ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ޓެކްސް ބޮޑުކުރަން ސަރުކާރުން ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި ހިންގި ބޮޑު ކޯޅުމަކަށް ފަހު.
22 ނޮވެމްބަރ 2022 - 11:48
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމުން ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުވާނެ އެވެ. ޖީއެސްޓީ ވެސް ހަ ޕަސެންޓުން އަށް ޕަސެންޓަށް އެ ތާރީހުން ފެށިގެން ބޮޑުވާނެ އެވެ.
ސަރުކާރުން އެ އިސްލާހު ގެންނަން ބޭނުންވި ސަބަބެއް ކަމަށް ބުނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށެވެ.
ޓެކްސް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލަށް ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލުމަށް ފަހު، ސަރުކާރުން ފޮނުވި ގޮތަށް ފާސްކުރީ މިދިޔަ މަހު 31 ގަ އެވެ. އެ ބިލް ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީ އަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އަންނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 32 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމައި، އެ އަށް އަމަލު ކުރަން ފެށިއިރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ލަފާދީފަ އެވެ. އެމްއެމްއޭ އިން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އޭގެ ތެރެއިން 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެކެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ފައިދާ އިތުރު ކުރުމަށް ވިޔަފާރިވެރިން މިހާރަށް ވުރެ ވެސް އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ ޓެކްސް ބޮޑު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ހަރަދުތައް ހަމަޖައްސައި، ޑެފިސިޓް ކުޑަކުރުން ކަމަށް ވިޔަސް އެކަން އަންނަ އަހަރުގެ ބަޖެޓުން ހާސިލެއް ނުވާ އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރީ، މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޮޑު ކޯޅުމަކަށް ފަހު އެވެ. ނަޝީދުގެ ފެކްޝަންގެ މަޖިލިސް މެމްބަރުން ޓެކްސް ބޮޑުކުރަން ދެކޮޅު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބޭނުންވީ އެ ގޮތަށް ފާސްކުރާށެވެ. އެއާއެކު އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވެސް އެ މައްސަލާގައި އެރީ ނަޝީދުގެ ފެކްޝަންގެ މެމްބަރުންގެ ފަހަތަށެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނީ
23 November 2022
2023 ފެށޭ ރޭ އެކަކުވެސް ހެޕީނިއުޔަރ ނުކިޔާތި. އެއީ ރައްޔިތުން ހިތާމަކުރަންޖެހޭނެ އަހަރެއް.
ކިރު ސައި
23 November 2022
އެހެންވީމަ 8% ވޯޓް ދީ.
ރަށުމީހާ
23 November 2022
ސާބާހޭ އިބޫ އަށް 2023 ކީކުރަންތޯ 2028 ވެސް ދޭނަން ވަރަށް ސަލާން.
ލައިލާނީ
22 November 2022
ބާނާ މަހުން ޖީއެސްޓީ ނުނަގަނީ ކީއްވެ؟ ޓޫރިޒަމުން ބޮޑު ޖީއެސްޓީ ނަގާ ގޮތަށް ފިޝަރީޒް ޖީއެސްޓީ ވެސް ނަގަން ފަށަން ފެނޭ. ޓޫރިޒަމާއި އާންމު ވިޔަފާރިތައް އެކަނި ފެލައިގެން ލިބޭ ވަރަށް ވުރެ ގިނަވާނެ މަސްވެރިންނާއި ދަނޑުވެރިން ފެލަން ފެށީމަވެސް...
މިއުސަމް
22 November 2022
އިބޫ ސޯލިހު އަށް ވެސް 2023 ގައި ދޭނީ %8 ވޯޓު
@މި we uސް
23 November 2022
100އިގެ ވާހަކައެއް
ބޮޑުހުސޭނު
22 November 2022
ބޭނުންވަރަކަށް އަހަރެމެންފެލާ. ވޯޓޭކިޔާފަ މަގޭގޯތީ ހަތަރުފާރުން އެތެރެ ނުވާތި
ނާމްދި ކާނޫ
22 November 2022
އަދިވެސް އިތުރަށް ބޭކާރު ހަރަދުކޮށްފައި، ނުކަތާވަރަށް ސިޔާސީ ބޭކާރު މަގާމުތަށް އުފައްދާފަ އެކަންތައްތައް ފަންޑު މިކުރަންޖެހެނީ ރައްޔިތުންގެ އަތުން އިތުރަށް ޓެކުސް ފައިސާ ނަގާގެން؟ މާ ރަންގަޅުވާނެ އެއްނޫންތޯ ސަރުކާރުގެ ބޭކާރު ހަރަދުތަށް މަދުކޮށް ، ކަރަޕްޝަނާހެދި ސަރުކާރަށް "ގެއްލިފައި" ވާ އެތަކެއް ބިލިޔަން ފައިސާ ހޯދަން ހަރުދަނާ މަސައްކަތެއް ކުރިއްޔާ؟ ސަރުކާރަށް ފައިސާ މެނޭޖުކުރަން ނޭންގުނީމާ އޭގެ ބުރަ ރައްޔިތުން ތޯ އަބަދު އުފުލަން ޖެހެނީ؟ ފެއިލް!
ކޮރަލް
22 November 2022
ޖީއެސްޓީ އާ ޓީޖީއެސްޓީ ބޮޑު ކޮށްގެން އާމްދަނީ އިތުރުވަނީ 3.6 ބިލިއަން ރުފިޔާ އެވެ. ބަޖެޓް މިއޮތީ ލިބޭނެ އާމްދަނީ އަށް ވުރެ އެތައް ބިލިއަން ރުފިޔާ އެއް ބޮޑުވާ ގޮތައް ފާސް ކޮށްފަ އެވެ. ހަރަދު ކުޑަ ކުރަން ކޮށްފަ ހުރި އަދި ކުރާ އެއްވެސް ކަމެއް ހާމަ އެއްނުކުރެ އެވެ. މިވަރުން 2023 ގަ އެމްޑީޕީ އަށް ވޯޓް އެއް ނުދެވޭނެ އެވެ.
ކިޑު
22 November 2022
ރައްޔިތުން އިބޫ ގެއަށް ފޮނުވާލުމުގެ އިސްލާހު ތަސްދީގުކުރަން ތައްޔާރުވަނީ
ޢަދުލްއިންޞާފު
22 November 2022
މޭނެތް ކޮންމެ ގޮތެއް ވަރިހަމަ އަމާނާތްތެރި ނޫން ބަޔަކު ވެރިކަމަށް އެރި ކަމުގެ ހިތި ނަތީޖާ މިފެންނަނީ
@ވަޢަދުލ
22 November 2022
8.6 ބިލިއަން ބަޖެޓުން ބޭރުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން އެޗްޑީސީ އަކީ ކަތުރުފަނީގެ ހާއްޔެއް މައްސަލައަކީ ބޮޑު ސޯބު އެގޮލާ އެނބުރޭ ގޮތް ބަލައިގެން އެހެން ސޯބުތައް މި އެނބުރެނީ