އެމްޕީއެލުން ގަތް ކަމަށް ބުނާ ދޯނި އެހެލާފައި
10 ޖެނުއަރީ 2017 - 12:46
އެމްޕީއެލުން ފަސް މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަލާކުވެފައި އޮތް 40 ފޫޓުގެ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެމްޕީއެލުން ބޮޑު އަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަން އޭސީސީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް އެތަނަކުން ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބުނާ ލަކުޑި ދޯނި ގަތްއިރު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ދޯނި ބާ ވުމުގެ ސަބަބުން މިހާރު ވެސް އެ ދޯނި އޮތީ އެހެލާފައި ކަމަށް ވެ އެވެ.
އެމްޕީއެލުން ގަތް ކަމަށް ބުނާ ދޯނި ވަރަށް ބޮޑަށް ހަލާކުވެފައި: މިއީ ފަސް މިލިޔަން ރުފިޔާއަށް ގަތް ދޯންޏެއް
ބޮޑު އަގުގައި އެމްޕީއެލުން ބާ ދޯންޏެއް ގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު އެކަން ހިނގިގޮތް ދަންނަ ބައެއް މީހުން ބުނިގޮތުގައި އެއީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އެމްޕީއެލުން ކުރި ކަމެކެވެ.
އެ ކުންފުނީގެ އިތުރު މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
11 January 2017
ތިދޯނި ގަތުމުގައި ކޮރޮޕްޝަން އަށް މަގުފަހިވާ އެއްވެސް ކަމެއް ނެތް. އެކަން ކޮށްފައިވަނީ ރަނގަޅަށް.
އަބްދުއްލާ އަލީ
11 January 2017
ނިމޭއިރު ދޯނި ވެފަ އޮންނާނީ ވަތުކިބަ ގެ ހޭހަން ކުރުމަކަށް ވެ ނިމޭނީ
ކަންނެތްބޮޑޭ
10 January 2017
ބަލަ ޖުނޭ އޭރުޥެސް އަޅުގަނޑު ދެންނެވިން ދެއްތޯ ތިހާ ގިނަ ކަންތައް އެއްފަހަރާ ކުރީމަ މި ހުރިހާ މީހުން ނަށް ައިނގޭނެ ޔޭ މަނިކުފަާ މަާމޮޅީ ދެން އަޅުގަނޑަ ކަށް ނުވާަނެ ބުރޯ
ފުނޯސް
10 January 2017
10 މިލިއަން ދީފަ މަރާމާތު ކޮށްލީމަ އޯކޭވާނެ. އަޑިއަށް ދިޔައީމަ އިންސުއަރެންސް އިން 20 މިލިއަން ހޯދާލާނީ. އެއިރުން 10 މިލިއަން ފައިދާ. ކޮބާ މައްސަލައަކީ. ފައިސާ އެބަހުށްޓޭ؟ ފައިސާ ނެތްނަމަ އެއްނު ޝައްކު ކުރަން ޖެހޭނީ. 500 އިން 1000 އިން ކުރާ އިތުބާރު ހަދާން ކޮށްލާ. ކޫލް އެހެންނު.
ޅަބޭ
10 January 2017
އެމް.ޕީ.އެލް.ވެސް، އެންޓި ކޮރަޕްޝަން ކޮމިޝަންވެސް، ދިވެހި ސަރުކާރުވެސްއޮތީ ބާވެ ފީވެ ދަބަރުޖަހާ އެހެލަންވެފަ. ގުޅިގެން#
ކްލޯސްޑް
10 January 2017
އެމްޕީއެލް އިން މިގަތީ ބާ ދޯންޏެއް ނޫން ކަމާއި އަދި އާ ދޯންނެއް ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވާނަމަ ތާރޑް ޕާރޓީ އަކުން ސެރިޓިފައި ކޮށް ރިކޮމެންޑް ކޮށް އިޝޫ ކޮށްފައިވާ ލިޔުމެއް މަމެންނަށް އެމްޕީއެލް ގެ ސީއީއޯ ދައްކާނެ ކަމަށް މަމެން މިދެކެނީ. އެލައިޑް އިން އިންޝުއަރ ކޮށް ފައި ރިކޮމެންޑޭޝަން ސެރޓިފިކެޓް އެއް ޕްރޮޑިއުސް ކޮށްދަގަ އެމްޕީއެލް އިން ގަތީ އެއީ އާ ދޯންނެެއް ކަމަށް. އެއިރުން މަމެން ޔުނޭނިމަސްލީ އެކްސެޕްޓެޑް. އެމްޕީއެލްގެ ތެރެއަށް މީހުން ބޭނޭތޯ ނުވަތަ ނުބޭނޭތޯ އެއީ މަމެން ބަލަން ބޭނުންވާ އެއްޗެެއް ނޫނެވެ. އެމްޕީއެލްގެ ސީއީއޯ އަށް މަމެން ރިމައިންޑް ކޮށްދޭން ބޭނުންވާ އެއްޗަކީ މީ ރައީސް މައުމޫނުގެ ސަރުކާރެއް ވެސް ނޫން ކަން އަދި މީ ރައީސް ނަޝީދުގެ ސަރުކާރެއް ވެސް ނޫން ކަން. މީ ޕިންކީންގެ ސަރުކާރު. މަމެން ތަފާތު ވާނެ ރަންރީނދުލޭ މެންނާއި. މަމެން ސަރުކާރުން ވައްކަން ކުރާ މީހުންނަށް ބަހައްޓާނީ އަޔަން ފިސްޓް އެވެ. މަމެން ބޭނުމެއް ނޫން މަމެން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ތިޒާތުގެ މަކަރާއި ހީލަތުގެ ދަށުން ކަންކަން ކުރަން. އެކަމަށް މަމެން މަރުހަބާ ނުކިޔާނަން. އަދި އެކަން ކުރާ ސަރުކާރުގެ ކުންފުންނެއްގެ ސީއީއޯ ޖެހޭނީ ވޯކް އައުޓް ކުރަން. މީގައި ނޯންނާނެ އިތުރު އެެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއްވެސް. މިކަން މިމަގުން ހިނގަން ޖެހޭނެ އެވެ. އެނިމުނީ އެވެ. ޗެޕްޓަރ ކްލޯސްޑް.
ޗިކުސް
10 January 2017
އަދި އޮތީ ކުރިޔަށް ތިކަހަލަ ކިތެއް މައްސަލަ ތިތަނުން ފެންމަތި ވާނެބާ؟ ތި ކުންފުނި އުވާލާ.
ކުރޯޑު
10 January 2017
ރައީސް އައްޔަން ކޮށްފައިން ބޯޑުގެ ހާލު ވަރަށްދެރަ ކީއްވެބާ މީގެކުރިން ވާގޮތް ނުވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ކުރެވޭ އެކަމަކު މިވެރިން ސަކަރާތް ޖަހަނީ
ޕިޔާރޭ
10 January 2017
އަގުހެވަސް ބޮޑަސް ތިގަތީ ދަރުގަނޑެއް ސާބަސް އެމްޕީއެލް ގެ ސީއީއޯ އަދި ބޯޑު
ޖިހާދު
10 January 2017
ތި ދޮގު ވާހަކަ ތަކެއް. 65 ފޫޓުޫ އިއޭތޯ. ތިޔަންވުރެން އަގު ހެޔޮ ކޮށް ގަތީ.