(FILES) In this file photo taken on October 04, 2017 semi-automatic rifles are seen for sale in a gun shop in Las Vegas, Nevada. -- Photo: Robyn Beck / AFP
30 ނޮވެމްބަރ 2022 - 13:50
ހުރިހާ ކަމެއްގައި ވެސް އެންމެ ފުރިހަމަ މިނިވަންކަން އޮންނަ ކަމަށް ދައުވާކުރާ އެމެރިކާގައި ހަތިޔާރުގެ ބޭނުންކޮށްގެން މީހުން މެރުމުގެ ނުރައްކާތެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާ ސަރުކާރުން ކަނޑައަޅާފައި އޮންނަ ވަކި ގަވާއިދުތަކެއްގެ ދަށުން، ހަތިޔާރު ގެންގުޅުމަކީ އާންމު ރައްޔިތުންނަށް ވެސް ހުއްދަ ކަމެކެވެ. އެ ހުއްދައިގެ ދަށުން ވަކި ކަހަލަ ހަތިޔާރުތަކެއް ބައެއް މީހުން ގެންގުޅޭއިރު، އެއްވެސް ހުއްދައެއް ނުހޯދައި ހަތިޔާރު ގެންގުޅޭ މީހުންގެ އަދަދު ވެސް އެމެރިކާގައި މަދެއް ނޫނެވެ.
އެފަދަ ހަތިޔާރު ގެންގުޅުން އާންމުންގެ ތެރޭގައި ފެތުރިފައި އޮތް މިންވަރު އެންމެ ބޮޑަށް ދޭހަވަނީ، މަނާ ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ކުށްތައް އެމެރިކާގައި އިތުރުވަމުން އަންނަ ނިސްބަތުންނެވެ. ވަކިން ޚާއްސަ ގޮތެއްގައި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އެމެރިކާގައި އަޅާފައި އޮތް ދުވަސްވަރު، ބަޑި އާއި ފިސްތޯލަ ފަދަ ތަކެތިން ހަމަލާ ދީ މީހުން މެރުމުގެ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމެރިކާގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖާމާ ނެޓްވޯކް އޯޕަން އިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހިނގި ބަޑިޖެހުމުގެ ހާދިސާތަކުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން ކޮވިޑްގެ ދުވަސްވަރު ހިނގި އެ ބާވަތުގެ ހާދިސާތައް އެހެން އަހަރުތަކާ އަޅައިބަލާއިރު އިތުރު ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އޭގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ހިނގި، ބަޑިން ހަމަލާ ދީ މީހުން މެރުމުގެ ހާދިސާތައް 25 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގައި ހިނގި ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބަޑި ޖެހުމުގެ ހާދިސާތަކުގައި 1990 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މަރުވި މީހުންގެ ގާތްގަނޑަކަށް 86 ޕަސެންޓަކީ ފިރިހެނުންނެވެ. އެ މުއްދަތުގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި ގިނަ މީހުންނަކީ އެފްރިކާ ނަސްލުގެ ކަޅު ފިރިހެނުންނެވެ. އަދި ބަޑި ޖަހައިގެން އަމިއްލަ އަށް މަރުވި ގިނަ މީހުންނަކީ ދޮން ނަސްލުގެ ދޮށީ އުމުރުގެ މީހުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި އަންހެނުންނާއި ފިރިހެނުންގެ އަދަދު، 2014 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ވަނީ، އޭގެ ކުރީ އަހަރުތަކާ އަޅައި ބަލާއިރު ދެ ގުނަ އިތުރުވެފަ އެވެ. އެހެން ނަމަވެސް ދެ ޖިންސުގެ އަދަދުގެ ތަފާތަށް ބަލާއިރު ފިރިހެނުން މަރުވި އަދަދު އަންހެނުންނަށް ވުރެ ފަސް ގުނަ އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
01 December 2022
ރަނގަޅު ގޯހެއްނޫން އެމެރިކާޔަކީ އަސްލު ޓެރެރިސްޓް ގައުމު ކޮންމެހެން އެހެންމީހުން ބޮލުގަ މިކަން އަޅުވާނިކަމެއްނެތް
ޕަކާސް
01 December 2022
މީތޯ މިރާއްޖެ ހަދަން މިއުޅޭ ތަނަކީ؟! ކޮބާތަ މަޑުކަށި ފިކުރަކީ މީހުން މަރާ ފިކުރެއްނޫނޭ ބުނާ ބައިގަނޑު؟ ނެތްތަ ކައުންޓާ ޓެރަރިޒަމުން މިކަމަށް ސަމާލުވުމެއް؟ ސުކޫލުތަކަށްގޮސް މިފިކުރާ ދުރުކުރުމެއް ނެތްތަ؟ ވިސްނާ ބަޔަކަށް އެނގޭނީ، އެއްފިކުރު މުޅި ސަރުކާރު ހިސާރުކޮއްފަ އޮތް މިންވަރު.
ޖުހާ.
30 November 2022
ސަލީމް އިދުރީސް އެބުނާ ތަހުޒީބީ ދުނިޔޭގައި އުޅޭ ދޮންމީހުންގެ ހާލު. ލަދުން ބޯހަލާކު.
ނިލަމެހި
30 November 2022
އެއީ ހަރުކަށިވުމެއް ނޫން.. ޓެރަރިޒަމެއްވެސް ނޫން. ހައްގު ގެއްލުމެއްވެސް ނޫން. މުސްލިމު ގައުމެއްގައި ބިޑިއެއް ރޯކޮށްލިޔަސް އެއީ ހަރުކަށިފިކުރު. އެހިސާބުން އިސްލާމްދީން ގޯސްވީ. ހައްގު ހޯދައިދޭނެ މީހުން މަދީ. ދެމަ ފިރިންވެސް ސުލްހަވިޔަކާނުދޭނެ ހައްޤުތަކާހުރެ.