމްރީންތައް ބޭއްވީ ރަޝިޔާގެ އުތުރުން އާކްޓިކް ސަރަހައްދުގައި އޮންނަ ބެރެންޓްސް ކަނޑުގެ ތެރޭގަ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެގެ ފަރިތަކުރުންތަކުގައި އެއްގަމުން ފޮނުވައިލާ ޒާތުގެ "ޔާޒް" މަރުކާގެ ބެލެސްޓިކް މިސައިލްތަކެއް އަޖުމަ ބެލުމުގެ ގޮތުން ބޭނުންކުރީ، ރަޝިޔާ އާއި ފިންލޭންޑް ގުޅޭ ސަރަހައްދީ ރޮނގާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ، ޕެލެސްޓިކް ކިޔާ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒުންނެވެ. އޭގެ އިތުރުން ރަޝިޔާގެ އެންމެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސޫލާ އިން ވެސް މިސައިލްތަކެއް ފޮނުވައިލި އެވެ. އަދި ނިއުކްލިއާ ލަޝްކަރުގައި ހިމެނޭ ޓޫ-95 މަރުކާގެ ބޮންއަޅާ ބޯޓުން ވެސް، ކަނޑައެޅިފައިވާ ވަކި އަމާޒުފަތްގަނޑަކަށް ކްރޫޒް މިސައިލްތަކެއް ފޮނުވައިލި އެވެ.
އޮކްޓޫބަރ 20، 2022؛ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ގައުމުގެ އަސްކަރީ މަރުކަޒަކަށް ޒިޔާރަތް ކުރައްވައި ސިފައިންގެ ތައްޔާރީ ހާލަތު ހުރި މިންވަރު ވަޒަންކުރައްވަނީ. --އޭއެފްޕީ
ކްރެމްލިން އިން ބުނި ގޮތުގައި އިއްޔެ ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި ބޭނުންކުރި ހުރިހާ މިސައިލެއް ވެސް އެއިން ކޮންމެ މިސައިލަކަށް ކަނޑައެޅި އަމާޒަށް އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް ވާސިލުވި އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް މި ބޭއްވީ، އަހަރަކު އެއްފަހަރު ނޭޓޯ އިން ބާއްވާ، ނިއުކްލިއާ ހަމަލާއަކުން ދިފާއުވުމުގެ ސިލްސިލާ ތަމްރީންތަކުގެ މިއަހަރުގެ ތަމްރީންތައް ހުޅަނގުއުތުރު ޔޫރަޕްގައި ފަށައިގެން ކުރިއަށް ދާ ދުވަސްވަރެއްގަ އެވެ. އެ ތަމްރީންތައް މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ނޭޓޯ އިން މިހާރު ފަށާފައިވާ ނިއުކްލިއާ ފަރިތަކުރުންތަކުގައި ގާތްގަނޑަކަށް 60 މަތިންދާބޯޓު ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދުރު ރާސްތާ ބޮން އަޅާ ބޯޓު، ބީ-52ގެ ބޯޓުތަކާއި ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ފައިޓަރު ބޯޓުތައް ހިމެނެ އެވެ. ނަމަވެސް މި ތަމްރީންތަކުގައި އެއްވެސް ބާވަތެއްގެ އަސްލު ބޮމެއް ބޭނުމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
29 October 2022
ކޮބާ ބީރުބޮލު ހާލުކިހެންތަ؟ މިފަރު ކޮމެއްޓު މިކުރީ ހުސްބަނޑާ ހުރެހެމެއްނޫން! ނިއުކުލީޔާ ވާހަކަ ތިއީ ހިތައް ގެންނަންވާރު ކަމެއްކަމުގަ ނުދެކެން! އަދި ބަލިވެގެން ދާއިރުވެސް އެކަހަލަ ފަނާކުރެވަނި ހަތިޔާރު ބޭނުކުރު މަކީ އެކެއް ދެމިހަކައް ފެންނަގޮތައް ދުނިއެ ފުނޑާލުން! ބާރަ ބިލިޔަނައް އާބާދީއަރާއިރު ދަނގޮވާން ކުރާނެ ބިންނެތިގެން އުޅޭއިރު ދުނި ބޮޑުބަޔެއް ބޭނުންނުކު ރެވޭގޮތައް ތަގައްރު ކުރުމުގެ ވިސްނުން އެއްނުގުޅެނީ ވަރައް ނުބައި ބަޔެއް
ކަތުރޭ
28 October 2022
ރައްޒާގު މަށަށް އިނގޭ ނިއުކްލިއަރ ބޭނުންކޮށް ނިއުޔޯކް ސިޓީ ނައްތާލާފިއްޔާ އެމަރިކާވެސް ރައްދުހަމަލާ އަރުވާނެ ކަން އެކަމަކު އަރުވާއިރައް ރަޝިއާވެސް އެއަށްވުރެ މާނުލަފާ އެތިފަހަރުތަކެއް އެމަރިކާއަށް ވީއްލާނެ. ރަޝިއާ ޗާޓުން ފޮހެލާވަރު ކުރާއިރު އެމަރިކާ އާއި ނޭޓޯވެސް ދުނިޔެއިން އަލްވަދާޢު ވާނެ
ރަދީފްއޮފިޝަލް
28 October 2022
ޕުޓިން ބޭބެ އެއޮތީ ހަގުރާމަ ފަށާފަ ދެން ފަހަތަކަށް ނުޖެހޭނެ. ނިއުކްލިޔަރ ބޭނުންކޮއް ދުނިޔެ ބިރުދައްކާލާނެ. ކޮންމެ ގޮތަކުންވެސް މިފަހަރު މޮޅުވާނެ.
