އުކުޅަހު ސުކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބެއްވި ހަރަކާތެއްގައި އެ ސްކޫލުގެ ޓީޗަރުން ބައިވެރިވަނީ.--- ފޮޓޯ: އުކުޅަހު ސްކޫލު
24 ނޮވެމްބަރ 2022 - 14:40
އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރު ކޮށްފި އެވެ.
މިއުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދީ އެ ރަށު ޕްރީ ސްކޫލުގެ ހަަތަރު ޓީޗަރެކެވެ.
އެ ޓީޗަރުންގެ ނިންމުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދިން ނަމަވެސް ތިން ޓީޗަރަކު އެ ކަމަށް އިންކާރު ކުރީ އެވެ. އެހެންވެ، އެ ޓީޗަރުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރީ އެވެ.
އޭރު ދިން ހަތް ދުވަހުގެ ސަސްޕެންޝަން މިއަދަށް ހަމަވުމުން، ތިން ޓީޗަރެއްގެ ސަސްޕެންޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް އަނެއްކާވެސް އިތުރު ކުރީ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ސްކޫލުތަކުން އަމަލުކުރަންޖެހޭ ކަރިކިއުލަމާ ދެކޮޅު ހެދުމުން ކަމަށެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ބަލައި ނުނިމޭތީ މުވައްޒަފުންގެ ސަސްޕެންޝަން އިތުރު ކޮށްފައިވާ ކަމަށެވެ.
ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތަކީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasn
25 November 2022
ސްކޫލް ކަރިކިކިއުލަމް ގައި ހިމަނަންޖެހޭ އަސާސީ މާއްދާއެއް ގޮތުގައި ނެށުމާއި ، މިއުޒިކް ، އާރޓް ފަދަ ފަންނީ ކަންކަން ހިމެނޭން ޖެހޭ . މިހާރު އެކަން ދަނީ ފަނޑު ވަމުން ނެތެމުން . މިރާއްޖޭގައި އަބަދު ވެސް މިފަދަ ކަންކަން އޮވޭ . ރޯޝަނީ މުސްތަގްބަލެއް އަންނާނީ އޭރަށް . މިހާރު ސްކޫލް ތަކުގެ ޓީޗަރުން ލޯކުރެހުން ވެސް މަނާކޮއްފި . މީހަކު ހަމަ އެއްޗެއް ބުނެލާ އިރަށް ކުރީން ކުރަމުން އައި ގޮތް ދޫކޮއްލުމަކީ ހަމަ އެއް ނޫން . . .
ރަމްޒީސް ދެވަނަ
26 November 2022
ލޯ ކުރަހުން އެއީ ޤަދީމީ މިސުރުގަ މަނާކަމެއް. ލޮލަކީ ރައު ކަލާނގެ ރަމުޒެއް! ތިވާނީ ޤަދީމީ މިސްރުން އައިސްތިބި ޓީޗަރުންތަކަކަށް.
ބީރުބޮލުވަޒީރު
25 November 2022
ސްކޫލްތަކުގެ ކަރިކިޔުލަމަށް ތަބާނުވާ ޓީޗަރުން ވަޒީފާ ދޫކޮށްލާކަށް ނުކެރޭތަ؟