ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
31 އޮކްޓޯބަރ 2022 - 09:38
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި އެތައް ކަމެއް ހައްލު ކުރުމަށް ވައުދުވެގެން ކަމަށާއި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށެވެ.
އެހެންވެ ރައީސްގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދު ފުއްދުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ އިންގިލާބީ ބަދަލުތައް އަންނަ ކަމުގެ އިހުސާސް ރައްޔިތުންނާ ގާތް ކޮށްދިނުން ކަމަށް އަމީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު. ދެހާސް ތޭވީސް އާ ހަމައަށް މި ދަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވި ބޮޑެތި ގޮންޖެހުންތައް ގިރާ ކުރަމުން، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓަކީ ކޮވިޑް-19 އިން އަރައިގަތުމަށް ފަހު ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓު ކަމަށާއި ނަމަވެސް ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ހުރި ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށް އަމީރު ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެ، ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް، ތަރައްގީ ވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި،" އަމީރު ވިދާޅުވި އެވެ.
އެ ކަންކަމުގެ އަސަރު ރާއްޖެ އަށް ކުރި ނަމަވެސް މިފަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދޭނީ ގޮންޖެހުންތައް ގިރާކޮށް އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ހިފެހެއްޓުމަށް ކަމަށް އަމީރު ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިފަހަރު ހުށަހަޅާފައި ވަނީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު 40.5 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަޕްޝަން ކަނޑި
01 November 2022
ޕޮލިހުން- ސިފައިން އަނބިން ވިހެއުމަށް ޓްރީޓޮޕް ، އޭ.ޑީކޭ ފަދަ ހޮސްޕިޓަލްެތަކަށް ކުރާ ޙަރަދު ހުއްޓާލާ. އެއާއިލާތައް މިހާރު އައި.ޖ.އެމް އެޗަށް ނުދާނެ ، އަހަރު ދެކޮޅު ވިހަންވިޔަސް ޓްރީޓޮޕަށް ވަދެ 50000 ދަޢުލަތުން ދައްކާލާފަ އެނުކުންނަނީ. ކުރިންވެސް އޮންނަ ގޮތަށް އެމީހުނަށް ބޭސް ފަރުވާ ހިލޭއޮތުން މައްސަލަ އެއްނޫން. ދިމާވާ ބޮޑެތި ކަންތައްތަކަށް އެތަން ތަނުން ފަރުވާ ކުރިޔަސް މައްސަލަ އެއް ނެތް. ނޫނީ ސެނެހިޔާ ނޫސަންދަ ހިންގުން ހުއްޓާލާ.
ވަޢުދު
01 November 2022
ވަޢުދު ފުއްދަން ފޮއްޓެއް ބަހައްޓަންވީ . މިހާ ލަދު ކުޑަ ގޮތްކުޑަ މިނިސްޓަރެއްވާ ނުދެކެން. ވަޢުދުވީ އިރު ބުނަންވެސްވާނެދޯ ވަޢުދު ފުއްދާނި ރައްޔިތުން ފެލާލާގެންނޭ. ލަދެއްވެސް ގައމު ނެތީމަތާ މިހެން ބުނާނި
ސުންކު ސިންގު
31 October 2022
ވައުދު ބަޖެޓުގެ ބޮޑުބައި ޚަރަދުކުރާނީ ރައީސްގެ ރަސްމީ ބޭނުމުގައި އަތޮޅުތަކަށް ކުރާކެމްޕޭން ދަތުރު ތަކަށާއި ދަތުރުގެ ބައިވެރިންނަށްލިބޭ ހަދިޔާއިން. މިހެން މިބުނީ 2018 ވަނައަހަރުގެ ސެޕްޓެމްބަރ އޮކްޓޫބަރ ގައި މިހާރުގެ ރައީސް މަތިންދާ ބޯޓުތަކުގައި ބޫން ބޫން ކުރެއްވި ލެއްގިނަކަމުން އޭރު ފައިސާ ހޯދީ ކިހިނެއްކަން ހިތަށްވެސް ގެނެވިފައި ނުވާތީ! އެކަމަކު މިހާރު ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް އަޅާން ލިބިފައިއޮތީމާ.
ޖަޒޫ
31 October 2022
އަމީރުއެވެ. ވައުދެއްވީޔޭ ކިޔާފަ ވޯޓް ހޯދުމުގެ ނިޔަތުގަ ދަރައިގެން ތިކަންކުރަން ނޫޅުއްވާ
ބޯބޯ
31 October 2022
ހޭކެނޑިފަ ތިބި ދިވެހިން ހޭއަރާ ފުރަތަމަ 100 ދުވަހުގެ ވަޢުދަށްވީ ގޮތް ވިސްނާ. އަވާގަ ނުޖެހި ޤައުމު ސަލާމަތްކުރޭ
ނާނާ
31 October 2022
ޤަޢުމު ދަރުވާފަ ރައްޔިތުން އަތުން ޖީ.އެސް.ޓީ ބޮޑުކޮށްފަ ލަދެއްވެސް ނުގަނޭ ވަޢުދު ފުއްދަންށޭ ބުނަންވެސް.
ކިކީ
31 October 2022
04 އަހަރު ދައުލަތް ދަވާލުން، ފަހުއަހަރު ރަތްޔިތުން ގުނބޯހެއްދުން، ރަތްޔިތުންނަށް އެނގޭ ކަލޭމެން ހަދާއެތި. ދެން ފައިބަން ޖެހޭނީ
ކަލޭނޭޭ
31 October 2022
މަ ހިތައްއަރާ ނެއް ވަރަކުން ކީކުރަން ހިންގާ ޕުރޮޖެކްޓް ތަކެއް ބާވައޭ.ސުކުރު ވެރިވެ އިގްތިސޯދު ކޮއްގެން އުޅެން ވެއްޖެ ނޫންބާވައޭ
48343
31 October 2022
ވައުދެއްނޫން ފުއްދާންވީކީ. ދެން ފައިބާންވީ.
އިއްސެބެ
31 October 2022
ވައުދު ފުއްދަންށޭ ކިޔާފަ އިންތިހާބު ކައިރި ވީމަ ލޮލުގަ އަނދުން އަޅުވާފަ ބުނާނެ މިކަންކަން ފުރިހަމަ ވާނީ އަންނަ ދައުރުވެސް ލިބިގެންނޭ. އަބަދު އެކައްޗެއް ހަދާއިރުވެސް މި ގަމާރު ދިވެހިން ތިބެޔޭ އަނގަ މައްޗަށް ނަގައިގެން