އައްޑޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ޕީޕީއެމް
06 ނޮވެމްބަރ 2022 - 20:20
އައްޑޫ ތަރައްގީ ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ސިޓީގެ މީހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
އިދިކޮޅު ޕީޕީއެމުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓް އެހެން ވިދާޅުވީ، އައްޑު އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފޭދޫގެ މީހުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަށުގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް، ހަވީރު ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، އެ ސިޓީން މާބޮޑު ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެހެންވެ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގައި ޓޫރިޒަމް ނެތުމުން އެކަން ނުކުރެވި އޮތީ ޝަންގްރިއްލާ އާއި ހެރަތެރަ، ދިވެހިރާއްޖެއާ މާދުރުގައި އޮތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހަތަރު ބައްރުން މި ތަނަށް ޖެޓްތައް އަންނައިރު ހަމައެކަނި މައްސަލައަކީ ޝަންގްރިއްލާ އާއި ހެރަތެރަ މި އޮތީ ދިވެހިރާއްޖެއާ މާދުރުގައި. އެހެންވީމާ ކިހިނެއް އެނދުތައް ފުރާނީ؟،" ސަމާސާ ރާގަކަށް ޔާމީން ވިދާޅުވި އެވެ.
އައްޑުއަކީ އެކި ދާއިރާތަކުން އެންމެ ފަންނީ މީހުން ތިބި ތަން ކަމަށާއި އެ މީހުން މި ސަރުކާރާ ކުރަންޖެހޭ ސުވާލަކީ މިހާ ދަށަށް އެ ތަނުގެ ހާލަތު ވައްޓާލީ ކީއްވެތޯ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ މީހުންގެ ޒިންމާއެއް އެބައޮތެއް ނޫންތޯ. މިއަދު މިއީ ޒަވާބުދާރީ ކުރަންޖެހޭ ދުވަސް،" މިހާރުގެ ސަރުކާރަށް އަމާޒު ކުރައްވައި އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި ހެދި އިކުއިޓޯރިއަލް ވިލެޖަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެތަން އޮތީ "ދެބައި ކުޅަ އެއްބައި ގަނބައި ފަނި އަޅާފައި" ކަމަށެވެ.
"އަޑީގައި އޮތީ ފަނި އަޅާފައި. އަޅުގަނޑު ދުށިން އެ ފޮޓޯތައް. އެކަމަކު އެއީ ބޮޑު ތަކުލީފަކަށް ވީމާ، އަޅުގަނޑުމެންގެ ވިސްނުން އައީ މިތަން ބަދަލުކުރާނަމޭ،" ޔާމީން ވިދާޅުވި އެވެ.
އައްޑޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީން ވިދާޅުވީ އިކުއިޓޯރިއަލް ވިލެޖަކީ އައްޑޫގެ މީހުންނަށް ބޭނުން ހިފޭ ތަނަކަށް ހެދުމަށް އެ މަނިކުފާނުގެ ވެރިކަމުގައި އެތަން ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ފެށި ކަމަށެވެ.
"އެ އަޅާ ނިންމާފައި ދިޔަ މީހާ [ނަޝީދު] ވިދާޅުވީ މި އޮތީ ޓޫރިޒަމަށް މަގު ހުޅުވާލައިފައޭ. މިއީ ގެސްޓުން އަންނަންވީ ތަނެކޭ. އެ ވަރުގެ ފިކުރު ހުންނަ މީހުން މިއީ. އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރަނގަޅު ކަމަކަށް ކުރެވޭނީ އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް އެ މަނިކުފާނުގެ ވެރިކަމުގައި ހަމަކުރި ކަމަށެވެ. އެކަަމަކު އެވަރު ކޮށްދިނުމުން ވެސް އެތަނުގެ ބޭނުން ހިފަން މި ސަރުކާރަށް ނޭނގުމަކީ އެ މަނިކުފާނުގެ މައްސަލައެއް ނޫން ވިދާޅުވި އެވެ.
