ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން މިއަދު ކުރަނީ.---ފޮޓޯ: ސްޓެލްކޯ
15 ނޮވެމްބަރ 2022 - 12:42
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.
އެ ކުންފުނިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ. އެހެންވެ، އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.
ސްޓެލްކޯ އިން ބުނީ، ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް މިހާރު ބެލެވޭތީ، އެ ކޭބަލް ވަކިކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
"މި މަސައްކަތަށް ހޭދަވާނީ 2 ގަޑިއިރު ކަމަށް ބެލެވޭ،" ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
16 November 2022
މި ފަދަ ހާލަތަކަށް ސްޓެލްކޯ އަށް ތައްޔާރުވެފަ ނެތް ކަމީ ހިތާމަޔެއް. ހުޅުމާލެ ފަދަ އަގު ބޮޑު ސިޓީއެއްގައި ޔުޓިލިޓީ ނެޓްވޯކް މިހާ ފަސޭހައިން ގެއްލުން ލިބުން ބަލައި ނުގަނެވޭ. އިންޝުއަރ ކުރިތޯ ސުވާލު އުފެދޭ. ތަރޑް ޕާޓީ ނެގްލިޖެންސަށް ބަދަލު ނަގައިދިނުމުގެ ހަރުދަނާ ނިޒާމެެއް ގާއިމު ކުރަންޖެހޭ. މަސައްކަތުގެ އަޚްލާގަކީ ޒިންމާ ނަގައި ޒިންމާދާރު ކުރުވެން ޖެހޭ މުހިންމު މައްސަލަޔެއް. މި ކަހަލަ ހާކާލިބުރުވާލި ޚަބަރަކުން މި ފަދަ މައްސަލަ ހައްލުނުވެ ވާނީ ބޮޑު.
ޏާނީ
15 November 2022
ޢެޗްޑީސީން ކިތަންމެވަރަށް ޖެއްސުންކުރިޔަސް ރައީސް ޔާމީނަކަށް ގެއްލުމެއްނުވާނެ. ޢެޗްޑީސީން ތިކުރާ ޖެއްސުމުގެ ގެއްލުންވަނީ ހިޔާގައި އުޅޭ ނިކަމެތި ރައްޔިތުމީހާއަށް. ދެން ބުނޭ އެޗްޑީސީ އާ ކޮންކަމެއްހޭ. މަގުތައް ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާގޮތް ވަރަށްގާތުން ފެނޭ. މުޅިތަނަށް ކުނިއަޅާފަ ޕެލެޓުތައްވެސް ތާރުވެސް އެބަހުރި އަޅާފަ. ކޮނެފަ ހުންނަ ވަޅުގަނޑު އެބަހުރި އެއްވެސް ނިޝާނެއް ޓޭޕެއް ނުދަމާ. ޢެޗްޑީސީ ސުޕަވައިޒްނުކުރެ
ބެރެބެދިމާ
15 November 2022
އެޗްޗީޑީ އުވާލާ
ޒެޑު
15 November 2022
ކޮރަޕުސަންގެ ފަނިއަޅާ ތަގައްޔަރުވެފަ އޮތް ހާއްޔެއް އުވާލަންވިތާ ކިތަންމެ ދުވަހެއް
ލައްޗޭ
15 November 2022
އެޗުޑީސީއަށް ވުރެ ކޮރަޕްސަންގެ ފަންޏާ ފުޅަ އަޅާފައި އޮތް އެހެން ދެވަނަ ތަނެއް ނޯންނާނެ. މިދިޔަ އަހަރު އަހަރެން ދަންނަ ވަރަށް ކޮލިޓީ ތަޖުރިބާކާރު 2 މީހަކު އެތަނަށް ޖޮބައްލީ. އެކަމަކު ޖޮބު ދިނީ އަޑިއަޑިން އެތަނުގެ ނުފޫޒު ގަދަ މީހުންނަށް ގުޅައިގެން އުޅުނު މާބޮޑު ކޮލިޓީއެއް ނެތް ބަޔަކަށް.
އިސްމާއިލް
15 November 2022
ފަރުވާކުޑަކޮއް ނަރުއެޅީ ޔާމީން، ނަރުބުރިކުރީ އިބުރާހިމް މުހައްމަދު ސޯލިހު، އެހެން ވީމާ ދެމީހުން އެއްވަރު ދޯ. އެހެންތާ ތިބުނެވެނީ.
