މިއަދު ޖަޕާނާ ދެކޮޅަށް ނުކުތް ޖަރުމަން ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް
23 ނޮވެމްބަރ 2022 - 19:08
އަލް ރައްޔާން (ނޮވެމްބަރު 23) - މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅުނު މެޗަށް ނުކުމެ ޖަރުމަންގެ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބެ ހަޅުތާލުކޮށްފި އެވެ.
މެޗު ފެށުމުގެ ކުރިން، ޖަރުމަންގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންގެ ރަސްމީ ފޮޓޯ ނަގަން ކުޅުންތެރިން މަޑުކޮށްލައިގެން ތިބެ ފޮޓޯ އަށް ހުއްޓުނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ އެވެ.
ޖަރުމަންގެ ކުޅުންތެރިން ހަޅުތާލު ކުރީ، ވިއްސާރަ ދުނީގެ ކުލަތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކެޕްޓަން ބޭންޑް ނޭޅޭތީ އެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޖަރުމަން ހިމެނޭ ގޮތަށް ޔޫރަޕްގެ ހަތް ގައުމަކުން ވަނީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ކުރިން ބުނެފަ އެވެ.
އަނެއް ހަ ގައުމަކީ، ބެލްޖިއަމް، ޑެންމާކު، ނެދަލެންޑްސް، ސްވިޒަލެންޑް، އިންގްލެންޑް އަދި ވޭލްސް އެވެ.
ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭސާ (ކ) އާއި ޖަރުމަން ފުޓްބޯޅަ އިދާރާގެ ރައީސް ބާންޑް ނޮއިއެންޑޯފް މެޗު ބައްލަވާ ލެއްވުމަށް ދަނޑުގައި --- ފޮޓޯ: ގެޓީ އިމޭޖަސް
އެކަމަކު މިދިޔަ ހޯމަ ދުވަހު ހަތް ގައުމުގެ ފުޓްބޯޅަ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރީނދޫ ކާޑެއް ދެއްކުމުގެ ބިރު އޮވެދާނެތީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް ނާޅާނެ ކަމަށެވެ.
މިއަދު މެޗު ބައްލަވާލެއްވުމަށް، ގަތަރުގެ އަލް ރައްޔާންގެ ޚަލީފާ ސްޓޭޑިއަމަށް ވަޑައިގެންނެވި ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފޭސާ، ދަނޑުގެ ސްޓޭންޑްގައި އިންނެވީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް އަޅުއްވައިގެންނެވެ. އޭނާގެ އަރިހުގައި ޖަރުމަން ފުޓްބޯޅަ އިދާރާގެ ރައީސް ބާންޑް ނޮއިއެންޑޯފް ވެސް ހުންނެވި އެވެ.
ގަތަރުގައި އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ ކަމަށް ބުނެ ޝަކުވާ ކުރި ޖަރުމަނަކީ އެ ގައުމަށް ހިޖުރަކުރާ މުސްލިމު ގައުމުތަކުގެ ރެފިއުޖީންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ގައުމެކެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގެ ބާރުވެރިކަން ތޯލިބާނުން ހޯދުމުން އެ ގައުމު ދޫކޮށް ދިޔަ ރެފިއުޖީންނަށް އެހީވާން ވެސް ޖަރުމަނުން ދެކޮޅު ހެދިކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑް ކަޕް ފެށުމުގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމް ފޯބިއާ ހަރަކާތްތައް މިފަހަކަށް އައިސް ޖަރުމަންގައި ވަނީ ފުޅާ ވެފަ އެވެ. އެކަން ހުއްޓުވުމަށް ޖަރުމަންގެ ސަރުކާރުން މަސައްކަތް ނުކުރާތީ އެ ގައުމަށް އޮތް ފާޑުކިޔުން ވެސް ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ އިބުރާ
24 November 2022
އަލަމްގިރި ސިކުނޑީގަ ބަހައްޓާގެން ކުޅުނީމަ ލަދެއްގަ ބެދިފަ ތިތިބީ.