އައްޑޫގައި ބާއްވާ "މަވެސް ޕީޕީއެމް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގޭއިރު ވެސް އެކި ރަށްރަށަށް ގޮސް ރައްޔިތުންނަށް އުއްމީދުތައް ދެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޔާމީން ވިދާޅުވީ މި ވެރިކަމަށް ބާކީ ނުވަ މަސް ނެތަސް ބޮޑުތިލަދުންމަތީގައި ޓޫރިޒަމްގެ ބޭނުމަށް 8،000 އެނދު އަޅާ ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
"މި ތަނަށް [އައްޑޫ] އަށް ބޭނުންވާނެ 8،000 އެއް ނޫން 10،000 އެނދު. އެހެންވީމާ ގަބޫލުކުރައްވާ މި ދައުރު ނިމުމުގެ ކުރިން މި ތަނުގައި 10،000 އެނދު އަޅާނެ ގޮތް. ސިއްހީ ދާއިރާއަށް އަންނާނީ ކޮން ތަރައްގީއެއްތޯ ސުވާލު އުފައްދާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި އެ މަނިކުފާނު ހީފުޅު ކުރެއްވި ގޮތާ ހިލާފަށް ފަސް އަހަރުގެ ދައުރެއްގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރެއްވުނެވެ. އޭގެ ތެރޭގައި 68 ސްޕެޝަލިސްޓުން ތައްޔާރުކުރީ އެކި ހޮސްޕިޓަލުތަކަށް ފޮނުވުމަށް ކަމަށް ވިޔަސް އެ ސްޕެޝަލިސްޓުންނަށް ވީ ގޮތެއް ވެސް މިހާރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މި އޮތް ބޮޑު އިންވެސްޓްމަންޓް ހެދީ މިފަދަ ރަށްރަށުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ޑޮކްޓަރުން ތައްޔާރު ކުރުމަށް. މިހާރު އެ މީހުން ޕްރައިވެޓް ސެކްޓަރަށް ގޮސް ނިމުނީ. ކޮބައިތޯއޭ ސަރުކާރުން މި އުފުލި ބުރަ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
އެކަމަކު މިހާރު އެ މަނިކުފާނުގެ ވެރިކަމުގައި ހުޅުވި ދަރުމަވަންތަ ހޮސްޕިޓަލާއި އެހެން ހޮސްޕިޓަލުތަކުގައި ވެސް ޑޮކްޓަރުން ހަމަނުވުމުގެ ކަންބޮޑުވުންތައް ވެސް ޔާމީން ހިއްސާ ކުރެއްވި އެވެ.
އެހެންވީމާ މި ކަހަލަ ކަންތައް މެދުވެރިވާއިރު ތިބޭފުޅުންނަށް ވޯޓު ދިނުމުގައި އޭރު އިރުޝާދު ދެއްވި ބޭފުޅުންނަށް ވިދާޅުވެ ދެއްވާ، މި މުސީބާތް ތިމަންނަމެންގެ މައްޗަށް ފާކުރި ބަޔަކީ ކަލޭމެންނޭ،"--- ޔާމީން
މި ސަރުކާރަށް ހުރިހާ ކަމެއް ވަރިހަމަ ވިޔަސް ރަށްރަށުގައި ނުކުރެވި ހުރި ކަންކަމާ އެއްވަރަށް ގައުމާ މެދު ވެސް އިންތިހާއަށް ކަންބޮޑުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، އެ ހުރިހާ ކަމެއް ހައްލު ކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް އިތުރު ފުރުސަތެއް ދިނުމަށް ޔާމީން އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސް
07 November 2022
2.5 އަހަރު މުޅި ދުނިޔެ ބަންދުވެ،ވިޔަފާރިތަށް ފުޑި، އެތައް ޤައުމެއް ބަގުރޫޓް ވިކަން އެކޮނޮމިސްޓަށް އެގޭބާ. ހާދަ ބޮޑާ ޒާތަކަށޭ ޔާމީނުގެ ވާހަކަ ތި ހުންނަނީ.
ތޮރައްގީ
07 November 2022
ޔާމީނުގެ ތަރައްގީއާ އެއްވަރަށް ދައުލަތުން ވައްކަންވެސް ކުރޭ ޔާމީނުގެ ޕްރައިމަރީ ގޯލަކީ ވައްކަން ކުރުން އެކަމަކު ވައްކަންކުރެވެނީ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިން ކަމަށްވާތީ ދެބައިވެސް ކުރިޔަށް ދަނީ ޝުކުރިއްޔާ ރައީސް ޔާމީން
ސޭކުސްތާން
07 November 2022
ހޮޅި ވާހަކަ ނިދައްކަ
ބިރުވެރި ވަގު
07 November 2022
އަނހާ، އާދޭސްކުރަން ފެށީދޯ، އަޢްޑޫ ކަވާލަން ވެގެން.
