ރާއްޖޭގައި މަނާކުރި ބޭސް: އެ ބޭސް އެތެރެކުރުމާއި ބޭނުންކުރުން ވެސް ވަނީ މަނާ ކޮށްފައި
02 ނޮވެމްބަރ 2022 - 18:05
ބަރުދަން ލުއި ކުރުމުގެ ނަމުގައި ރާއްޖޭގައި ވިއްކަމުންދާ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައިވާ ގޮތުން މަނާކުރީ "ޖަމޫ ސުރުތު އަޔޫ" ކިޔާ ބޭހެކެވެ.
އެމްއެފްޑީއޭއިން ބުނީ ގުދުރަތީ މާއްދާތަކުން އުފައްދާ ބޭހެއް ކަމަށް ބުނެ، އިޝްތިހާރު ކުރިޔަސް، އެ ބޭހުގައި ނުރައްކާތެރި ސައިޑް އިފެކްޓްސްތަކެއް ހިމެނޭ ޑޮކްޓަރީ ބޭސްތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން އައްސި ކުރަން ބޭނުންކުރާ ބޭހަކާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ބޭހެއް ވެސް އެ ބޭސް އުފެއްދުމުގައި ބޭނުން ކޮށްފައިވާ ކަމަށް ތަހުލީލުތަކުން ދައްކާތީ އެ ބޭސް އެހެން ބައެއް ގައުމުތަކުގައި ވެސް މަނާ ކޮށްފައިވާ އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާ ކޮށްފައިވާ ކަމަށެވެ. އަދި ބޭރު ގައުމުތަކުން ރާއްޖެ ބޭސް ގެންނައިރު، އެކަމާ ބެހޭ ސައްހަ މައުލޫމާތު ހޯދުމާއި ސަމާލުވުމަށް އެމްއެފްޑީއޭއިން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު1
05 November 2022
ސައިޑުއިފެކުޓު ހުންނާނެއޭ ކެންސަރަށްވެސް މަގުފަހިވެއޭ ފުޅީގެ ބޭރުގައި ލިޔެފައި ވިއްކަން ހުއްދަދޭންވީނު. ސިނގިރޭޓު ވިއްކާހެން.
ށަވިޔަނި
02 November 2022
ބަރުދަން ލުއިކުރަން އެއްވެސް ބޭހެއް އަދި އެފަދަ އެހެން އެއްޗެއްވެސް ބޭނުން ކޮށްގެން ނުވާނެ. ބަރުދަން ލުއިކުރަން ބޭނުންނަމަ އެންނެ ރަނގަޅީ ގިނައިން ހިނގުމާއި ކަސްރަތު ގިނަކުރުމާއި ދުލަށް އަނގައަށް ރަހަ މީރު ކެއުން ދޫކޮށްލާފަ ތަރުކާރީ މޭވާ އަދި މުގު ފަދަ ކާއެއްޗެހި ކެއުން.
ފޮނިފޮނިޓައްޕު ކުމާރު
02 November 2022
ބަރުދަންލުކުރުމާ ޖިންސީބާރުޖެއްސުމާ މިކަންކަމާގުޅޭ އެންމެހާތަކެތި މަނާކުރަންޖެހޭ.