ދޮން މަނިކު ސްކައިވިއު ރެސްޓޯރެންޓް
11 ޖެނުއަރީ 2017 - 23:34
ކާނިވަލުގައި ކުރިން ސްލޭމް ފުޑްކޯޓު ހިންގިތަނުގައި ހުންނަ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހައުސިން މިނިސްޓްރީން މިރޭ ހުސްކުރަން ފަށައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މި ރެސްޓޯރަންޓް ހުސްކުރަނީ އެތަން ހިންގުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ތަން ހުސްކުރަން އެންގުމުން ވެސް އެއަށް އަމަލު ނުކުރުމުންނެވެ. މިތަން ހުސްކުރުމުގައި ހަރަކާތްތެރިވަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށްވެ އެވެ.
ދޮންމަނިކު ސްކައިވިއު ހުސްކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ހައުސިން މިނިސްޓްރީން އެދިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ދޮންމަނިކު ސްކައިވިއު ހުސްކުރާއިރު، ކާނިވަލުގައި ހުރި އެހެން ބައެއް ކެފޭތަކުގެ މުއްދަތު ހަމަވުމުން އެތަންތަން ހުސްކުރުމަށް އަލުން ބިޑަށް ލައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިލް
12 January 2017
މި ރާއްޖޭގައި އެއްމެ ނުރައްކާތެރި އެއްމެ އިތުބާރު ކުޑަ ޕާރޓްނަރ އަކީ ސަރުކާރެވެ.ސަރުކާރާ އެކު ކޮންޜްރެކްޓެއް ކުރާކަށް ނުވާނެ އެވެ. ބޭނުން ގޮތެއް ހަދާލާނެ އެވެ.
ފާތުން
12 January 2017
މުއްދަތު ހަމަވުމުން ހުސްކުރަން އެންގީމަ ކީއްވެ ހުސްނުކުރަން ވީ . އެހެންވީމަ ޖެހެނީ ގަދަކަމުން ވެސް ހުސްކުރަން އެތަން ހިންގާ ފަރާތައް ހީވާ ކަހަލަ އެމީހުން ގެ އަމިއްލަބިމެކޭ
އައްބެ
12 January 2017
ޗައިނާއަށް ދޭންއުތަ؟
އާދަމް އަލީ
12 January 2017
މާތްކަލާކޯ. މިގައުމުގަ އަދުލު އިންސާފު އެބަޔަކު އަމިއްލަޔަށް ކުރާތަން މިފެންނަނީ.
އައްޔަ
12 January 2017
މުއްދަތު ހަމަވުމުން ވިޔަފާރި ނިމުމަކަށް ގެންނަން އެންގުމުންވެސް ހުއްޓާނުލާކުރިޔައްދިޔުން އޯކޭ ތޯއެވެ. އަދުލު އިންސާފަކީ ވަކިފަރާތަކަށް އޮތް އެއްޗެއްތޯއެވެ. މި މުޅި ގައުމު ކަލާކަކީވެސް ސީދާ ވިޔަފާރިވެރިންނެވެ. އެމީހުންގެ ބާރުން ހުރިހާކަމަކަށް ވަނީ ނުފޫޒްފޯރުވާފައެވެ. ތަނެއް ކުއްޔަށްދީ އެގުރިމެންޓެއްހެދިޔަސް އެމީހުނަށް އެތަނެއް ހިބައިން ދިންފަދައެވެ. އެމީހުންދޭ ރިޝްވަތުގެ ފައިސާއިން ސަރުކާރުގެ މުއައްސަސާތަށް ވަނީ ގަނެލާފައެވެ. މިގަދަ ފިޔަވަޅެއް އަޅާތަން ފެންނާނީ ވަރަށްމަދުފަހަރެއްގައެވެ. އަދި ފިޔަވަޅެއް އަޅާއިރަށް ކޯޓުން މިކަމެއްގިނަފަހަރު ނިންމާނީ ސިކުނޑިއާއި ބުއްދިއަށް މިކަން ގަބޫލުކުރަން ދަތިނިންމުމެކެވެ. އަދުލު އިންސާފަކީ ފައިސާއިން މުސްހަދިން ހޯދާ އެއްޗަކަށް ވެގެންނުވާނެއެވެ.
960
12 January 2017
އުތީމުގަ ހަދާ ސިޓީހޮޓަލާ ގުޅުންހުރި ކަމެއްބާ....