އައްޑު ބެއްޔާ
07 November 2022
ކޮބާ 2013 ގައި ހޮވިއްޖެނަމަ އައްޑޫގައި އަޅަން ބުނި 8000 އެނދު.. އައްޑޫ ގައި ގާއިމު ކުރަން ބުނި އައިޓީ ވިލެޖެ.... މަނިކުފާނިގެ ވެރިކަން ނިމުނު އިރު މުޅި އައްޑޫ އިން ތާރު އެޅުނީ 2 ގޯޅީގައި ދެން ފޭދޫ ހިއްކިބިން އެ ނިމުނީ.... މި ވެރިކަމުގައި މިހާރު އައްޑޫގެ ހުރިހާ މަގެއްގައި ތާރު އަޅަމުން ދަނީ.. މީދޫ މަރަދޫ ބަނދަރު ނިމިއްޖެ. ހިތަދޫ ހުޅުދޫ ފޭދޫ ބަނަދަރު ހަދަމުން ދަނީ... ފެނަކަ އާ އިންޖީނުގެ ނިމެނީ.... ގަމުގެ އެއަރ ޕޯޓް މަސައްކަތް ކުރިއަށް ދަނީ...
ތިރީސްއަހަރު
07 November 2022
މީގެ ތިރީހަކަށް އަހަރު ކުރިން މަނިކުފާނު ޓްރޭޑް މިނިސްޓަރަކަށް ހުންނެވިއިރު އައްޑުއަތޮޅުގަމުގަ ފިއުލް ބަންކަރިން ސްޓޭޝަނެއް ހެދުމަށް އަރަބިގައުމަކުން ޕްރޮޕޯސަލް ހުށައެޅުމުންވެސް އެއިން ރަގަޅު ކަޓެއްނުލިބުމުން އެޕްރޮޕޯސަލް ކުނިވަށިގަނޑަށް ލީކަން ދެނެތިބިމީހުން އަދިވެސް ދުނިޔޭގައި އެބަތިބި. އެހެންވީމަ މަނިކުފާނަށް ފުރުސަތު ދޭންވީ ގ.ދޫވެހި ތަރައްގީކުރަން ތޯ ؟
އަސް
07 November 2022
މާލެ ކައިރި ފުނި ޖައްސަން އުޅޭ މޯހަކު ކިހިނެއް އެހެން ތަންތަން ތަރައްގީ ކުރާނީ، ވިސްނުމުގަ ނުހުންނާނެ މާލެ ނޫން ތަނެއް. މައުމޫން އިރުވެސް ތިބި މީހުން ޔާމީނުމެެންނަކީ.
ޑޮކްޓާރ. ބަނާނާ
07 November 2022
ފާއިތުވެ ދިޔަ ތަނުގައި ވެރިކަން ކުރި ހުރިހާ ބޭފުޅުން ވެސް ވަނީ އައްޑޫ މީހުންނަށް ތަރައްގީގެ ހުވަފެން ދައްކާ އޮޅުވާލާ ވޯޓްކޮޅު ދަމައިގަނެ ދޯކާދީފަ. ޙަގީގަތަކީ ކިތަންމެ ފުރުސަތެއްދިނަސް އެއްކަމެއްވެސް މިއިން އެކަކުވެސް ނުކުރާނެކަން!!! ޢަދި ޙިތާމަޔަކީ މިގޮތަށް ގުނބޯ ހައްދާ އަޅުވެތިކުރާ ޢިރު އައްޑޫ މީހުން "އަތް ތެލަބަޑި ތަޅާށް މިވެރިން ފަހަތި އިހަފެއި ތިބޭކަން " .ވަރަށް ސަލާމް!
އެމްސް
07 November 2022
ޝަންގްރިއްލާ އާއި ހެރަތެރަ އޮތީ ޙަޤީގަތުގަވެސް ދިވެހިރާއްޖެއާއި މާދުރުގަ! 2008 އާއި ޖެހެންދެންވެސް މިޤައުމުގަ ވެރިކަން ހިނގީ ދިވެހިރާއްޖެ އަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން! ރަޢިއްޔަތުންގެ ތަރައްޤީއަށް ބޭނުންވާނީ 8،000 އާއި 10،000 އާއި ދެމެދުގެ ޢަދަދަކަށް އެނދެއް ނޫން، ކޮންމެ 50000 ގެ އާބާދީއަކަށް ދެކޮޅުޖެހޭ އާމްދަނީއެއްގެ 10000 ވަޒީފާ! ބަލިވީމަ ހޮސްޕިޓަލަށް ދައްކާ، ބޯހިޔާވަހިކަމާއި ތަޢުލީމު ޙަސިލުކޮށް، ކަންކަމުގަ ނުދަރާ އުޅެވޭނީވެސް އޭރުން!
ގަމަރު
07 November 2022
ސޮރީ ސާ! އަފިރިންނަށް ދެން ނެތް އިތުރަށް ދައުރެއް ދެވޭކަށް. 5 ޢަހަރު ދިނީމައި އަޅާވެސް ނުލާ އަމިއްލަ އެކައުންޓްއަށް އެފައިސާ މިފައިސާ ލެވޭތޯ ބެލީ.