އެމެރިކާ އާއި އިންގްލެންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން: މެޗު އެއްވަރުވީ ލަނޑެއް ނުޖެހި --- ފޮޓޯ: ރޮއިޓަސް
26 ނޮވެމްބަރ 2022 - 01:54
އަލް ހޫރް (ނޮވެމްބަރު 26) - ސިޔާސީ އަދި އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ދެބާރު ކަމަށްވާ، އެމެރިކާ އާއި އިންގްލެންޑް ވޯލްޑް ކަޕުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެެގެން ނިމިއްޖެ އެވެ.
މި ދެ ޓީމުގެ މެޗާ ބެހޭގޮތުން އިނގިރޭސި ބައެއް މީޑީއާތަކުން ސިފަ ކުރީ ވެސް އެކުވެރި ދެ ގައުމުގެ ކުރިމަތިލުމުގެ ގޮތުގަ އެވެ. އަސްކަރީ އިދި އިގްތިސޯދީ ގޮތުން އެމެރިކާ އެންމެ ގަދަ ބާރަށް ވިޔަސް ދުނިޔޭގެ ފުޓްބޯޅައިގެ މަސްރަހުގައި އެމެރިކާ އަކީ ގަދަ ބާރެއް ނޫނެވެ.
އެއާ ހިލާފަށް އިނގިރޭސި ވިލާތަކީ ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އެކަމަކު މިރޭގެ މެޗުގައި އެމެރިކާ ޓީމުގެ ހަމަލާތައް ގިނަ އެވެ. އަދި ނުރައްކާތެރި ގިނަ ފުރުސަތުތަކެއް އުފެއްދީ ވެސް އެމެރިކާގެ ޓީމުންނެވެ.
ފުރަތަމަ ހާފުގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑި އަށް ވެސް އަމާޒުވި އެވެ. މެޗުގައި އިންގްލެންޑުން އުފެއްދި ނުރަްކާތެރި ފުރަތަމަ ފުރުސަތު އެ ޓީމުން އުފެއްދީ ފުރަތަމަ ހާފުގެ ފަހު ކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮކަޑިބޯ
27 November 2022
ކޮބާތަ އިނގިރޭސިންގެ ވަރުގަދަ ޑިފެންޑަރު ސާރ ހެރީ މެގުއާ؟
ވިކިލީކްސް
26 November 2022
މިހާރު ދުނިޔޭގެ ގަދަ ދެބާރެއް ނޫން. ޔަގީނުންވެސް ރަޝިއާ އަކީ އެންމެ ގަދަ 1 ބާރު.
ބްރެޒީލިއަނިސްޓާ
26 November 2022
ތި އިނގިރޭސިން ނަކީ ތައްޓެއް ނަގާފަ ތިބި ބައެއްނޫން. ވަރަށް ނާކާމިޔާބު ބައެއް ތީ ފުޓޫބޯޅާގަ. އިނގިރޭސި މީޑިއާ އެމީހުން މާމޮޅުބަޔަކަށް ހަދައިގެން އުޅެނީ.
ޒޯރޯ
26 November 2022
1966 ގެ ވޯލްޑްކަޕް ތަށި ލިބުނީ ކޮން ބަޔަކަޤ؟
0ޮޮޮޮޮޮޮި9ޮ9
26 November 2022
އިނގިރޭސިން ގަދަވާނީ ފޮނުއަރުވަން
ކަހެރުވައް
26 November 2022
ދުނިޔޭގެ ގަދަ ދެ ބާރޭ؟! އިނގިރޭސިންނަކީ ދުނިޔޭގެ 5 ވަނަ. އެމެރިކާ އަކީ ދުނިޔޭގެ 16 ވަނަ.. މިވަގުތު ދުނިޔޭގެ ގަދަ ދެ ބާރަކަށް ވާނީ ބްރެޒިލްއާ ބެލްޖިއަމް.
ކެކުރި
26 November 2022
ދުނިޔޭގެ ގަދަ 2 ބާރޭ ބުނީ. ފުޓުބޯޅައިގެ ގަދަ 2 ބާރެކޭ ނޫން.
ވަޓް2022
26 November 2022
ގަދަ ދެ ބާރޭ؟ އިގެރޭސީންގެ ބާރު ދަނީ ދުވަހަކަށް ފަހު ދުވަހަކަށް ދަށަށް.
ލެއްގިކޮމިޝަނަރ
26 November 2022
އެހެންތަ؟ ރަސިޔާއާ އިރާނާ އުތުރު ކޮރެއާދޯ މިހާރު ހުރިހާ ކަމަކުންވެސް ބާރުގަދަވަމުންދަނީ.!