ދުމައިން
15 November 2022
ނަރުއަޅަން ފިސާރި ބަޔަކާ ހަވާލުކޮށް މޮބިލައިޒްކޮށްފަ އޮތީ ޔާމީނުއިރު. މިސަރުކކާރުން އައިސް ޑިޒައިން ޗޭންޖަކަށޭކިޔާ ހިއްޓުވިގޮތަށް އަދިވެސް އެ ޑިޒައިން ފައިނަލް ނުވޭ. ހިޔާޔަށް މީހުންވަންނަންވީއިރުވެސް ކަރަންޓުނޭޅޭ. ވަގުތީ ކަރަންޓެއް (ދާއިމީ ގްރިޑްގެ ތެރެއިން) ހިޔާޔަށް ދިނީ. އެއީ މިވެރިކަމުގަ. ސްޓެލްކޯ ފުލެޓަށް މީހުންވަންނަންވީމަ އެމީހުން އަމިއްލަޔަށް ކަރަނޓުދިނީ. ދެން ތިބީމީހުން އަދި ތިބީ.. ވަރުގަދަ ވެރިިކަމެއް މިހިނގަނީ.
ވަސިއްޔަތް
15 November 2022
ވީމާ ތިޔަ ލިފްޓްތަކަށް ވަންނަންވާނީ އެންމެފަހުގެ ވަސިއްޔަތްތައްކޮށްފަ
ހަމް78
15 November 2022
މިކަހަލަ ކަމަކައް ތައްޔާރުވެ ރިޑަންޑެންސީ ފިޔަވަޅެއްވެސް އަޅާފަނެތީތަ. ބޮޑު ސިޓީއެއްގެ އާބާދީ އައް ކަރަންޓުދޭން ހަމަ އެންމެ ކޭބަލެއް.
ށަވިޔަނި
15 November 2022
ތަންތަން ކޮންނައިރު ތަންދޮރު ނޭނގޭ މީހުން ލައްވާ ކޮނުވާނަމަ ތިފަދަ މައްސަލަތައް ދިމާވާނެ. ކޭބަލް އަޅާއިރުވެސް ވިސްނަންޖެހޭނެ ކަންތައްހުރެއެވެ. އެފަދަ ކަންކަމަށް ނުވިސްނަނީ ޚަރަދު ކުޑަކުރަންކަމަށްވެސް ވެދާނެއެވެ.
ލާމަސީލު
15 November 2022
ފަރުވާކުޑަކަމުން ކޭބަލް އަޅާފަ އޮތް ލޭނަށް ނުބަލާ އެތަން ކޮނުމުގެ ސަބަބުން އެކޭބަލް ބުރިކުރި މީހުންނަށް ހަރުކަށި އަދަބު ދީގެން މެނުވީ މިކަންކަން އިސްލާހުނުވާނެ. އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާށޭ. އަޅާށޭ. ފަރުވާ ކުޑަވެގެންގޮސް ހިޔާފްލެޓް ގެ މީހުން ކަރަންޓުން މަހުރޫމްކުރަން އިހުމާލުވި މީހުން ބޮޑެތި އަދަދުން ޖޫރިމަނާ ކުރާށޭ. ކުރާށޭ.
އަލީހަމީދު
15 November 2022
އެއީ ރާއްޖޭގަ އޮންނަކަމެއްނޫން. ކިތަންމެބޮޑު އިހުމާލެއްވިޔަސް އެމީހަކާމެދު ނުވަތަ އެބަޔަކާމެދު އެއްވެސް ފިޔަވަޅެއް ނާޅާނެ. އެހެންވީމަ ބައެއްގެ ފަރުވާކުޑަކަމުން އެހެން ބަޔަކަށް ކިތަންމެބޮޑު ގެއްލުމެއްވިޔަސް މައްސަލައެއް ނެތެއްނު.
ޓުކުރިން
15 November 2022
ޝުކުރިއްޔާ ރައީސް ޔާމީން އިބޫސޯލިހު އިސްތިއުފާ
ކޮތަރުކޮށި1
15 November 2022
އެޗުޑީސީ އަދިވެސް އުޅޭ މުއްސަދިންނަށް ލަގުޒަރީ ފުލެޓު ނޭޅިގެން ކެކެ