ހީވިޔޭ
28 October 2022
ލެއްގި ކޮމިޝަނަރ ތަންކޮޅެއް ދެކޮޅު ބަލާފަ ވާހަކަ ދައްކަ ބަލަ ރަޝިއާ އަތު ނިއުކްލިއަރގެ އެންމެބާރުގަދަަ ހަނތިޔާރު ހުރީ ކަލޭ ވެއްޖެ ދަސްކުރަން..ހިތަށް އެރި އެއްޗެއް ކޮމެންޓު ގައި ލިޔެލާނެ އެމަރިކާ އާއި ނޭޓޯ ނެތޭނެ ނިއުކްލިއަރ ހަނގުރާމަ ކޮށްފިއްޔާމު ހުދު ރަޝިއާވެސް
ބީރުބޮލު ވަޒީރު
28 October 2022
މުޅި ޔޫރަޕާ އެމެރިކާ ބަލިކުރާވަރަށް ރަސިޔާއަތުގަ ނިއުކުލިޔަރ ހުންނާނެ. ޕުޓިންނަކާ ނުކުޅެވޭނެ.
ކަތުރޭ
27 October 2022
ދުނިޔޭގެ އެންމެބާރުގަދަަ ނިއުކްލިއަރ މިސައިލް އޮތީ ރަޝިއާ އަތު 30 މިނެޓް ތެރޭ ސިނާއީ ގޮތުން ކާރުބާރުބޮޑު ވަރުގަދަ އެމަރިކާގެ ނިއުޔޯކް ސިޓީ ދުނިޔެއިން ފޮހެލާވަރަށް ބާރުގަދަ. ނަގަސާކިއާއި ހިރޯޝީމާއަށް އެމަރިކާ އިން އެޅި ނިއުކްލިއަރ ބޮމުގެ 2000 ގުނަ ވަރުގަދަ ރަޝިއާގެ ނިއުކްލިއަރ މިސައިލް އެވަރުގެ ގާބިލުކަމެއް އެމަރިކާ އަތަކުވެސްބެތް
ލެއްގިކޮމިޝަނަރ
27 October 2022
ތިބުނާވަރުގެ އާރާބާތެއް ރަސިޔާއަތަކު މިހާރަކުނެތް. ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު ބަހާލި ހުރިހާ އެއްޗެތީގަ މިހާރުހުރީ ދަބަރުޖަހާފަ. އެހަތިޔާރުތަކުން ދަބަރުކަހާފަ ބޭނުންކުތުމުގެ ކުރިން އެމެރިކާއިން ރަސިޔާގެ ދުވަސް ދުއްވާލާނެ. އެއްފާކޮރު މީދަލެއް ބަލިނުކުރެވިގެން މިހާރުވެސް ޕުޓިން އެހުރީ ހަމަބުއްދިފިލާފަ
ޓްސާރ
27 October 2022
ތިއީ އޮޅުމެއް. ދުނިޔޭގެ އެންމެ ބާރުގަދަ ބޮމަކީ ހައިޑްރޯޖަން ބޮން.. ހައިޑްރޯޖަން ބޮން އެމެރިކާވެސް ޓެސްޓްކުރި. އިނގިރޭސިވިލާތުން ވެސް ޓެސްޓްކުރި. ރަޝިއާއިން ޔޫރަޕާ ދެކޮޅަށް ހައިޑްރޯޖަން ބޮން ބޭނުންކޮށްފިނަމަ އެއިން ހުދު ރަޝިއާއަށްވެސް ބޮޑެތި ގެއްލުުންތަކެއް ކުރިމަތިވޭ. އެއީ އޭގެ ބާރުގަދަކަމުން.
ރައްޒާގު
28 October 2022
ކަތުރޭ ކަލޭ ތިހިރީ ހަމައިގަތަ. ތިދައްކަނީ މިއުޅޭ ރަދީފް ދައްކާކަހަލަ ވާހަކަ. ރަސިޔާ އަތުގަ ކިތަންމެ ބާރުގަދަ ހަތިޔާރު ހުއްޓަސް ހުޅަނގާ ހަގުރާމަކޮއްގެން މޮޅެއް ނުވެވޭނެ. ތިބުނާ ހަތިޔާތު ބޭނުންކޮއްފިއްޔާ ނިއުޔޯކްސިޓީ ބިމުން ފޮހެވޭގޮތައް ރަސިޔާވެސް ފޮހެވޭނެ. ރަސިޔާ މި ހަގުރާމަފެށީ ޕުޓިންގެ މޮޔަކަމުން. މިހާރު އެއުޅެނީ މިކަމުގެތެރެއިން ނުނިކުމެވިގެން. ޔޫކުރެއިނުން ފައިބައިފިނަމަ މުޅި ދުނިޔޭގެ ކުރިމަތީގަ ފަލީހަތްވީ.
ބީރުބޮލު ވަޒީރު
29 October 2022
ކަތުރޭ. ކަލެޔަށް ތި ކިޔޭ އެއްޗެއް އެގޭތަ؟
ސަންޓޭ
27 October 2022
އޭ މީތި ކަޑައޭ. ކޮންމެގޮތެއްވިޔަސް ނިއުކުލިޔައާ ކުޅޭކަށް ނުވާނެ.