ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ޕްރިމިއަމް ވިލާތަކުގެ ޑިޒައިނެއް -- ފޮޓޯ: އެޗްޑީސީ
14 ނޮވެމްބަރ 2022 - 10:54
ހުޅުމާލެ 2 ގައި މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކެއް އަޅަން ނިންމައި އެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.
އެޗްޑީސީން އެ މަސައްކަތް ހަވާލުކުރީ ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "އަސޭރިއާ" ކިޔާ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ބެޗް ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އާއި ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު، ހުޅުމާލޭގައި ހަދާ ޕްރިމިއަމް ވިލާތުގެ މަޝްރޫއުގެ އެއްބަސްވުން ބަދަލުކުރައްވަނީ -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ ނޫސްބަޔާނުގައި ބުނިގޮތުގައި، އެ ވިލާތައް ހަދަން ނިންމާފައި ވަނީ އެ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ޓުއަރިޒަމް އައިލެންޑާ ގާތުގައި 300،000 އަކަފޫޓުގެ ބިމެއްގަ އެވެ. އެ މަޝްރޫއުގައި ރާއްޖެ އަށް އަލަށް އަލަށް ބީޗް ފްރަންޓް ޑުވެލިން، ގާޑަން ޑުވެލިން އަދި އާބަން ޑުވެލިން ތައާރަފުކުރާނެ ކަމަށް ވެސް ބުންޏެވެ.
އެ ވިލާގެ ކޮންމެ ޔުނިޓެއްގައި 2،000 އަކަފޫޓު ހުންނާނެ އެވެ. އެ އިމާރާތް ޑިޒައިން ކުރަނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް 1،200 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށެވެ.
• ސެމީ ގާޑެޑް ސެކުއިރިޓީ
• ޕްރައިވެޓް ނެއިބަހުޑް
• ރެސިޑެންޓް ބަގީޗާ
• ގާޑްރޫމް
• ޕޮލިސް ޕޯސްޓް
• ކްލަބް ހައުސް
• ލެޕް ޕޫލް އަދި ޕޫލް ހައުސް
• ވެލްނެސް ސެންޓަރެއް
• ރެކްރިއޭޝަން ސެންޓަރެއް
• މަލްޓި ޕަޕޮސް އިވެންޓް ހޯލެއް
• ކޮމާޝަލް ކޮމްޕްލެކްސްއެއް
ހުޅުމާލޭގައި އަލަށް ފަށާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ އާއި ބައެއް ކުންފުނިތަކުގެ އިސްވެރިން -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ އެ މަޝްރޫއުއާ އެކު ހުޅުމާލެ އަށް 'ލަގްޒަރީ ލިވިން' ތައާރަފުވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ. ހުޅުމާލެ އާއި ރާއްޖެ އަށް ވެސް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް އެ މަޝްރޫއުގެ ދަށުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް އެ މަޝްރޫއު އަގު ހާމަކޮށްފައެއް ނުވެ އެވެ.
އެ މަސައްކަތް ހަވާލުކުރި ބެޗް ކޮންސްޓްރަކްޝަނަކީ އެ ކުންފުނިން ހިންގާ ކޮންމެ މަޝްރޫއެއްގައި ވެސް އެންމެ ތަޖުރިބާކާރު މުވައްޒަފުން މަސައްކަތް ކުރާ އަދި ގާބިލު ކުންފުންޏެއް ކަމަށް އެޗްޑީސީން ބުންޏެވެ.
"ކުންފުނީގެ ތާރީހަށް ބަލާލާއިރު އެންމެ ދިގު މަޝްރޫއުއެއް ނިންމާލުމަށް މިހާތަނަށް ބެޗް ކޮންސްޓްރަކްޝަން އިން ހޭދަކޮށްފައިވާ އެންމެ ދިގު މުއްދަތަކީ 20 މަސް ދުވަސްކަން ފާހަގަކޮށްލަންޖެހެ އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
"އާސެރިއާ" މަޝްރޫއަކީ ހުޅުމާލެ އަށް އިންގިލާބީ ބަދަލެއް ގެންނާނެ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނެ
20 November 2022
ކޮންމެ ނަމެއްކިޔާފަވެސް ފްލެޓް ދޭނި ދިރިއުޅެވޭނެ ގޮތް ހުރި މީހުންނަށް.ﷲ އިރާދަ ކުރެއްވިއްޔާ އަހަރެމެން ނިކަމެތިންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ.
ކްރޯރްޕަތީ
16 November 2022
ހުރިހާ އެއްމެން ދަރަނި ނަގައިގެން މުއްސަނދިންނަށް ފަހި ދިރިއުޅުން ހޯދައިދޭން ހެދި ޕްރޮޖެކްޓެއްދޯ! ކިތައްމެ ސާލިހުކަމަށް ހެދިގެން އުޅުނަސް ހަމަ ނަމުން ސާލީހު. ވޯޓު ކަރުދާހުގައި ޖަހާނީ ×. އެގިއްޖެ.
އެމްސް
15 November 2022
މިހާތަނަށް ހުޅުމާލޭގަ ބިނާކުރި އެއްވެެސް ތަނަކީ މެދުފަންތީގެ އާމްދަނީންވެސް ފޯރާވަރު ތަންތަނެއް ނޫން! މިލިޔަން މިލިޔަނުން އަގު ދެއްކޭނީ މުއްސަދިންނަށް އެކަނި! މިއީ ވޯލްޑް ބޭންކުންވެސް ބުނިގޮތް!