ބާންޑް
24 November 2022
އަހަރުމެނަށް ރަނގަޅީވެސް ކަލޭމެން ހަނު ތިބިއްޔާ... ދެން ދުވަހަކުވެސް ވާހަކަ ނުދައްކާތި.. ދެއްކިއަސް ނުދައްކާނަން.. މަށަށްތޯ ކަލޭމެނަށްތޯ އަނގަމަތީ އަތް އެޅެނީ ބަލާނަން
ހަމީދު 1
24 November 2022
ތާހިރުވެއްޖެތާ. ހުރިހާ މެޗެއްގައިވެސް އަތް އަޅާތި.
އަނގަމަތީ ޖަރުމަނު
24 November 2022
ދެން ކުޅެންއޮތް މެޗުގަ އަނގަމަތީގަ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ހީކުރަން
ހަސަންދީ
24 November 2022
ފާހިޝް ޢަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ކުޅިވަރުގައިވެސް ބަލި ކުރައްވާ އަދި އެފަދަ ޤައުތަކުގައިވާ މުސްލިމުން ފިޔަވައި އެފަދަ ޢަމަލުތަކަށް ހިތްވަރުދޭ އެންމެން ނިކަމެތި ކުރައްވާދޭވެ! ޢިންޝާ ﷲ މުސްލިމުންނަށް ގަދަކަމާއި ކާމިޔާބު ކުރިޔައް އޮތް ދުވަސްތަކުގައި ލިބޭނެ، މުސްލިމުން ތެދުމަގުގައި ތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވީ
ޙިނި
24 November 2022
ޢަޖައިބު އެއްޖިންސުން ގުޅުން ހިންގުން އިންސާނީ ހައްގަކައް ވަނީ ކޮންސަބަބަކާހުރެތަ؟
އަލިފާންފޮށި
23 November 2022
ދެން ކުޅޭ މެޗުގަ އަލަމްގިރިގެ ފޮޓޯ ހިފައިގެން އިނދޭ. ސައިޒު އޮޅިގެން ވޯލްޑްކަޕް ކުޅެން އައިސް ތިބި ޓީމުތަކަށް ރަގަޅު ފިލާވަޅެއް ލިބޭނެ މި ފަހަރު. ދެވަނަ ބުރު މެޗުތައް ބަލަން ރަށުގަ ހުންނަން ޖެހޭނީ
މެސީ1
23 November 2022
ދެންތިބޭ އަނގަމަތީ އަތްއަޅައިގެން، ރީތިވެއްޖެއްނު
ކަނބިލި
23 November 2022
ޔަހޫދީ ދައުލަތުން ފަލަސްތީނު ރައްޔިތަކު ހައްގަކާނުލާ ނުމަރާ ދުވަހެއް ނުދޭ. އެކަން ޖަރުމަނުވިލާތަކަށް ނުފެނޭ. މިއީ މުނާފިގުކަމުގެ ލާމަސީލު މިސާލެއް. މިމީހުން މާތަހުޒީބު ބަޔަކަށް ހެދިގެން އުޅުނަސް އެހެން ސަގާފަތްތަކާއި ދީންތަކަށް އިހުތިރާމު ކުރާކަށް ނޭގޭ. މިވެސް ޑިމޮކްރަސީއޯ. ހާދަގޮތެއްފޮތެއް ނެތް ނާތަހުޒީބު ބައެކޭ މިއީ. އިންސާނީ ހައްގުތައް ފެންނަނީ އެއްލޮލުން. އަނެއް ލޮލުން ދެކެނީ ތިމާމެން އަމިއްލަ އެދުމާއި މަސްލަހަތު.
ކަނޑުކޮހޭމެންގެ ކުލަބަރި
23 November 2022
ހަވާދުގުދަން ޕްރޮމޯޓްކުރަން ރަށުގަ ތިބޭ. ރާކަނިމަސް މީރު އުތަ