އެންޓި ކޮރަޕްޝަން ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭސީސީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
30 އޮކްޓޯބަރ 2022 - 12:03
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"އެންޓި ކޮރަޕްޝަން ކޮންފަރެންސް 2020" ފެށުމަށް ބަނޑޮސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަަމަށެވެ.
އެ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ރައީސް ވިދާޅުވިގޮތުގައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުމެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް އަދި ކުރާ ތަހުގީގަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ،" ކޮރަޕްޝަންގެ ހުއްޓުވުމުގެ "ޒީރޯ ޓޮލަރެންސް" ގެ ސްލޯގަންއާއެކު ވެރިކަން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިންގާ ކޮރަޕްޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެއީ ހުރިހާ ދައުލަތެއްގެ ތިން ބާރުގަ އާއި މުޖުތަމައުގައި ވެސް ހިނގަމުންދާ ކަންކަން ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ގައުމެއްގައި ހިނގާނެ އެންމެ ބޮޑު ކޮރަޕްޝަނަކީ އެކަމަށް ހިތްވަރުދީ، ކޮރަޕްޝަނަށް ރުހުމެވެ.
"ކޮރަޕްޝަނާއި ފަސާދަ އާއި ނާޖާއިޒު ފައިދާ ނެގުމަކީ ދައުލަތުގެ ތެެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އޭސީސީ ގުޅިގެން މިއަދު ފެށި އެ މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ގެނދާނެ އެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣިނާ
31 October 2022
މަނެތިން އެއްޗެއް ބުނާކަށް. ބުނަންއެތި ބޮޑުކަމުން. ކުޑަކުއްޖަކަށް ވަޅިދިނީމަ ވާގޮތްވެގެން އޭސީސީއަށް އެޅެނީ.
އޮނަރަބްލް އަފީފު ދީދީ
30 October 2022
ޤާނޫނުއަސާސީ ބާރުއަޅާ މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ "ނުޙައްޤު ބާރުވެރިކަން އޮތްނަމަ" އަދި އެފަދަ ކަމެއް ނެތްނަމަވެސް އެވާހަކަ ދައްކާން އެންމެ އައުލާކަން ބޮޑުބަޔަކީ ރައްޔިތުން. # ސޯލީހް ތިގޮތަށް ދައްކަވާ ވާހަކަ ޤަބޫލުކުރާ ރައްޔިތުމީހާވެސް އަދި ތިވާހަކަ އަޑުއަހާ އާއިލީ މީހުނާއި އަމިއްލަފުޅު ޕާޓީ މެންބަރުންވެސް ލަދުވެތި ހިނިތުންވުމަކާއިއެކުގައި ހީލަނީ "ޒީރޯ ޓޮލަރެންސް" ގެ މަތިން ހަދާންވާތީކަން ބޭޅާއަށްވެސް އެގިވަޑައިގަންނަވާނެ.
ސަލީމަބައި
30 October 2022
ތިކަން ނޭގިހެން ދޯ އަމިއްލައަށް އައްޔަންކުރި އެންމެންތައް އިސްތިއުފާ ދިނީ. ޢަނެއްކާ އެތާގެ ރައީސްއަކަށް ހުރި ޝިއުނާ ދޯ ބުނީ މަޖްލިހުގައި ރައީސްއޮފީހުގެ މިނިސްޓަރ ގުޅާ ބިރުދެއްކިވާހަކަ
ށަވިޔަނި
30 October 2022
ހަމަތެދެއް. މިހާރު ކުރިއާ ވަރަށްތަފާތު. މިހާރު މިތިބީ ދިމުގްރާޠީ މުއައްސަސާތައް. މުއައްސަސާތައް އެކުލެވެނީ ނުފޫޒު ފޯރުވަން ނުޖެހޭގޮތައް. ކޯޓުތަކަށް ގާޒިން އައްޔަންކުރެވެނީ ގުޅާފަ ބުނަން ނުޖެހޭގޮތަށް. އެހެންނޫންނަމަ އާނ އެހެންނޫންނަމަ ވެރިކަން ބަދަލުވާއިރަށް ނުވަތަ ދުވަސްކޮޅެއްފަހުން ގާގަޑެއްގައި ބޫޓުޖެހިގެން މީސްމީހުން މަގުމައްޗަށް ވެއްޓޭތަން ފެންނާކަށް ނުޖެހޭ.
ސަސ
30 October 2022
އޭސީސީ އޭ ކޮރަޕްސަނޭ ކިޔާނެކަމެއްނެތް. ތިޔައީ ހުސް ފެއިލްވެފަ ތިބި ބަައެއް
ބޮޑުމީހާ
30 October 2022
އޭސީސީއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް މަޖްލީހަށް ފޮނުވަނީ މަނިކްފާނު. ހިތަށް އެރި މީހެއްގެ ނަން ފޮނުވަނީ. މަހްލޫފް އެހެރީ މިނިސްޓަރުކަމުގަ، ފެނަކަ މިފްކޯ އެސްއޯއީތަކުގެ ވާހަކަ ރަގަޅީ ނުދެއްކިއްޔާ
އަހްމަދ
30 October 2022
އޮޅިގެން ނަމަވެސް މިފަހަރު ތިބުނީ ހެޔޮވާހަކައެއް. ކުރީގައި އެތާތިބި މީހުންނަށް ނުފޫޒު ނުފޯރުވުނީމާ އެންމެން ވަކިކޮށް މިހާރު އެތިބީ ނުފޯޒު ނުފޯރުވިއަސް ކަންތައްކުރާނެ ބަޔަކުލާފާ. އެހެންވީމާ ނުފޫޒު ފޯރުވާކަށްނުޖެހޭ.
ކުޗީ
30 October 2022
އޭސީސީ އިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނެ ، އޮތަސް އޮންނާނީ ސީދާ ރައީސް އޮފީހުގެ ނުފޫޒު.
ސިހިލޭވީ
30 October 2022
މަހުލޫފު ސަލާން ބުނި
ބަކުންބެ
30 October 2022
މާތޮޑާ އަސްލަމްގެ ޕަޕެޓަކާ، ހަސަންޓޭގެ ޕަޕެޓަކާ ނާޒިމްގެ ޕަޕެޓުން ފަދަ އެކިއެކި ފަރާތްތަކުގެ ޕަޕެޓުން ސެޓެއް އޭސީސީ އަށް ނަގާ އެޖައްސަވާ މީޑިއާ ސްޓަންޓްއިން ކޮރަޕްޝަން ހުއްޓުވޭނެނަމަ ހުއްޓުވޭނެ އަދި މިއީ ނުފޫޒް އިން އެއްކިބާވެފައިވާ ކަމިޝާނަކަށްވާނެކަމަށް ޤަބޫލުކުރާނީ ރައީސް އިބްރާހިމް އެކަނި. ޝިއުނާ ގެ ހިތްވަރަށް ވަރަށް ސާބަސްދެން، ޝިއުނާ ކަމުނުދިޔައީ ގޮތެއް ހަދާނުލެވުނީމަ.