ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ވަޑައިގަންނަވަނީ--ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2022 - 23:08
ހާމަކުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރަށް ބައެއް ފަހަރު ތަކުލީފް އުފުލަން ޖެހުނަސް ހާމަ ކުރުމުގެ ސިޔާސަތު ހިފަހައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ކުރީ ސަރުކާރު ވެރިކަމުގައި އޮތް ދައުލަތް ތެރޭގައި އޮތް ކިލަނބުކަން ބޮޑުކަމުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ހާމަކަން ބޮޑު ގޮތެއްގައި ދައުލަތް ހިންގުން ކަމަށެވެ.
އޭގެ ބަދަލުގައި މިހާރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތައް މަގެއް އަދި ވަސީލަތްތަކެއް ފަހިކޮށްދީފައިވާ ކަމަށާއި މާލީ ހިސާބުތަކާއި، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާއި، ކޮށް ނިންމާފައި ހުރި ކަންކަމާއި އިތުރަށް ކުރާނެ ކަންކަމުގެ މައުލޫމާތަށް ވެސް މިހާރު ވާސިލްވެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހާމަކުރެވޭ މައުލޫމާތުގެ ދެ ފޮޅުވަތް ދޭތެރެ އާއި ފިލިކޯޅިން މާނަ ނެގުމަކީ ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެ ވެސް މިހާރުގެ ރޫހަކީ ހަމަ ހާމަކުރުން،" ރައީސް ވިދާޅުވި އެވެ.
އިސްވެ މައުލޫމާތު ހާމަ ކުރުމަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވެވަޑައިގެންފައިވާ ވައުދެކެވެ.
ނަމަވެސް ސަރުކާރުން އިސްވެ މައުލޫމާތު ހާމަ ކުރުމުގެ ކުރިން މައްސަލަތައް ފެންމަތިވެ، ހޫނުވާ ހިސާބުން ކަންކަން ހާމަ ކުރާތީ އެކަމުގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވެ އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުގެ ނޭދެވޭ އަސަރު ރާއްޖެ އަށް ކުރާ ކަމަށާއި ނަމަވެސް އެ ނޭދެވޭ އަސަރަށް ވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅައި ތޫނު ކުރާ ބަހުރުވަ ކަމަށެވެ.
"ރާއްޖެ ބަނގުރޫޓްވެ، އިގްތިސާދު އިނދަޖެހި، ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރު އޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ ކަމަށާއި ކޮންމެ ހާލަތަކުން އަރައިގަތުމަށް އެ ވަގުތަކަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލްތައް ރާއްޖޭގެ އިގްތިސާދީ މީޓަރުތަކުން ދައްކަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
13 November 2022
މިއީ ބަހާ އަމަލަކާ އަގަޔާ އަތަކާ ފަޔަކާ ދިމާވާ ސަރުކާރެއްނޫން..
2023
12 November 2022
ސިޔާސީ އެންމެން ގޮވައިގެން ކުރިޔަށް ދާތީ، މަނިކުފާނަށް ތައުރީފު ހައްގު، ރައީސް އަދި ނައިބް ރައީސަށް ވަރަށް ތާއީދު ކުރެވޭ. ދެބޭފުޅުންނަށް ކުރިއެރުން އެދެން.
ބަރުބާދު
12 November 2022
ތިޔަވިދާޅުވަނީ ރައިއްޔަތުން ކިތަންމެބޮޑު ތަކުލީފެއް އުފުއްލަންޖެހުނަސް މިސަރުކާރުން ހާމަކަންބޮޑުގޮތެއްގައި ދައުލަތުގެ ޚަޒާނާ ލޫޓުވާލިވާހަކަތޯ.؟.
ބަރުބާދު
12 November 2022
އިންޑިޔާގެ ކުންފުނިތަކާ ކުރާ އެގްރީމެންޓްތަކަކީވެސް ގައުމީ ބޮޑުސިއްރަކައްވަނީ ހާމަކަން ކިހާވަރަކައް ބޮޑުވެގެންތޯ؟.
ބަރުބާދު
12 November 2022
ހާމަކަންބޮޑުކަމުންތޯ ވެންޓިލޭޓަރ މައްސަލަ ހިނދިގެންއުޅެނީ؟. ހާމަކަންބޮޑު ގޮތެއްގަ ސަރުކާރުގެ ހުރިހާ ގާނޫނަކާއި ގަވާއިދުތަކެއް މުގުރާފަ އެތައްމިލިއަނެއް ކާލީމަވެސް ދައުވާކުރެވޭވަރައް ހެއްކެއްނެތް. އެންމެ ކުޑަވެގެން ގާނޫނާ ގަވާއިދާ ޚިލާފުވުމަކީ ވެސްކުށަކައްނުވި
އެހެންވީމަ
12 November 2022
ހާމަކުރަން ރައްޔިތުން އެތިބަ އެދޭ ކަންކަން ހާމަކޮށްލަދޭންވީނޫންތޯ ތަކުލީފުކޮޅެއް އުފުއްލަވައިގެން. އެންމެ މުހިއްމު ކަންކަން ވަނީ ހާމަނުވެ.
މުހައްމަދު ނަސީރު
12 November 2022
ޖަރީމާއެއް ހިންގާހެން ހީވެގެން ހާމަ ކުރަން އަންގާ އިރަށް އޮންނަނީ ގައުމީ ސަލާމަތަށް ނުރައްކާވެފަ.
ސަރުދާރުު
12 November 2022
ހާމަކަން ބޮޑު ވީމަތޯ ތިބޭފުޅުން ކުރައްވާ ދަތުރު ތަކުގެ ތަފްސީލްވެސް ނުދެވެނީ. އެޔަށްވެސް މިލިޔަނުން ހަރަދުވޭ. ދެން އެހެން އެއްޗެއް ހާމަކުރަން އެދުނީޔާ ގައުމަށް ނުރައްކަލަކަށް ވެގެން ހާމަ ނުކުރެވޭ. ނުރައްކާވާ ގޮތެއް ބުނެނުދެވޭ. އެހެންނީނޫނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއްވެދާނެތީ. ގެއްލުން ވާގޮތެއް ބުނެނުދެވޭ. ކޮބާ ކުރީ ސަރުކާރެކޭ މި ސަރުކާރެކޭ މާބޮޑު ތަފާތެއް؟
އެމްސް
12 November 2022
ހާމަކަން ކިތަންމެހާވެސް ބޮޑު! އެހެނީ ދައުލަތުން އެދިގެން، މިއަހަރުތެރޭވެސް، ޔޫތު މިނިސްޓަރުގެ ޝަރީޢަތްވެސް 2 ބުރަށް ކެންސަލްކޮށްފި ވިއްޔާ!
ގޯރުނުދޯތު
12 November 2022
ހާމަކަން ބޮޑުވީ ކިހިނެތް؟ ރައްޔިތުން ހޮވާފަހުރި މީހަކު ރައްޔިތުން އެންމެބޮޑަށް އެނގެން ބޭނުންވި ކަންކަން ހާމަނުކުރުމަކީ އެމީހާއާ ދޭތެރޭ އިތުބާރު ނުކުރަަނެކަމެއް. ކަން މިހެންއޮތްއިރު ކަންކަން ކުރަނީ ހާމަކަންބޮޑު ގޮތަކަށޭ ބުނުމަކީ ބޮލުގަ ރިއްސާކަމެއް.