ބަކާރީ ޢަލީ
15 November 2022
ބަލަގަ މިތަންތަނަކީ ރާއްޖެތެރޭ މީހުނަށް ކުއްޔަށް އުޅެވޭ ވަރަސް ވުރެ މާ އަގުބޮޑުތަންތަން... މަމެން ނޫޅެން މިތަންތަން ކުއްޔަށް ދޭކަށް...
2023
15 November 2022
ތަމެންނޭވެ. މަމެންގެ މަގުސަދަކީ މުއްސަދިން އިތުރަށް މުއްސަދިކޮއް ނިކަމެތިން އިތުރަށް ގަނަތެޅުވުމެވެ. ވަރަށް ސަލާމެވެ. ދެން ބާރަށް އަތްޖަހާފައި އަނެއްކާ ސޯލިހު ރާޖާއަށް ވޯޓޭއް ދޭށެވެ.
ޒިންދު
15 November 2022
ކޮންމެސް މީހަކު އެޗުޑީސީއަށް ހުޅުމާލެ ހިއްކާ އެތަން ހިކިފަސްތަނަކަށް ހަދަން ވެރިއަކު ނިންމި ސަބަބު އޮޅުންފިލުވާލަދީބަލަ. އެއްޗެއް ކިޔެވިފައި ހުއްޓަސް ސިކުޑި މަސައްކަތް ނުކުރާނަމަ ނުވަތަ ހިސާބައްތުރެ އަމިއްލަ އެދުން ބޮޑުންވެ ކޮރަޕްޓުވީމަ ވާނުވާ ގެޓުވެސް ނުވެދާނެ. އެޗުޑީސީ އުވާލަން ޖެހޭ. ބޭކާރު ތަނެއް.
މޫސާ ފައްޔާޒް
15 November 2022
އެކަން ކުރަން ހޭދަވީ ފައިސާ ރިކަވާކުރާނެ ގޮތްތައްވެސް ހަދަންޖެހޭނެ.
ޒުބޭރު
15 November 2022
އެޗުޑީސީއަށް ވުރެ ކޮރަޕްސަންގެ ފަންޏާ ފުޅަ އަޅާފައި އޮތް އެހެން ދެވަނަ ތަނެއް ނޯންނާނެ. މިދިޔަ އަހަރު އަހަރެން ދަންނަ ވަރަށް ކޮލިޓީ ތަޖުރިބާކާރު 2 މީހަކު އެތަނަށް ޖޮބައްލީ. އެކަމަކު ޖޮބު ދިނީ އަޑިއަޑިން އެތަނުގެ ނުފޫޒު ގަދަ މީހުންނަށް ގުޅައިގެން އުޅުނު މާބޮޑު ކޮލިޓީއެއް ނެތް ބަޔަކަށް.
މުއްސަދި މީހާ
15 November 2022
މިހާރު އެސްޓީ އޯގަ އަޅާ ފުލެޓުތައްވެސް މުައްސަދިންނަށް އަޅައިދޭ ފުލެޓު ތަކެއް
ތޫތީ
14 November 2022
ވަކިތަނެއްނޫން ހުރިހާތަނެއްވެސް މުއްސަދީންނަށް، ކުންފުނިތަކުގައި އަޅާފުލެޓު ގަނޑުވެސް މުއްސަދީންނަށް، ގަވާއިދު ހަދާފައޮނަނީ، މައުލޫމާތު ލިބުންގޮތުގަ، އެސްޓީއޯ ފުލެޓުވެސް ހަމައެކަނި މުއްސަދި މިހޫންނަށް ލިބޭގޮތަށް ހަދާފައެއޮތީ، ގެދޮރުހުރި އަދި އެކި ތަންތަނުން ފުލެޓުވެސް ލިބިފަ ތިބިމީހުންނަށް ލިބޭގިތަށް އޮތީ، އެއްމެ އަވަހަށް ރުފިޔާދޭ ފަރާތަކަށް މިލިބެނީ، މުއްސަދީންނަށް ހުރިހާދިމާލުން މިލިބެނީ، ފޯމުފުރާއިރު އެންމެހާލުދަށީވެސް މުއްސަދީން.
ސައިދުބެ
14 November 2022
ހުރިހާތަނެއް މުއްސަދީންނަ. އާދައިގެ ތަނެއް އެޅިޔަސް ނުފޫޒް ފޯރުވާގެން މުއްސަދީން އަދި ސިޔާސީ މީހުން އެތަންތަން ވެރިވަގަނޭ، އެމީހުންގެ ވިޔަފާރި ފުޅާކުރަން، ވަރިހަން ތިން ހަތަރުތަން ލިބުނަސް ސަރުކާރުން އަދި ކުންފުނި ތަކުންއަޅާ ފުލެޓުގަނޑުވެސް ވެރީންނަށް ލިބޭގޮތަށް މޮޅެތި ގަވާއިދުހަދށާ، އެމީހުންގެ އިންކަން އިތުރަށް ފުޅާކުރަން އޮނަނީ ހަދާފަ، އާދައިގެ މިހާ މިޖެހެނީ އޭނަގެ އަތުން ނަގަން.